ފާއިތުވި 10 ދުވަހު ހޯމްކަރަންޓީނުގެ ކުރެވުނު ގެތައް ވީ މަދު

5-15 ޖެނުއަރީ 2021 އަށް ހޯމް ކަރަންޓީނުގައި ހުރި ގެތައް
Share on facebook
Share on twitter
Share on google

ފާއިތުވި ދިހަ ދުވަހު، 5 ޖެނުއަރީ 2021 އިން 15 ޖެނުއަރީ 2021 އަށ،ް ފުވައްމުލައް ސިޓީގައި ކޮވިޑް-19 އާއި ގުޅިގެން ހޯމް ކަރަންޓީނު ކުރެވުނު ގޭގެ އަދަދު 82 އަށް ދަށް ވެއްޖެއެވެ.

ނިމުނު ދިހަދުވަހުގެ ތެރޭގައި ފުވައްމުލަައް ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ގެތައް އެންމެ ގިނައީ ކުރީ 10 ދުވަހެކޭ އެއްގޮތަށް މިސްކިތްމަގު އަވަށުގައެވެ. މިސްކިތްމަގުގައި 15 ގެއެއް ހޯމް ކަރަންޓީނުގައި ހުރިއިރު ދެވަނަ އަށް ހޯދަޑުގައި 13 ގެއެއް އަދި ދިގުވާނޑާއި ފުނާޑުގައި 11 ގެއެއް ހޯމްކަރަންޓީނުގައި އެބަހުއްޓެވެ. ހޯމަ ކަރަންޓީނު ކުރެވިފައިވާ ގެތައް އެންމެ މަދީ އަދިވެސް މާލެގަމު (5) ގައެވެ.

ހޯމް ކަރަންޓީނު ކުރެވޭ ބައެއް ގޭގޭގައި އެކަކަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނު ކުރެވެއެވެ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކޮށްފައި މުޅިއެކު ތިބީ ކިތައް މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.

ދިވެހިރާއްޖޭގެ ކޮވިޑްގެ ހާލަތު 15 ޖެނުއަރީ 2021

ނިމުނު 2 ހަފުތާގައި ހުވަދުއަތޮޅު އުތުރު ބުރީގައި ކޮވިޑް ފެތުރިގެން އެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެގޮތުން ގއ. ދެއްވަދޫއިން ކޮވިޑް-19 ފެނިފައި ވެއެވެ. މިމަހު 15 ވަނަ ދުވަހުވެސް އެރަށުން ވަނީ 11 މީހަކު ޕޮޒިޓިވް ކަން އެނގިފައެވެ. އެއާއެކު އެރަށުގެ ކޮމިއުނީޓީ ސްޕްރެޑެއް އޮތްކަމަށް ނިންމައި އެރަށުގެ ކޭސްތަކާއި ގުޅުންން ހުރި އިތުރު ދެރަށަކާއެކު 3 ރަށެއް އެޗްޕީއޭއިން ވަނީ މޮނިޓަރިން ހާލަތަށް ލާފައެވެ. މޮނިޓަރަށް ލާފައިވާ އަނެއް ދެރަށަކީ ދާންދޫ އާއި ވިލިގިއްޔެވެ.

ދެއްވަދޫ ކްލާސްޓަގައި ހިމެނި، ދާންދޫ ދެމީހަކާއި ވިލިގިލީ މީހަކު ބައްޔަށް ޕޮޒިޓިވްފައި ވެއެވެ. މީގެއިތުރުން އެކްލަސްޗަރ އާއި ގުޅުން ހުރި ލ.ފޮނަދޫ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެކްލަސްޗަރއަށް ނިސްބަތްވާ އިތުރު ދެމީހަކު ހުޅުމާލޭގައި ތިބިކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

ނިމުނު ޑިސެމްބަރު މަހުގެ ތެރޭގައި ފުވައްމުލަކުގެ ގިނަ ބަޔަކުވެސް ހުވަދުއަތޮޅަށް ދަތުރުކޮށްފައި ވެއެވެ. އެއާއެކު، ނޮވެމްވަރު 30ގެ ފަހުން ދެއްވަދޫއަށް ދަތުރުކޮށްފައި ވާނަމަ ކަރަންޓީން ވުމަށާއި އަދި ބައްޔަށް ޓެސްޓް ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލަން ވަނީ އެދިފައެވެ. ނަމަވެސް އެއްވެސް މީހަކު އެމުއްދަތުގައި ދެއްވަދޫއަށް ދަތުރުކުރިކަން އެންގިކަން އަދި ބައްޔަށް ޓެސްޓްކުރި ކަން ކަމާބެހޭ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިހާރު ބޭުންކުރާ ބައެއް ކޮވިޑް-19 ވެކްސިން އަދި ފަހު މަރުހަލާއގައިވަ ބައެއް ވެކްސިން

ދިވެހިރާއްޖެއަށް ކޮވިޑް-19ގެ ވެކްސިން އަންނަ ފެބްރުއަރީ މަހު ލިބޭނެ ކަމަށް ވެއެވެ. އެއީ ދުބާއީ އިން ހިލޭ އެހީގެ ގޮތުގައި ދޭ ފައިޒަރ ވެކްސިންގެ ޝިޕްމެންޓެއް ކަމަށް މީޑިއާ ޚަބަރުތަކުން އެނގެއެވެ. މީގެ އިތުރުން ޑަބްލިއުއެޗްއޯގެ “ކޮވިކްސް” ޕްރޮގްރާމުން ލިބޭ ވެކްސިން އާއި ސަރުކާރުން ޚަރަދުކޮށްގެން ވެސް ވެކްސިން ހޯދުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެފަހުން 30 ދުވަހަށް އިތުރު ކުރުމުން، އެމުއްދަތު ހަމަވާނީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments