A wide advertisement which will be shown on all devices. (700 x 100)

262 ބައިވެރިންނާއެކު ހުވަނދަގެ ވަޙީދުގެ ހަނދާނީ ޤުރުއާން މުބާރާތް ކުރިޔަށް

އަންހެން ދަރިވަރުކު މުބާރާތުގައި ކިޔަވަނީ 2020

ހުވަނދަގެ ވަޙީދުގެ ހަނދާނީ ޤުރުއާން މުބާރާތް 1442 އިއްޔެ (22 އޮކްޓޯބަރ 2020 ގައި) ފަށައިގެން ކުރިޔަށް އެބަގެންދެއެވެ. ފުވައްމުލައް ސިޓީ ޒިކުރާ ކޮލެޖު ހޯލުގައި ކުރިޔަށްގެންދާ މިމުބާރާތުގެ ކިޔެވުން ޒިކުރާ އިސްލާމިކް ލައިބްރަރީ ފޭސްބްކް ޕޭޖުން ލައިވް ކުރަމުން ދެއެވެ. މުބާރާތުގެ ކިޔެވުން ހެނދުނާއި ހަވީރު އަދި ރޭގަނޑުގައި ވެސް ކުރިޔަށް ގެންދެއެވެ.

މި ގުރުއާން މުބާރާތާއި ބެހޭ މައުލޫމާތު މިކަލް ނޫހަށް ދެއްވަމުން މުބާރާތުގެ ކޯޑިނޭޓަރ އިބްރާހިމް ޝަމީމު ވިދާޅުވީ މިއީ މިމުބާރާތް ބާއްވާ 6 ވަނަ ފަހަރު ކަމަށާއި އެކިފަހަރު ބާއްވާފައި ވަނީ އެކި ނަންނަމުގައި ކަމަށެވެ. އެހެން މުބާރަތްތަކުގައި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުން އަދި ތަޖްވީދު ބައިތައް ހިމެނިފައިވިޔަސް މި މުބާރަތުގައި ހިމަނާފައި ވާނީ ހަމައެކަނި ބަލައިގެން ކިޔެވުމުގެ ބައެވެ. އެއީ ކޮވިޑް-19 ގެ ދުވަސްވަރު ކަމަށް ވުމާއެކު، މުބާރާތުގެ ކިޔެވުމަށް ލުއިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އާއްމުކޮށް ހުޅުވާލާފައިވާ ބައިން އަންހެން ބައިވެރިއަކު މުބާރާތުގައި ކިޔަވަނީ 2020

މުބާރާތް ކުރިޔަށް ގެންދަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް މައުލޫމާތު ދެއްވިއެވެ. އެގޮތުން ހޯލަށް ކިޔަވާ ބައިވެރިން ވައްދާއިރު ގައިދުރުކަން ބެހެއްޓުމާއި ހޭންޑް ސެނިޓައިޒާރ ބޭނުން ކުރުން ފަދަ އުސޫލުތައް ހިފަހައްޓުމަށް ސަމާލުކަން ދޭކަމަށް ވިދާޅުވި އެވެ.

އާއްމުކޮށް ހުޅުވާލާފައިވާ ބައިން ފިރިހެން ބައިވެރިއަކު މުބާރާތުގައި ކިޔަވަނީ 2020

މި މުބާރާތު ކުރިޔަށްދާނީ 22-25 އޮކްޓޯބަރުގެ ނިޔަލަށެވެ. މުބާރާތް މައިގަނޑު ދެބަޔަކަށް ބަހާލާފައިވާއިރު އެއީ އާއްމުންނަށް ހުޅުވާލާފައިވާ ޔަބަކާއި ޒިކުރާ- ފެމިލީގެ ކުދިންނަށް ޚާއްސަ ކުރެވިފައިވާ ބައެވެ. އެގޮތޮން ޒިކުރާ -ފެމިލީ ބައިގައި ހިމެނެނީ ޒިކުރާ ސްކޫގެ ގްރޭޑް ކުދިންނާއި ޒިކުރާ ސްކޫލުން ހިންގާ ޙިފްޡު ކުލާހުގެ ދަރިވަރުންނާއި ޒިކުރާ ކޮލެޖުގައި ޤުރުއާން މުދައްރިސު ކަމުގެ ޑިގްރީ ކިޔަވާ ދަރިވަރުންނެވެ. އާއްމުންނަށް ހުޅުވާލި ބައިގައި 195 މީހުން ބައިވެރިވެފައި ވެއެވެ. އަދި ޒިކުރާ ފެމިލީ ބަިއގައި 67 ބައިވެރިން ހިމެނއެވެ.

ގުރުއާން މުބާރާތުގެ ޖަޖުން 2020

މި ދެ ބައިވެސް އިތުރަށް 7 އުމުރުފުރައަކަށް ބަހާލާފައި ވެއެވެ. އަދި ކޮންމެ އުމުރުފުރައަކުން ވެސް ކިޔެވުމަށް ހަމަޖެހިފައިވަނީ ވަކި ބައިތަކެކެވެ. މުބާރާތުގައި:

6 އަހަރުން ދަށް (22 ބައިވެރިން)- އަޢްލާ ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް
8 އަހަރުން ދަށް (48 ބައިވެރިން) – ބޭނުން ކޮޅަކުން 1 ފޮތް
10 އަހަރުން ދަށް (32 ބައިވެރިން) – ބޭނުން ކޮޅަކުން 2 ފޮތް
13 އަހަރުން ދަށް (46 ބައިވެރިން) – ބޭނުން ކޮޅަކުން 5 ފޮތް
16 އަހަރުން ދަށް (28 ބައިވެރިން) – ބޭނުން ކޮޅަކުން 10 ފޮތް
18 އަހަރުން ދަށް (3 ބައިވެރިން) – ބޭނުން ކޮޅަކުން 15 ފޮތް
18 އަހަރުން މަތި (16 ބައިވެރިން) – މުޅި ޚަތިމުން

މިމުބާރާތުގައި ހޮވާ ވަނަ ތަކުގެ ތެރޭގައި މުބާރާތުގައި ހިމެނޭ ކޮންމެ ޢުމުރުފުރާއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އާއި   މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ސްކޫލް / މުއައްސަސާ ހިމެނެއެވެ.

ފިރިހެން ދަރިވަރުކު މުބާރާތުގައި ކިޔަވަނީ 2020

މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ ރޫޙު އިތުރަށް ދިރުވައި ޤުރުއާން ކިޔެވުމުގެ ފެންވަރު ރަގަޅު ކުރުމުގެ މަޤުޞަދުގައި ޒިކުރާއިން ބާއްވާ ޤުރްއާން މުބާރާތެއް ކަމަށް ވެއެވެ. މިފަހަރު މުބާރާތް ބާއްވާ ހުވަދަގެ ވަޙީދު (ޢަހްމަދު ވަޙީދު) އަކީ ޢިލްމީ ގޮތުން ގިނަގުނަ ޚިދުމަތްތަކެއް ފުވައްމުލަކަށް ކުރައްވާފައިވާ ފަރާތެއް ކަމަށް އިބްރާހިމް ޝަމީމު މައުލޫމާތު ދެއްވިއެވެ.

އާއްމުކޮށް ހުޅުވާލާފައިވާ ބައިން އަންހެން ބައިވެރިއަކު މުބާރާތުގައި ކިޔަވަނީ 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !