ފުވައްމުލައް ސިޓީގައި 80 އަހަރުން މަތީ މީހުންނަށް ވެކްސިން ދިނުން މިއަދު ފަށނީ

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖޖެހުން ކުރިޔަށް. މިއަދު ޖަހަނީ 80 އަަހަރުން މަތީގެ މީހުންނަށް
Share on facebook
Share on twitter
Share on google

ކޮވިޑް-19 އިން ރައްކާތެރިވުމަށް ފަށާފައިވާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގައި މިއަދު 80 އަހަރުން މަތީ އުމުރުގެ މީހުންނަށް ވެކްސިން ދިނުމަށް ފަށަން ތައްޔާރުވެއްޖެއެވެ. މިއަދު (7 ފެބްރުއަރީ 2021) އިން ފެށިގެން ފެބްރުއަރީ 9 އަށް، 3 ކުރިޔަށް އޮތް 3 ދުވަހު ވެކްސިން ޖެހުމަށ ްހަމޖެހިފައިވަނީ 80 އަހަރުން މަތީގެ މީހުންނަށް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ފުވައްއްމުލަކު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން ކޮންމެ ދުވަހަކުވެސް މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށެވެ. ނަމަވެސް ހަވީރު 5:00 އަށް ފަހު ނަމްބަރު ދޫކުރުން ހުއްޓައި ކިއު ބަންދު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ދުވަހަކު ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ 50 މީހުންނަށެވެ.

ކޮވިޑް-19 ވެކްސިން ކާޑު

ވެކްސިން ޖަހަން ދާ މީހުން އައިޑީކާޑާއި އެންމެ ފަހުގެ ބޭސްސިޓީތަކާއި ބޭސްތައް ގެނައުމަށް ހޮސްޕިޓަލުން އެދިފައިވެއެވެ. އެޗްޕީއޭގެ ވެބްސައިޓްގައި (my.health.gov.mv) ރަޖިސްޓްރީވުން މުހިންމު ކަމާއި، އެގޮތުން ވެކްސިން ޖެހުމަށް ފުރިހަމަކުރަންޖެހޭ ރަޖިސްޓްރޭޝަނަށް ހޭދަވާ ވަގުތު ކުޑަކުރެވިގެންދާނެ ކަމަށެވެ.

މި ވެކްސިން ޖެހުމަށް ފަހު 15 ވަރަކަށް މަޑުކޮށްލަން ޖެހޭތީ ދުވަސްވީ މީހާއާއި އެކު، ގާތުގައި މަޑުކޮށްލާނެ މީހަކު އާއިލާގެ ފަރާތުން އައިސް ހުރުން އެދެވިގެންވާ ކަމަށް އެދެވިގެންވާ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިން ޖަހަިއ ނިމިއްޖެ. މިއަދު ޖަހަން ފަށަނީ 80 އަަހަރުން މަތީގެ މީހުންނަށް

މ ިއުމުރުފުރާގައި (80 އަހަރުން މަތީގެ) ފުވައްމުލައް ސިޓީގައި ތިބީ ވެކްސިން ޖަހަން ޖެހޭ 240 މީހުން ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ. ދުވާލަކު 50 މީހުންގަޔަށް ވެކްސިން ޖަހައިގެން 3 ދުވަހުން ޖެހޭނީ 150 މީހުންގަޔަށެވެ. އޭރުން ވެކްސިން ޖަހަންޖެހޭ އެންމެންގެ ގަޔަށް ވެކްސިން ޖަހައި ނުނިމޭނެއެވެ.

ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ފާހަގަ ކުރާ 240 މީހުންނަކީ ރަށުގެ ރަޖިސްޓްރީގައި ތިބި އުމުރުން 80 އަހަރުން މަތީގެ މީހުން ކަމުގައިވާ ނަމަ އެއިގެ ތެރެއިން ބައެއް މީހުންނަކީ ރަށުން ބޭރުގައި އުޅޭ މީހުންނާއި އެކިއެކި ސަބަބުތަކާއި ހުރި ވެކްސިން ނުޖެހޭ މީހުން ކަމުގައިވާނަމަ ފުވައްމުލައް ސިޓީއިން މިއުމުރުގެ %70 އަށް ވުރެގިނަ މީހުންނަށް ވެކްސިން ޖެހިދާނެއެވެ. ނަމަވެސް މިއަދަދަށް ބަލާނަމަ ހާޑް އިމިއުނިޓީއަކަށް ދާން ބޭނުންވާ %70 ހަމަކުރަން މިއުމުރުފުރާގެ މަދުވެގެން 168 މީހުންގަޔަށް ވެކްސިން ޖަހަން ޖެހެއެވެ.

މުޖުތަމިއުގެ 18 އަހަރުން ދަށުގެ ކުދިންނަށް މިވެކްސިން ނުޖަހާތީ ހާޑްއިމިއުނީޓިއަކަށް ދާން އެހެން އުމުރުފުރާތަކުން ވެކްސިން ޖަހަންޖެހޭ ޕަސެންޓޭޖް އިތުރުކުރަން ޖެހޭނެއެވެ.

މާލޭ ސަރަހައްދުގައި 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެށިއިރު ފުވައްމުލައް ސިޓީގައި 80 އހަރުން މަތީގެ މީހުންނަށް ވެކްސިން ދޭތީ، ތަފާތުކުރުން ގެންގުޅެނީ ކަމަށް ބުނެ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ފުރަތަމަ ބެޗުގައި ފުވައްމުލައް ސިޓީއަށް ލިބުނު ވެކްސިން ޑޯޒްގެ އަދަދު މަދުވުމުން، މިބުރުގައި ހައިރިސްކް މީހުންނަ އިސްކަން ދިނުމުގެ ގޮތުން ހަމަޖެއްސި ގޮތެއް ކަމަށް ބެލެވިދާނެއެވެ.

މިއަދު ފުވައްމުލައް ސިޓީގައި 80 އަހަރުން މަތީގެ މީހުނަށް ވެކްސިން ޖަހަން ފަށަނީ

މީގެ އިތުރުން މާލެ ސަރަހައްދުގައި ޓީޗަރުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފައެވެ. ނަމަވެސް ފުވައްމުލައް ސިޓީގައި ޓީޗަރުންނަށް ވެކްސިން ދޭން އަދި ނުފަށައެވެ. މާލޭގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން ފުވައްމުލައް ސިޓީގެ ހާލަތާއި ތަފާތުކަން ގަބޫލުކުރަން ޖެހެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments