A wide advertisement which will be shown on all devices. (700 x 100)

ވެލި ނުލިބުމުގެ ސަބަބުން ފުވައްމުލަކު ގިރާސަރަހައްދު ހިމާޔަތްކުރުން މަސައްކަތަށް ބުރޫއަރައިފި

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މަސައްކަތަށް ބޭނުންވާ ވެލި ނެގުން ހުއްޓުވުމާއި ގުޅިގެން އެމަސައްކަތަށް ބުރޫއަރާފައިވެއެވެ. ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ވެލި ނެގުމަށް އީޕީއޭ އިން ހުއްދަދީފައިވަނީ ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދު ބޭރުން ފަޅުންނެވެ. ސަރުކާރު ކަމާއި ގުޅޭ އިދާރާތަކުން ހުއްދަދީފައިވީ ނަމަވެސް، ފަރެސްމާތޮޑާ ކައުންސިލުން ވަނީ އެސަރަހައްދުން ވެލި ގެންދިއުން ހުއްޓުވާފައެވެ.

ފަރެސްމާތޮޑާއިން ވެލި ނެގުން ހުއްޓުވީ އެ ރަށުގެ ބައެއް މަޝްރޫއުތަކަށް ވެލި ބޭނުން ވާތީ އެ މަޝްރޫއުތައް ނުހިންގައި ވެލި ގެންދިއުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ރަށުގެ ރައްޔިތުންނަށް ގަބޫލު ކުރެވިގެން ކަމަށް ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދާއި ހަވާލާދީ ދައުރު ނޫހުން ރިޕޯޓުކުރެއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާ ވެލި އެކަމާއި ގުޅޭ ހުރިހާ ހުއްދައެއްނެގުމަށްފަހު ގެންދަން ފެށިނަމަވެސް މިދިޔަ މަހު ފަހުކޮޅު ފަރެސްމާތޮޑާ ކައުންސިލާއި ފުވައްމުލަކު ގިރާ ސަރަހައްދަށް ވެލި ގެންދިއުން ހުއްޓުވާފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. “ހުރިހާ ހުއްދަތަކެއް ވެސް ހޯދައިގެން ވެލި ނަގަން ފެށީ. އެކަމަކު އެ ރަށުގެ މީހުންގެ ދެކޮޅު ހެދުމާ ހެދި މި އޮތީ މަސައްކަތް ހުއްޓިފައި. މަސައްކަތް ހުއްޓި އެ ހިނގާ ކޮންމެ ދުވަހަކު މި އަރާ ޖޫރިމަނާގެ ޒިންމާ ނަގާނޭ ބަޔަކު ނެތް. ބޮޑު ގެއްލުމެއް މި ކުރިމަތިވަނީ ދައުލަތަށް،” ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ދައުރު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށް މިގެންދާ 300 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަށް 50 ހާސް ކޮޑިމީޓަރުގެ ވެލި ބޭނުންވެއެވެ. ހޯގާޑުން ކުރިއަށް ގެންދާ މިމަސައްކަތަށް ބޭނުންވާ ވެލި ނުލިބި ލަސްވެގެންދާ ކޮންމެ ދުވަހަކަށް 15000 ޑޮލަރުގެ ޖޫރިމަނާއެއް ސަރުކާރުން ދައްކަންޖެހެއެވެ. އެގޮތުން މިހާތަނަށް 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) އަށްވުރެ ބޮޑު ޖޫރިމަނާއެއް ސަރުކާރުން  ހޯގާޑު ކުންފުންޏަށް ދައްކަންޖެހޭ ކަމަށް ދައުރު ނޫހުން ރިޕޯޓުކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !