ކޮރޯނާ ވައިރަސްގެ ވެކްސިން ކާމިޔާބުވާ މިންވަރު – ރިސާޗުން

ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް ވެކްސިން ކާމިޔާބީ ކިހާ މިންވަރަކަށް ބާ؟
Share on facebook
Share on twitter
Share on google

ކޮރޯނާ ވައިރަސް ވެކްސިން ކާމިޔާބީ ކިހާ މިންވަރަކަށް ތޯ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެއެވެ. އެގޮތުން ސުވާލު އުފެދެނީ ކުރީގެ އެހެން ވެކްސިންތަކުން ގާތްގަޑަކަށް ބަލި ނުޖެހޭނެ ކަމުގެ ޔަގީންކަން ލިބިފައިވާއިރު އަލަށް އުފެއްދި ކޮވިޑް-19 ވެކްސިން އިން އެވަރުގެ ޔަގީންކަމެއް ލިއްބައި ނުދޭތީއެވެ.

އެގޮތުން ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރަތްތަކަށް ވެސް ބަލި ޖެހެމުން އަންނާތީއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ މިވެކްސިން ޖަހާއިރުވެސް ބަލި ނުޖެހޭނެ ކަމުގެ އެހާ ބޮޑު ޔަގީންކަމެއް ދީފައި ނުވާކަމެވެ. ނަމަވެސް ބަލި ޖެހުނަސް މީހާގެ ޙާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިން ނުޖެހޭނެ ކަމުގެ ބޯޑު ޔަގީންކަމެއް އޮވެއެވެ. އަދި ނަތީޖާ ފެންނަމުން ދަނީވެސް އެގޮތުގައެވެ.

މި ލިޔުމުގައި ބަލާލަނީ މިވަގުތު ދުނިޔޭގައި ޖަހަމުން އަންނަ ކޮވިޑް-19 ވެކްސިންގެ ކާމިޔާބު މިންވަރާއި ގުޅޭ ގޮތުން ދުންޔޭގެ މަޝްހޫރު ދިރާސާތައް ކުރަމުންއަންނަ “ފައިނޭންޝަލް ޓައިމްސް” އިން ހޯދާފައިވާ ހޯދުންތަކުގެ މައްޗަށެވެ. އެގޮތުން އެހޯދުން ޚާއްސަކޮށްފައި ވަނީ ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ވަތްތަރު ކަމަށް ބެލެވޭ ޑެލްޓާ ވޭރިއަންޓްގެ މައްޗަށް ވެކްސިންގެ ކާމިޔާބު މިންވަރު ދެނެގަތުމަށް އެކި ގައުމުތަކުގައި ކުރެވުނު ދިރާސާގެ ނަތީޖާއަށެވެ.

މި ދިރާސާތަކުގައި ބަލާފައިވަނީ ބަލިން ދިފާޢުވުމުގެ ފުރުސަތު އޮތް މިންވަރަކަށާއި ބަލި ޖެހުނަސް ހާލު ދެރަނުވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރާ ޙާލަތަށް ނުދާ މިންވަރު ދެނެގަތުމަށެވެ.

ރާއްޖޭގައި ޖަހާ ކޮވިޑް ވެކްސިން ކަމަށްވާ ސީދާ ކޮވިޝީލްޑް ވެކްސިން މި ދިރާސާގައި ނުހިމެނުނަސް ކޮވިޝިލްޑްގެ އަސްލު ކަމަށްވާ އެސްޓްރެޒެނެކާ ވެކްސިން ހިމެނިފައި ވުމުން އެއާއި ރާއްޖެގައި ޚާއްސަ ހާލަތްތަކުގައި ޖަހަމުން އަންނަ ފައިޒާ ވެކްސިން ވެސް މިދިރާސާގައި ހިމެނިފައި ވެއެވެ. ނަމަވެސް ރާއްޖޭގައި ދެން ޖަހާ ސިނޮފާމް ވެކްސިން މި ދިރާސާގައި ހިމެނިފައި ނުވުމުން އެއިގެ މައުލޫމާތު އެގޭގޮތެއް އަދި ނެތެވެ.

ކޮރޯނާވައިރަސްގެ ޑެލްޓާ ވޭރިއެންޓާއި ދެކޮޅަށް ވެކްސިންގެ ކާމިޔާބު މިންވަރު

1 ޑޯޒް، 2 ޑޯޒް އެސްޓްރަޒެނެކާ ވެކްސިން ޖަހާފައިވާނަމަ ބަލިން ރައްކާތެރިވުމުގެ ފުރުސަތު

ކެނެޑާގެ ނަތީޖާ %67 ކާމިޔާބު ، –

އިނގިރޭސިވިލާތުގެ ނަތީޖާ %33، 2 ޑޯޒް ޖެހުމުން %60 ކާމިޔާބު

ސްކޮޓްލޭންޑްގެ ނަތީޖާ %33، 2 ޑޯޒް ޖެހުމުން %61 ކާމިޔާބު

1 ޑޯޒް، 2 ޑޯޒް އެސްޓްރަޒެނެކާ ވެކްސިން ޖަހާފައިވާނަމަ ބަލިހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޑް ކުރަން ނުޖެހުމުގެ ފުރުސަތު

ކެނެޑާގެ ނަތީޖާ %88 ކާމިޔާބު ، –

އިނގިރޭސިވިލާތުގެ ނަތީޖާ %71، 2 ޑޯޒް ޖެހުމުން %92 ކާމިޔާބު

 

1 ޑޯޒް، 2 ޑޯޒް ފައިޒާ ވެކްސިން ޖަހާފައިވާނަމަ ބަލިން ރައްކާތެރިވުމުގެ ފުރުސަތު

ކެނެޑާގެ ނަތީޖާ %56 ކާމިޔާބު، 2 ޑޯޒް ޖެހުމުން %87 ކާމިޔާބު

އިނގިރޭސިވިލާތުގެ ނަތީޖާ %33، 2 ޑޯޒް ޖެހުމުން %88 ކާމިޔާބު

ސްކޮޓްލޭންޑްގެ ނަތީޖާ %33، 2 ޑޯޒް ޖެހުމުން %83 ކާމިޔާބު

އިޒްރޭލްގެ ނަތީޖާ – ، 2 ޑޯޒް ޖެހުމުން %64 ކާމިޔާބު

1 ޑޯޒް، 2 ޑޯޒް އެސްޓްރަޒެނެކާ ވެކްސިން ޖަހާފައިވާނަމަ ބަލިހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޑް ކުރަން ނުޖެހުމުގެ ފުރުސަތު

ކެނެޑާގެ ނަތީޖާ %78 ކާމިޔާބު ، –

އިނގިރޭސިވިލާތުގެ ނަތީޖާ %94، 2 ޑޯޒް ޖެހުމުން %96 ކާމިޔާބު

އިޒްރޭލްގެ ނަތީޖާ – ، 2 ޑޯޒް ޖެހުމުން %93 ކާމިޔާބު

ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިން ދެވިފަިއވާ މިންވަރު، 13 ޖުލައި 2021ކޮ

މި ހޯދުން ތަކަށް ބަލާއިރު އެސްޓްރަޒެނެކާ ވެކްސިންގެ 1 ޑޯޒް ޖެހުމުން %33 ބަލި ނުޖެހުމުގެ ފުރުސަތު އޮންނައިރު 2 ޑޯޒް ޖެހުމުން އެފުރުސަރު %60 އަށް ވުރެ ބޮޑުވެގެން ދެއެވެ. އަދި 1 ޑޯޒް ޖަހާފައި ވަނިކޮށް ބަލި ޖެހުނަސް  ބަލިހާލު ބޮޑުނުވާނެ ކަމުގެ %17-%88 އޮތް އިރު 2 ޑޯޒް ޖެހުމުން ބަލިޙާލު ބޮޑުނުވާނެކަމުގެ %92 އަށް އިތުރުވެގެން ދެއެވެ. ވުމާއެކު ރާއްޖޭގައި ޖަހާ ކޮވިޝިލްޑު ވެކްސިން އިންވެސް މިފަދަ ފުރުސަތުތަކެއް އޮންނާނެ ކަމަށް ބެލެވެއެވެ.

މިހޯދުންތަކަށް ބަލާއިރުވެސް ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ވައްތަރުންވެސް ސަލާމަތްކަން ހޯދުމަށް ވެކްސިން ޖެހުން އަވަސްކުރަން ޖެހެއެވެ.

އިއްޔެ (13 ޖުލައި 2021)ގެ ނިޔަލަށް ފުވައްމުލައް ސިޓީގައި ފުރަތަމަ ޑޯޒް %76.4 މީހުންނަށް ޖެހިފައިވާކަމަށާއި އަދި ދެވަނަ ޑޯޒް %51.0 މީހުނަށް ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments