އޭލެވެލް އިމްތިހާނު ފެށިގެން ކުރިޔަށް ދަނީ

ޏ.އޭއީސީގެ ދަރިވަރުން އިމްތިހާނު ހަދަނީ. ފޮޓޯ ޏ.އޭއީސީ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ ދަރިވަރުން މި އަހަރު ބައިވެރިވާ ހަމައެކަނި ބައިނަލް އަގުވާމީ އިމްތިހާނު ކަމަށްވާ ޖެނެރަލް ސެޓްފިކެޓް އޮފް އެޑިއުކޭޝަން (ޖީސީއީ) އެޑްވާންސްޑް ލެވެލް ނުވަތަ އޭލެވެލް އިމްތިހާމު މި އޮކްޓޯބަރު މަހު 5 ވަނަ ދުވަހުން ފެށިގެން ކުރިޔަށް އެބަ ދެއެވެ.

ފުވައްމުލައް ސިޓީގައި މަތީ ސާނަވީއަށް ކިޔަވައިދެނީ ހަމައެކަނި ޏ. އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) ގައެވެ. ވުމާއެކު މި އިމްތިހާނު ފުވައްމުލަކުން ހަދަނީ ޏ.އޭއީސީގެ ދަރިވަރުން އެކަންޏެވެ. މި އިމްތިހާނާއި ގުޅިގެން ބާއްވާ އިސްލާމް ދިވެހި، ހަޔަށް ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނު ވެސް މިއާއެކު ކުރިޔަށް ގެންދެއެވެ.

ޓާޗަރުންގެ ދުވަހާއި ގުޅުވައިގެން ޏ.އޭއިސީން ބޭއްވި މާސްޓާ ޝެފް ހަރަކާތް. ފޮޓޯ؛ ޏ.އޭއިސީ

ޏ.އޭއީސީ އިން 32 ދަރިވަރުން މިފަހަރު އެޗްއެސްސީ އާއި ޖީސީއީ އޭލެވެލް އިމްތިހާނު ހަދާނެކަމަށް ބެލެވެއެވެ. އެއީ އަންހެން 19 ދަރިވަރުންނާއި ފިރިހެން 13 ދަރިވަރުންނެވެ. މުޅި ރާއްޖެއިން 2000 ހާ ދަރިވަރުން މިއަހަރު އޭލެވެލް އިމްތިހާނު ހަދާނެކަމަށް ބެލެވެއެވެ. އޭގެތެރެއިން ވެސް ގިނައީ އަންހެން ކުދިންނެވެ.

ރާއްޖޭގެ މަތީ ސާނަވީ ނިންމުމަށް ފަހު ދަރިވަރުން ހަދަނީ ލަންޑަލް އެޑެކްސެލް އޭލެވެލް އިމްތިހާނެވެ. ނަމަވެސް އޯލެވެލް ގައި ރާއްޖޭގެ ދަރިވަރުން ހަދަނީ ކެމްބްރިޖް އިމްތިހާނެވެ.

ކެމްބްރިޖް އޭލެވެލކް އާއި އެޑެކްސް އެލެވެލް އަޅާކިޔާލަން.

މިއަހަރު ރައްޖޭގައި އޯލެވެލް އިމްތިހާނު ނުބާއްވަން ނިންމީ ކޮވިޑް-19ގެ ސަބަބުންނެވެ. މިއަހަރު އޮކްޓޯބަރު އަދި ނޮވެމްބަރުގައި އިށިންނަށް އޮތް އިމްތިހާނުގެ ބަދަލުގައި ދަރިވަރުން ހަދާނީ އަންނަ އަހަރު މެއި/ޖޫންގައި ބާއްވާ ކެމްބްރިޖް އޯލެވެލް އިމްތިހާނެވެ.

ފާއިތުވި، 2019 ވަނަ އަހަރު ބޭއްވި ޖީސީއީ އޯލެވެލް އާއި އެސްއެސްސީ، އައިއޭލެވެލް އަދި ސީއޭއި އިމްތިހާނުގެ ސެޓްފިކެޓްތައް ޏ.އޭއީސީން ވަނީ ފާއިތުވި ސެޕްޓެމްބަރު މަހު 28 ވަނަ ދުވަހުން ފެށިގެން ދޫކުރަން ފަށާފައެވެ.

2019 ވަނ އަހަރުގެ އޯލެވެލް ސެޓްފިކެޓް ދޫކުނުން – ޏ.އޭއިސީ

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments