ގައުމީ އެގްރޯ ކުންފުންޏާއި ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުސަތު

ނެޝަނަލް އެގްރޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހާރޫނު ރަޝީދު
Share on facebook
Share on twitter
Share on google

ގައުމީ އެގްރޯ ކުންފުންޏާއި ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ފުވައްމުލައް ސިޓީގެ ދަނޑުވެރިންނަށް ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މި ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވާގޮތުން އެގްރޯ ނެޝަނަލް ކޯޕަރޭޝަނާއި ގުޅިގެން ކޮންޓްރެކްޓް ފާމިން (ދަނޑުވެރިކަން ކުރުމުގެ) ގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ނެޝަނަލް އެގްރޯ ކޯޕަރޭޝަނާއި ދަނޑުވެރިޔާއާއި ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ 17 ބާވަތެއްގެ އެކުންފުންޏަށް ގަންނަގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއާއެކު އެ ކުންފުނިން ދަނޑުވެރިންނަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކުގެ ދަނޑުވެރިކަމުގެ ބައެއް އުފެއްދުންތައް.

މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ދަނދުވެރިކަމުގެ ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމަށް ކުރިޔަށް ގެންދެވޭ މަޝްރޫއުގެ ދަށުން ހިންގޭ ހަރަކާތެކެވެ. ދަނޑުވެރިން އަތުން ދަޑުވެރިކަމުގެ އުފެއްދުންތައް ގަތުމަށް ސަރުކާރުން އުފައްދަފައިވާ މިކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހާރޫނު ރަޝީދެއެވެ. ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގަނެ އެތަކެތި މާކެޓްކުރުމާއި ވިއްކުމާއި އެކަމަށް ސަޕްލައިޗެއިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަކީ މިކުންފުނީ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އެގްރޫ ކޯޕަރެޝަނުން ގަންނަ ބައެއް ތަކެތި

ނެޝަނަލް އެގްރޯ ކޯޕަރޭޝަނާއި ގުޅިގެން ކޮންޓްރެކްޓް ފާމިން (ދަނޑުވެރިކަން ކުރުން) ގައި ބައިވެރިވާން އެދޭ ފުވައްމުލައް ސިޓީގެ ދަނޑުވެރިންނަށް މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި މިމުއްދަތުގެ ތެރޭގައި އޮންލައިންކޮށް ނެޝަނަލް އެގްރޯ ކޯޕަރޭޝަނާއި ރަޖިސްޓްރީވުމަށް ވަނީ ހުލުވާލާފައެވެ.

ނެޝަނަލް އެގްރޯ ކޯޕަރޭޝަނާއި ދަނދުވެރިކަން ކުރުމަށް ރަޖިސްޓްރީވުމަށް

އޮންލައިނކޮސް ރަޖިސްޓްރީވާން އުނދަގޫ ފަރާތްތަކުން ފުވައްމުލައް ސިޓީގެ އިދާރާގެ 6865001 ނަމަބަރު ފޯނާއި ގުޅައި ނަން ނޯޓުކުރެއްވުމުން ރަޖިސްތްރީކޮށްދޭގޮަތަށް ހަމަޖެހިފއިވާ ކަމަށް ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިއުލާން

ނެޝަނަލް އެގްރޯ ކުންފުނިން މަސައްކަތް ދަނޑުވެރިންނާއެކު ކުރާ ގޮތް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments