A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ނިމޭނީ އަންނަ އަހަރު ނޮވެމްބަރުގައި – އެމްޓީސީސީ

އެމްޓީސީސީގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މަދގުހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުން

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމާލެވެނީ އަންނަ އަހަރު ނޮވެމްބަރު ހިސާބުގައި ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީއިން މިހެން ހާމަކޮށްފައި ވަނީ މިއަދު ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައެވެ. މިއަދު އެމް.ޓީ.ސީ.ސީ ގެ ސީނިއަރ މެނޭޖްމެންޓްގެ ޓީމުން ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުން ބޭއްވުނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި މިއަދު، 25 ނޮވެމްބަރު 2020 ދުވަހުގެ ހެނދުނުއެވެ.

މިއަދުގެ ބައްދަލުވުމުގައި އެމްޓީސީސީގެ ސީއިއޯ އާދަމް އާޒިމުއާއި އެމްޓީސީގެ ޖެނެރަލް މެނޭޖަރުން ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މޭޔަރު ފަލާޙު ޝަރީފުއާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރުގެ އިތުރުން އިތުރުން ސިޓީ ކައުންސިލް އިދާރާގެ އިސް ބޭފުޅުން ބައިވެރިވެފައުި ވެއެވެ.

މި ބައްދަލުވުމަށްފަހު ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފައި ވަނީ މިއަދުގެ ބައްދަލުވުން ބޭއްވުނީ ރަށުގެ އެތެރޭގެ މަގުތައް ހެދުން އަވަސް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ރަށުގެ އެތެރޭގެ މަގުތައް ހެދުމުގެ ސްޕީޑް އަވަސް ކުރުމަށްޓަކައި ކުރިޔަށް އޮއްތަނުގައި އެއްފަހަރާ 10 ޓީމް ބޭނުން ކޮށްގެން 10 ސަރަހައްދެއްގައި އެއްފަހަރާ މަސައްކަތް ކުރިޔަށް ގެންދާނެ ކަމުގެ ޔަގީން ކަން ސީއީއޯ އާދަމް އާޒިމު ދެއްވާފައި ވާކަމަށް ހާމަކޮށްފައި ވެއެވެ.

އެމްޓީސީސީގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މަދގުހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުން- އެމްޓީސީސީގެ އިސްފަރާތްތައް

ބައްދަލުވުމާއި ގުޅޭ ގޮތުން މިކަލް ނޫހަށް މައުލޫމާތު ލިބުނުގޮތުގައި އެތެރޭގެ މަގުތައް ހެދުން ހަލުއިކުރުމުގެ ގޮތުން އިތުރު މީހުން މަސައްކަތަށް ނެރުމާއި މެޝިނަރީތައް އިތުރުކުރުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެކެވިފައި ވެއެވެ. އަދި އަންނަ އަހަރު ނޮވެމްބަރު މަހު މެދެއްހާ ހިސާބަށް ފުވައްމުލަކުގެ އެތެރޭގެ 31 މަގުގެ މަސައްކަތް އެއްކޮށް ނިންމުމަށް ވަނީ ކަނޑައޅާފައެވެ.

އެމްޓީސީން މިހާރު ވަނީ ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއް ދީގެން ކުރުމަށް ނިންމާފައެވެ.

ފުވައްމުލައް ސިޓީގެ މަގުތައް ހެދުން ލަސްވާތީ އެމައްސަލާގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު އަސްލަމާއި މި ނޮވެމްބަރު މަހު 6 ގައި މަޖުލީހުގައި ސުވާލުކޮށްފައެވެ.

އެމްޓީސީސީގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މަދގުހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުން- ސިޓީ ކައުންސިލްގެ އިސްފަރާތްތައް

ފުވައްމުލަކުގެ މަގުތައް ހެދުން 2019 ވަނަ އަހަރު މާރިޗު މަހު އެމްޓީސީސީއާއި ހަވާލުކުރުމަށްފަހު، އެދެވޭ މަސައްކަތެއް ނުފެނި އަހަރެއްހާ ދުވަސް ވެގެން ދިއުމުން، މިއަހަރު ކުރީކޮޅުު ފުވައްމުލަކު ރިންގް ރޯޑް (ނާއިބު ތުއްތު މަގު) ހެދުން ލަސްވާތީ އާމުން ޝަކުވާ ކުރަމުން އަންނަނިކޮށް ސީއީއޯ އާދަމް އާޒިމު ފޭސްކުބް މެދުވެރިކޮށް ވިދާޅުވެފައި ވަނީ މިއަހަރު ޖުލައިމަށް ނިމުމުގެ ކުރިން ފުވައްމުލަކުގެ މަގުތަކުގެ މަސައްކަތް ބާރަށް ކުރިޔަށްދާތަން ރަށުގެ ރައްޔިތުންނަށް ފެނިގެންދަނެ ކަމަށެވެ. ސީީިއޯ ވިދާޅުވި ގޮތަށް ޖުލައ ިމަހު މަސައްކަތް ހަލުއި ކަމާއެކު ކުރިޔަށް ގެންގޮސް ނިންމާލީ ހަމައެކަނި ރިންގްރޯޑުގެ މަސައްކަތެވެ. އެތެރޭގެ މަސައްކަތްތައް ފެށުނު ކަމުގައި ވިޔަސް މަސައްކަތުގެ ސްޕީޑް ދަށްވެ އާއްމުގެ ޝަކުވާ ބޮޑުުވެފައިވެއެވެ.

ފުވައްމުލަކުގެ ރިންގް ރޯޑުގެ 2.7 ކިލޯމީޓަރުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި 2019 ވަނަ އަހަރުގެ މާރޗް މަހު 27 ގައި ވަނީ 240 (8 މަސް) ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސްް އެމަސައްކަތް އަދިވެސްމުޅިން ނިންމާ ނުލެވެއެވެ. އެގޮތުން އެމަގުގެ ސްޕީޑް ބްރޭކަރާއި ޕާކިން އޭރިއާއައި މަގުގެ ކުރެހުން އަދި އެއްކޮށް ނިންމާލެވިފައި ނުވާކަމަށް ވެއެވެ.

ފުވައްމުލަކު އެތެރޭގެ 31 މަގެއް ހެދުމުގެ މަސައްކަތް 730 ( ގާތްގަޑަކަށް 2 އަހަރު) ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ޖުލައި 2019 ގައެެވެ. މިހާރު 16 މަސް ފާއިތުވެ ބާކީ 8 މަސް ދުވަސް އޮތް އިރު ޕްރޮޖެކްޓްގެ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ނުދާކަން ފުވައްމުލަކުގެ ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މިއަދު އެމްޓީސީސީގެ ފަރާތުން ހާމަކުރެއްވި ގޮތުން މިމަސައްކަތް ނިންމަން އަދި އިތުރު 1 އަހަރު ދުވަސް ނަގާނެއެވެ. އެގޮތުން މަސައްކަް ނިންމަން މިހާރު ކަނޑައަޅަފައި ވަނީ 2021 ވަނަ އަހަރު ނޮވެމްބަރު މަހު މެދެއްހާ ހިސާބަށެވެ.

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން

އިއްޔެ އައްޑޫއިން ކަނޑުމަގުން ފުވައްމުލައް ސިޓީއަށް އައި އެމްޓީސީގެ ޓީމުން ވަނީ ފުވައްމުލަކުގައި ހުރި އެކުންފުނީގެ ސައިޓް އޮފީހަށް ޒިޔާރަތްކޮށް ފައެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !