ސޯލާ ހަކަތައިގެ ނިޒާމްއާ ގުޅޭގޮތުން ޖަމިއްޔާތަކުގެ ޚިޔާލު ހޯދަނީ

އިރުގެ އަލިން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުވަނީ
Share on facebook
Share on twitter
Share on google
އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި ގާއިމުކުރާ ސޯލާ ހަކަތައިގެ ނިޒާމްއާއި ގުޅޭގޮތުން ފުވައްމުލަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ޚިޔާލު ހޯދުމަށް ބައްދަލުވުމެއް މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ. މިއީ ދިވެހިރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ހިންގާ މަޝްރޫއާއި ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.
މާދަމާ ބާއްވާ މިބައްދަލުވުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިކޮށް ޒޫމް މެދުވެރިކޮށެވެ. މިބައްދަލުވުމުގަިއ ބައިވެރިވުމަށް މިލިންގްގައިވާ ފޯމް ފުރިހަމަކުރުމަށް އެދިފައިވެއެވެ.
ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ކުރިޔަށްގެންދާ މި ބައްދަލުވުން އޮންނާނީ މާދަމާ (30 ޑިސެމްބަރު 2020)ގެ މެންދުރުފަހު 1:00ގައެވެ.

ޖަމިއްޔާތަކުގެ މބައްދަލުވުމުގެ އިސްތިހާރު

މި ބައްދަލުވުން އަމާޒުކުރެވިފައި ވަނީ ޒުވާނުންގެ ޖަމިއްޔާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި، ތިމާވެށީގެ ޖަމިއްޔާ، މަސްވެރިކަމާއި އަދި ދަނޑުވެރިކަމާއި ގުޅޭ ޖަމިއްޔާތަކުގެ އިތުރުން އިޖުތިމާއީ ޖަމިއްޔާތަކަށެވެ.
މި މަޝްރޫއަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސް ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު އާރާސްތުކުރަން މި ޑިސެމްބަރު މަހު ކުރީކޮޅު ވޯލްޑް ބޭންކުން އިން ކަނޑައެޅި މަޝްރޫއެކެވެ. މި މަޝްރޫއަށް 107 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ކަނޑައަޅާފައި ވެއެވެ.
މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދާއި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ.

އިޔާދަކުރުވަނިވި ހަކަތަ – ހަކަތައަށް ފަހި މަގެއް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments