A wide advertisement which will be shown on all devices. (700 x 100)

ޕީޕީއެމް މުޒާހަރާ ނެރަނގަޑު ސަރަހައްދުގައި

ޕީޕީއެމުން އިއްޔެ، 28 ނޮވެމްބަރު 2020ގައި ނެރަގަނޑު ސަރަހައްދުގައި ބޭއްވި އެއްވުން.

ދަޑިމަގު ނެރަގަނޑު ސަރަހައްދުގައި ޕީޕީއެމްއިން އިއްޔެ، (28 ނޮވެމްބަރު 2020) މުޒާހަރާ ކޮށްފިއެވެ. އިއްޔެ ހަވީރު އިދިކޮޅު ޕާޓީ ޕީޕީއެމްގެ މެމްބަރުން މުޒާހަރާ ކުރީ އެ ޕާޓީން ވެރިކަން ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހުކުމް ތަންފީޒުކުރުމަށް ޖަލުގައި 1 އަހަރުގެ މުއްދަތެއް ހޭދަކުރަނީ ހައްގު ނޫންގޮތުގައި ކަމަށް ބުނެއެވެ.

އިއްޔެ ހަވީރު ދަޑިމަގު ނެރަނގަޑު ސަރަހައްދަށް އެއްވެފައިވާ ކަމަށް ފޮޓޯ ތަކުން ފެންނަނީ އުރުން ދުވަސްވެފައިވާ ފިރިހެންނާއި އަންހެނުންނެވެ. ޒުވާން މަދު އަންހެނަކު ނޫނީ ނުފެނެއެވެ. ފުވައްމުލަކުގައި ބޭއްވި މިއެއްވުމުގއި 100 އެއްހާ މީހުން ތިބިކަމަށް ބެލެވެއެވެ.

ޕީޕީއެމުން އިއްޔެ، 28 ނޮވެމްބަރު 2020ގައި ނެރަގަނޑު ސަރަހައްދުގައި ބޭއްވި އެއްވުން. ރައީސް ޔާމީނު ޖަލުގައި 1 އަހަރު

މުޒާހަރާގެ ބައިވެރިން ތިބީ ގޮނދިގައި އިށީދެގެން މަގުގެ އެއްފަރާތުގައެވެ. މުޒާހަރާގެ ގޮވުންތައް ހިމެނޭ ބޯޑުތައް ބައެއް މީހުން އަތުގައި ހުއްޓެވެ. އެގޮތުން “ގައުމިއްޔަތު ލިހެލުމަކީ އަނިޔާ” ކަމަށާއި، “ގައުމު ވިއްކާ ނިލައު” އަދި “ދިވެއްސުން އަޅޮވެތި ނިކެރައު” ފުވައްމުލަކު ބަހުން ލިޔެފައިވާ ބޯޑުތައް ގެންގުޅުނެވެ.

އަދި މިހާރު 5 އަހަރު ދުވަހުގެ ޖަލު ހުކުއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނުގެ ދިފާއުގައި ލިޔެފައިވާ ބޯޑެއްގައި “ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާއާއި ދެކޮޅަށް ރާއްޖެ’ ލިޔެފައިވާ ބޯޑެއް ފާހަގަ ކުރެވުނެވެ.

ޕީޕީއެމް އިން ބުނެފައިވަނީ މުޅިރާއްޖޭގައި މުޒާހަރާ ކުރާނެކަމަށެވެ. އަދި އެގޮތުން މާލޭ ސަރަހައްދުގެ ކަނޑުމަތީ އުޅަނދުފަހަރުގައި މުޒާހަރާ ކޮށްފައި ވެއެވެ.

ޕީޕީއެމުން އިއްޔެ، 28 ނޮވެމްބަރު 2020ގައި ނެރަގަނޑު ސަރަހައްދުގައި ބޭއްވި އެއްވުން. ރައީސް ޔާމީނު ޖަލުގައި 1 އަހަރު

މަނީ ލޯންޑަރ ކުރުމުގެ ކުށް ރައީސް ޔާމީނު މައްޗަށް ސާބިތުވެ، ފަސް 5 އަހަރަށް ޖަލަށްލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަސ ްމާފުށީ ޖަލުގައި ހޭދަކުރާތާ މި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހަށް 1 އަހަރު ވީއެވެ. ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ކުންފުންޏެއް ކަމުގައިވާ އެސްއޯއެފް މެދުވެރިކޮށް ލޯންޑަރކުރުމުގެ ކުށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !