ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފި

ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިން ގެނައުން ފެށުމުގެ ރަސްމިއްޔާތު - ވެލާނާ އިންޓަނޭޝަންލ އެއަރޕޯރޓްގައި، 20 ޖެނުއަރީ 2021
Share on facebook
Share on twitter
Share on google

ކޮވިޑް-19 ވެކްސިން ފުރަތަމަ ޝިޕްމެންޓް ރާއްޖެ މިއަދު ގެނެސްފިއެވެ. މިއަދު ރައްޖެ އައީ އިންޑިއާ ސަރުކަރުން ހިލޭ ދިން 1 ލައްކަ ޑޯޒް ވެކްސިނެވެ. މި އެއްލައްކަ ޑޯޒުން ވެކްސިލް ޖެހޭނީ 50 ހާސް މީހުންނަށެވެ.

މިއަދު ލިބުނީ އިންޑިއާގެ ސެރަމް ކުންފުނިން އުފެއްދި ކޮވިޝިލްޑް ވެކްސިނެވެ. މިއީ އެސްޓްރެޒެންކާ އާއި އޮކްސްފޯޑް ގުޅިގެން އުފެއްދި އެމީހުންގެ ރަސްމީ ވެކްސިންގެ ސަބް-ލައިސެންސްގެ ދަށުން އިންޑިއާގައި އުފައްދާފައިވާ ވެކްސިނެކެވެ.

މި ވެކްސިނަކީ ޓްރިއަލްތައް މަރުހަލާތައް ނިމި އެންމެ ފަހުގެ ނަތީޖާ ތަކުން ދައްކާ ގޮތުގައި %70 ކާމިޔާބު ވެކްސިނެއް ކަމަށް ވެކްސިން ހެދި ފަރާތުން ވަނީ ހާމަކޮށްފައެވެ. އަދި ރާއްޖޭގެ އެޗްޕީއޭގެ ހުއްދަ ވެސް ވަނީ މިވެކްސިން ބޭނުންކުރުމަށް ދީފައެވެ. ނަމަވެސް މިވެކްސިން ޖަހަން ފަށާނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިން ގެނައުން ފެށުމުގެ ރަސްމިއްޔާތު – ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގައި، އިންދިއާ ސަފީރު. 20 ޖެނުއަރީ 2021

މިއަދު ގެނައި އެއްލައްކަ ޑޯޒްގެ އިތުރުން 7 ލައްކަ ޑޯޒްގެ ވެކްސިން ގަތުމަށް އެސްޓްރެޒެންކާ-އޮކްސްފޯޑް އާއިއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އެޗްޕީއޭގެ ޑރ. ނަޒުލާ ރަފީގު މީޑިއަށް ވިދާޅުވިއެވެ. މީގެ އިތުރުން ޑަބްލިޔުއެޗްއޯގެ ކޯވެކްސް އިނީޝިއޭޓިވްގެ ދަށުން ރާއްޖޭގެ އާބާދީގެ %20 އަށް ވާވަރަށް، ގާތްގަޑަކަށް 9 ހާސް ޑޯޒް ވެކްސިން ލިބިގެންދާނެއެވެ. އެއާއެކު ރާއްޖޭގެ އާބާދީގެ %65 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ލިބިގެންދާނެއެވެ.

މި ވެކްސިން އާއްމުންނަށް ދިނުމަށް ވާންޖެހީ ތައްޔާރީތައް އަންނަނީ ކުރަމުންނެވެ. އެގޮތުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް އޮންލައިން ޕޯޓަލް އެއްގައި ވަނީ ހުޅުވާލާފައެވެ. ވެކްސިން ޖެހުމުގައި އެންމެ ފުރަތަމަ އޮތީ ހެލްތު ދާއިރާ އާއި މީހުން ބަލަހައްޓާ ދާއިރާތަކުގެ މީހުންނެވެ. ދެވަނަ ކެޓަގަރީގައި ހިމެނެނީ ހައިރިސްކް މީހުންނެވެ. 3 ވަނަ ކެޓަގަރީގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ފްރޮންޓްލައިން މަސައްކަތްތެރިންނާއި، ޓީޗަރުން ހިމެނެއެނެވެ.

ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެސް ވެކްސިން ދޭނެކެމަށް ސަރުކާރުންވަނީ ބުނެފައެވެ.

ވެކްސިންތަކާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފު ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެގޮތުން ކޯވިޝިލްޑް ވެކްސިން އާއި ގުޅޭގޮތުން ވެސް އެފަހަދަ ވާހަކަތައް ދައްކަމުން އާދެއެވެ.

ކޮވިޝިލްޑް އަކީ ސަލާމަތީގޮތުން ރައްކާތެރި މިންގަޑަށް ފެތޭ ވެކްސިނެއް.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments