ތޮށިލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަނީ

ގިރާ ސަރަހައްދުގެ ތޮށިލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަނީ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓިގެ ގިރާ ސަރަހައްދުގައި ތޮށިލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލުހޯދުމުގެ ބައްދަލުވުމަކަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިއީ ފުވައްމުލަައް ސިޓީގެ އުތުރު ފަރާތުގެ ގޮނޑުދޮށުގައި ތޮށިލުމުގެ މަޝްރޫއާއި ގުޅިގެން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ދެނެގަތުމަށް އެންވަޔަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ތައްޔާރުކުރުމަށް ކުރެވޭ ދިރާސާއަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީ ގިރާ ސަރަހައްދު. 30 އޮކްޓޯބަރު 2020. ފޮޓޯ: މުނީރު ހަސަން

ކުރުނދުމާ މާލަމުގައި މާދަމާ 26 ޑިސެމްބަރު 2020 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބާއްވާ ބައްދަލުވުމަށް ފުވައްމުލައް ސިޓީގެ އެންމެހާ ރައްޔިތުންނަށް ވަނީ ހުޅުވާލައިގެން ދައުވަތު ދީފައެވެ.

މި ނިމުނު ހަފުތާގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކުރިޔަށް އޮތް 2021 ވަނަ އަހަރު ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަން ހާމަކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ކަމާއި ގުޅޭ އިދާރާތަކާއެކު ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ.

އެމްޕީ މުހައްމަދު ރަޝީދު (ދޮންބެ) މިނިސްޓަރު އަސްލަމުއާއި ތޮށިލުން ލަސްވުމާއި ގުޅޭ ގޮތުން މަޖުލީހުގެއި ސުވާލު ކުރައްވަނީ.

ނިމުނު 18 ވަނަ ރައްޔިތުންގެ މަޖުލިހުގެ މިއަހަރުގެ 2 ވަނަ ދައުރުގައި ފުވައްމުލަކު އުތުރު ދައިރާގެ މެމްބަރު މުހައްމަދު ރަޝީދު، އަންނަ އަހަރުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން މަޖުލީހުގެ ފްލޯގައި ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް އަހަރު ފުވައްމުލަކުގެ ރައްޔިތުން އެންމެ އިސްކަންދޭ ޕްރޮޖެކްޓަކީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ކަމަށެވެ.

އަދި އަންނަ އަހަރުގެ ބަޖެޓްގައި ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ވަނީ 52 މިލިޔަން ރުފިޔާ ހިމަނާފައެވެ. މިއީ އަންނަ އަހަރު ފުވައްމުލަކުގައި ކުރަން ހަމަޖެހިފައިވާ 25 ޕްރޮޖެކްޓްގެ ތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓެވެ.

ފުވައްމުލަކުގެ ގިރާ ސަރަހައްދު

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments