A wide advertisement which will be shown on all devices. (700 x 100)

މޮނިޓަރިންގައި އޮތްވައި ޕީޕިއެމުން ފުވައްމުލައް ސިޓީގައި މުޒާހަރާ ކޮށްފި

އުސޫލާއި ޚިލާފަށް ޕީޕިއެމް އިން ބޭއްވި މުޒާހަރާ. ފޮޓޯ އެފްބީ އ.އ.ގ.

އެޗްޕީއޭގެ މޮނިޓަރިންގައި ފުވައްމުލައް ސިޓީ އޮތްވައި ޕީޕީއެމްއިން މިދިޔަ ހުކުރުދުވަހު މުޒާހަރާ ކޮށްފިއެވެ. ޕީޕީއެމްގެ މުޒާހަރާ ބާއްވާފައި ވަނީ ފުވައްމުލައް ސިޓީ ތޫނޑު ސަރަހައްދުގައެވެ.

މި މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރަކީ “ވަގު ސަރުކާރެއް” ކަމަށާއި “އިބޫ އިސްތިއުފާ’ ދިނުމަށް ގޮވާލައި އަޑުއުފުޅާފައި ވެއެވެ. އަދި މަނީލޯންޑަރިންގެ މައްސަލާގައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ރައީސް ޔާމީނު މިނިވަން ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

މޮނިޓަރިން ހާލަތުގައި، 3 މީހުނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވެގެން ހަރަކާތައް ބޭއްވުން މަނާ ކުރެވިފައިވާ ވަގުތެއްގައި މި މުޒާހަރާ ކުރުމަށް ފުރުސަތު ދީފައިވާތީ އެކަމުގެ ކަންބޮޑުވުން ރަށުގެ ބައެއް ފަރާތްތަކުން ފާޅުކުރަމުން ދެއެވެ. މިކަލް ނޫހާއި ވާހަކަ ދެއްކި ސަރުކާރާށް ތާއިދުކުރާ ފަރާތަކުން ހާމަކުރި ގޮތުގައި މިހާލަތުގައި ފުވައްމުލައް ސިޓީ ފުލުހުން އެފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެމީހުން ފުރުސަތު ނުދޭނެމަ ތުނޑީގައި ދިދަ ޖަހައި ތައްޔާރުވެގެން އެކަން އެގޮތަކަށް ކުރިޔަށް ނުގެންދެވެނެ ކަމަށެވެ.

އުސޫލާއި ޚިލާފަށް ޕީޕިއެމް އިން ބޭއްވި މުޒާހަރާ. 10 ސެޕްޓެމްބަރު 2021

“މޮނިޓަރިން ހާލުން ރަށް ނެގުމަށް އެދޭ ކަމަށާއި އަދި މޮނިޓަރިން އިން ނެގުމުން އެފަދަ ހަރަކާތަކަށް ފުރުސަތު ލިބެން ވާނެ” ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ. އެކަމަކު މޮނިޓަރިންގައި އޮވެ އެފަދަ ފުރުސަތު ދީގެން ނުވާނެ ކަމަށާއި އެޗްޕީއޭގެ އުސޫލާއި ޚިލާފަށް އެއްވުން ބޭއްވި ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި، ޖޫރިމާނާ ކުރަން ފުވައްމުލަކު ސިޓީ ކައުންސިލަށާއި ފުވައްމުލަކު ފުލުހުންނަށް ގޮވާލާ ކަމަށް އޭނާ ބުންޏެވެ.

ފުލުހުންނާއި ސިޓީ ކައުންސިލަށް ނުވެގެން، އެހެން މީހުން އެކަން ހުއްޓުވަން ނުކުތުމުން ނަތީޖާ ރަނގަޅު ނުވެދާނެކަމަށް ބުންޏެވެ.

ފުވައްމުލައް ސިޓީ ކައުންސިން މެމްބަރު އާއިޝަތު އަބްދުލް ގާދިރު އޭނާގެ ފޭސްބުކް ޕޭޖުގައި މިކަމާއި ގުޅިގެން ލިޔުއްވާފައި ވަނީ “ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިފައިވާ ސުލަހަވެރިކަމާއެކު އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމުގައި ބަޔާން ކޮއްފައި ވީނަމަވެސް އެ ހައްގަށް ހުރަސް އެޅުމަކީ ޙައްގު މިންވަރުތޯ، އިންސާފުތޯ.” އެވެ.

އައިޝާގެ މިހެން ލިޔުއްވާފައިވަނީ އެމުޒާހަރާގެ ވަކި ހިސާބަކުން ފުލުން އެތަނަށް ގޮސް އެކަން ހުއްޓާލަން އެންގުމުން ކަމަށް ބެލެވެއެވެ. ނަމަވެސް އެހަރަކާތްތައް ހުއްޓާނުލާ އެއްވި މީހުން އަޑުއުފުލަމުން މުޒާހަރާ ކުރިޔަށް ގެންގޮސްފައިވާކަން ވީޑިއޯ ފުޓޭޖް ތަކުން ހާމަވެއެވެ.

އުސޫލާއި ޚިލާފަށް ޕީޕިއެމް އިން ބޭއްވި މުޒާހަރާ. 10 ސެޕްޓެމްބަރު 2021

ފަހަކަށްއައިސް އައިޝާ އަންނަނީ އޭނާގެ ފޭސްބުކު ޕޭޖްގައި މިސަރުކާރަށް ވަރަށްބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ފާޑުކިޔުމުން މީހަކު ކުރި ސަވާލަކަށް ޖަވާބު ދެމުން އައިޝާ ކުރިން ބުނެފައިވަނީ މީގެ ކުރިން އޭނާގެ އަނގަ ވަނީ ބަންދުކޮށްފައި ކަމަށާއި މިހާރު މިވަނީ މިނިވަންކަމާއެކު ޝުއޫރުފާޅުކުރުމުގެ ފުރުސަތު ލިބިފައިކަމަށެވެ.

ސުލްހަވެރި ކަމާއެކު ޝުޢުރު ފާޅުކޮށް ސަރުކާރަށް އަޑުއިއްވުމަށް ފުވައްމުލައް ސިޓީގެ ޕީޕީއެމްއަށް ނިސްބަތްވާ މީހުން ފުވައްމުލަކު ތުނޑީ ސަރަހައްދަށް އެއްވުމުން އެތަނަށް ފުލުހުން ފޮނުވުމަކީ ލަދުވެތިކަމެއް ކަމަށް ބުނެ ޕީޕީއެމްގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް ކޮވިޑް-19 އާއި އުޅިގެން މިދުވަސްވަރު މުޅިރާއްޖެގައި ވެސް ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައެވެ. ބަލިފެތުރެމުން އަންނާތީ މިޙާލަތުގައި ފުވައްމުލައް ސިޓީގައި އެއްވެއުޅުން ވަނީ މަނާ ކުރެވިފައެވެ.

ފުވައްމުލައް ސިޓީ ޕީޕީއެމް ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މިއެއްވުން ބޭއްވީ ހުރުރު ދުވަހު މާލޭ ސިޓީގައި ވެސް ކުރިޔަށް ގެންދިޔަ އެއްވުމަކާއި ބައިވެރިވުމުގެ ގޮތުންނެވެ. ނަމަވެސް މާލެ ސިޓީ މިވަގުތު އޮތީ މޮނިޓަރިންގައެއް ނޫނެވެ.

ފުވައްމުލައ ސިޓީގެ ޕީޕީއެމް ޚަބަރުތައް ކުރިން ގެނެސްދޭ “އަސުރުމާ ފުވައްމުލައް” ފޭސްބުކްގެ ހަރަކާތައް ހުއްޓި އަލުން ޕީޕީއެމް ކޯލިޝަނުގެ ޚަބަރުތައް އަޕްޑޭޓް ކުރަމުން އަންނަނީ “ޕީއެންސީ ފުވައްމުލައް” ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖަކުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !