ޗިައިނާގެ ކޮވިޑް-19 ވެކްސިން ކަމަށްވާ ސިނޮވެކް ގައި އުރުގެ ބައިތައް ހިަމނާފައިނުވާނެކަމަށް ވެކްސިން އުފެއްދި ސިނޮވެކްއިން ބުނެއެވެ. ސިނޮފާމް އިން މިހެން ބުނީ އިންޑޮނޭޝިއަގެ ފަތުވާ ކޮމެޓީގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާގައި ވެސް ކުރިޔަށް އޮތް ހަފުތާތަކުގައި ކޮވިޑް-19 ވެކްސިން ޖެހުމަށް ވަނީ ތައްޔާރުވެފައެވެ. ސައުތުއީސްޓް އޭޝިއާގެ އެންމެ ގިނަ ކޮވިޑް-19 ކޭސްތައް ރެކޯޑުކުރެވިފައިވާ ގައުމަކީ ވެސް އިންޑޮނޭޝިއާއެވެ.

ޗައިނާގެ ސިނޮފާމްގެ ސިނޮވެކް ވެކްސިން ޖަހަން އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ތައްޔާރުވެފައި.
އިންޑޮނޭޝިއާގެ ބައެއް ދީނީ ފަތުވާ ދޭ ޖަމާއަތްތަކުން ވަނީ ކޮވިޑް-19 ވެކްސިން ހަލާލުތޯ ސުވާލު އުފައްދާފައެވެ. އެމީހުންގެ މައިގަނޑު ކަންބޮދުވުމަކި ކޮވިދް-19 ވެކްސިން ހެދުމުގައި އޫރުގެ ބައިތައް ބޭނުންކޮށްފައިވާނެކަމަށް ބެލެވޭތީއެވެ. އެކަމުގައި ޖެހުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ސިނޯފާމްގެ ‘ސިނޮވެކް’ ވެކްސިން އެވެ. އިންޑޮނޭޝީއާގެ މުސްލިމުންގެ ސުވާލަށް ޖަވާބު ދެމުން ޗައިނާއިން ބުނެފައިވަނީ ސިނޮވެކް ވެކްސިން ގައި އޫރުގެ ބައިތައް އެއްވެސ މިންވަރަކަށް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. “manufactured free of porcine materials.” މިހެންނެވެ.
އެކަމާއި ގުޅިގެން އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާވަނީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަމަށްށާއި ބަލިމަޑުކަމުގެ ނުރައްކާތެރި ހާލަތު މާބޮޑު ކަމަށެވެ. އަދި އިންޑޮނޭޝިއާގެ ޖަކާޓާގައި ހުންނަ ގްލޯބަލް ހަލާލު ސެންޓަރގެ ލެބްގައި މިހާރު ސިނޮވެކް ވްކްސިން ހަލާލު ތޯ ޓެސްޓް ކުރަމުން އަންނަކަމަށް ވެއެވެ. އަދި ވަރަށް އަހަވަށް ރަސްމީކޮށް މިކަމުގައި ފަތުވާ ނެރޭނެ ކަމަށް ވެއެވެ.

އިންޑޮނެޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ. އިންޑޮނީޝިއާގެ 7 ވަނަ ރައީސް
އެގައުމުގެ 181.5 މިލިޔަން ބޮޑެތި މީހުންގެ ގަޔަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ތާވަލުކުރެވިފައި ވަނީ ކުރިޔަށް އޮތް 15 މަސްދުވަހުގެ ތެރޭގައެވެ.
ކޮވިޑް-19 ވެކްސިން ޖެހުމާއި މެދު ދީނީ ފަތުވާ ދޭ ބައެއް ފަރާތްތަކުގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ނަމަވެސް މުސްލިމުންގެ އާބާދީ ބޮޑު މެލޭޝިއާ އާއި ޔޫއޭއީގެ ފަތުވާދޭ މަޖުލީހުން ވަނީ ކޮވިޑް-19ގެ ވެކްސިން ޖެހުމަކީ ހުއްދަކަމެއް ކަމަށް ވަނީ ނިންމާފައެވެ. އަދި އެގައުމުތަކުގައި ވެސް ދާދީ އަވަހަށް ވެކްސިން ޖަހަން ފަށާނެކަމަށް ޚަބަރުތަުން އެނގެއެވެ.
ޚިޔާލުތައް