A wide advertisement which will be shown on all devices. (700 x 100)

މާދަމާ 12-18 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމަށް ހުޅުވާލައިފި

ހޭޒްގެ ދަރިވަރުން ވެކްސިން ޖެހުމާއި ގުޅޭ ޕޯސްޓަރު ހިފައިގެން.

ފުވައްމުލައް ސިޓީގައި މާދަމާ، (21 އޮގްސްޓް 2021) ވާ ހޮނިހުރު ދުވަހު 12-18 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމަށް ހުޅުވާލައި އެކަން ފުވައްމުލަކު ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން އާއްމުކުރި ލިޔުމުގައި ވާގޮތުން މާދަމާ ހެނދުނު 9:00 އިން 12:00 އަށް ފުވައްމުލަކު ހޮސްޕިޓަލުގެ ގަރާޖު ސަރައްދުގައި ފައިޒާ ވެކްސިން ޖަހައިދިނުން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހެނދުނު ވެކްސިން ދިނުމަށް ކަނޑައެޅިފައިވާ ކުދިން ވެކްސިން ޖެހުމަށް ދާއިރު އައިޑީކާޑާއި ބަޔައްޔަކަށް ބޭސްކުރާނަމަ އެކަމާއި ގުޅޭ ލިޔެކިޔުން ގެންދިއުމަށް އެދިފައި ވެއެވެ.

ވެކްސިންގެ މައުލުމާތު ދަރިވަރުންނަށް ދިނުން

ނިމުނު ހަފުތާގައި ވަނީ ފުވައްމުލައް ސިޓީގެ 4 ސްކޫލުގެ 12 އަހަރުން މަތީގެ ދަރިވަރުންނަށް އެސްކޫލެއްގައި ވެކްސިން ދިނުން ކުރިޔަށްގެންގޮސްފައެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގައި ހިމެނޭ ވެކްސިން ޖަހަން ޖެހޭ އުމުރު (12 އަހަރާއި 18 އަހަރާއި ދެމެދު) ގެ 1048 ކުދިންގެ ތެރެއިން 884 ކުދިންނަށް ވަނީ ވެކްސިން ޖަހާފައި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ރޭ ހާމަކޮށްފައި ވެއެވެ. ވުމާއެކު ތަފާތު ސަބަބުތަކާއެކު 164 ދަރިވަރަކަށް އަދި ވަނީ ވެކްސިން ނުޖެހިއެވެ. އެދަރިވަރުންނަށް ވެސް މާދަމާ ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މީގެ އިތުރުން ވެސް ފުވައްމުލައް ސިޓީގައި މިވަގުތު ތިބި އެއުމުރުގެ ހުރިހާ ކުދިންނަށްވެސް މާދަމާ ވެކްސިން ޖަހައި ދިނުމަށް ވަނީ ހުޅުވާލެވިފައެވެ.

ޏ.އޭއިސީގެ ދަރިވަރުން ވެކްސިން ޖެހުން ކުރިޔަށްދަނީ – 16 އޮގަސްޓް 2021

 

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !