ކޮވިޑް-19 ވެކްސިން ފުވައްމުލައް ސިޓީއަށް ގެނެސްފި

ރޭގެ ފްލައިޓުން ފުވައްމުލައް ސިޓީއަށް ގެނައި ކޮވިޝިލްޑް ވެކްސްިން ޝިޕްމެންޓް
Share on facebook
Share on twitter
Share on google

ކޮވިޑް-19 ވެކްސިން ފުވައްމުލައް ސިޓީއަށް ގެނެސްފިއެވެ. ރޭ ފުވައްމުލައް ސިޓީއަށް ގެނައި އޮކްސްފޯޑް-އެސްޓްރަޒެންކާގެ ކޯވިޝީލްޑް ބްރޭންޑްގެ ވެކްސިނެވެ.

ރޭ ލިބުނު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ބެހެއްޓިފައި ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމާދު ސައީދު ހާމަކުރައްވައެވެ. ފުވައްމުލައް ސިޓީގައި މާދަމާ، ހުކުރު ދުވަހު މެންދުރުފަހު ނޫނީ ލަސްވެގެން ހޮނިހިރު ދުވަހު ވެކްސިން ޖަހަން ފެށޭނެ ކަމަށް ބެލޭކަމަށް މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ކްލިނިކަލް ޓީމުން މިހާރު ދަނީ ވެކްސިން ޖެހުމަށް ތައްޔާރީތައް ވަމުން ކަމަށާއި ތައްޔާރީތައް ނިމުނުހާ އަވަހަކަށް ވެކްސިން ޖަހަން ފަށާނެކަމަށް މެނޭޖަރު ހާމަކުރައްވައެވެ. ފުވައްމުލައް ސިޓިަގއި ވެސް ވެކްސިން ޖަހާނެ ތަރުތީބު ވަނީ ކަނޑައެޅިފައެވެ. ވެކްސިން ޖަހައިދެނީ އެކަމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި އުމުރުން ދުވަސްވީ މީހުން ރަޖިސްޓްރީ ކޮށް ދިނުމުގައި އާއިލާއިން އެހީތެރިވުމަކީ މިކަން އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމެކެވެ.

ފުވައްމުލައް ސިޓީއަށް ގެނައި ކޯވިޝިލްޑް ވެކްސިން.

އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އެއިގެ ފަހުން 80 އަހަރުން މަތީ ދޮށީ އުމުރުގެ މީހުނަށެވެ. ދެން ވެކްސިން ދޭނީ ބަލީގެ “ހައި ރިސްކް” މީހުންނަށެވެ. ހައިރިސްކް މީހުންނަކީ ކޮވިޑް-19 ރޯގާއިން ދިފާޢުވުމުގައި އެންމެ ނުރައްކާ ބޮޑު މީހުންނެވެ.

ކޮވިޑް-19ގެ ރޯގާއިން ރައްކާތެރިކަން ހޯދުމަށް ފުވައްމުލައް ސިޓީގައި ދިރިއުޅޭ ކޮންމެ ފަރުދަކުވެސް ވެކްސިންޖެހުމަށް އެއްބާރުލުން ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށް އަހުމާދު ސައީދު ވިދާޅުވެއެވެ.
އަދި މިރޯގާއިން ރައްކާތެރިކަން ހޯދަން ބޭނުންވާ ކޮންމެ މީހަކަށް ސަރުކާރުން ވެކްސިން ޖަހައި ދޭނެކަމުގެ ކަށަވަރުކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ ދެއްވާފައެވެ.

ކޮވިޑް-19ގެ ވެކްސިނާއި މެދު ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރާފަރާތްތަކާއި މެދު ފިޔަވަޅުއްވުމަށް ފުވައްމުލަކުގެ މަޝްހޫރު މެޑިކަލް ޑޮކްޓަރ އަދި ޕަބްލިކް ހެތުދާއިރާގެ ތަޖުރިބާކާރު ޑރ.ޖަމްޝީދު މުހައްމަދު ވަނީ ގޮވާލައްވާފައެވެ. ޑރ.ޖަމްޝީދު މިގޮތަށް ގޮވާލެއްވޭ ދިވެހި މެޑިކަލް ޑޮކްޓެއް ކަމަށްވާ އާތިފު ކިޔާ މީހަކު ސޯޝަލް މީޑީއާގައި ކޮވިޝިލްޑް ވެކްސިނާއި ދެކޮޅަށް ވާހަކަ ދައްކާފައިވާތީ އެވެ.

ޑރ. ޖަމްޝީދު. ކުރީގެ ހެލްތު މިނިސްޓަރ، އަދި ޑަބްލިޔުއެޗްއޯގެ ވަޒީފާތަކުގައި އުޅުއްވާ.

ވެކްސިން ޖެހުމަކީ ސިޔާސީކަމެއްގެ ގޮތުގައި ދެކި އިދިކޮޅު ޕީޕީއެމްގެ ބައެއް މެމްބަރުން ދޮގުވާހަކަތައް ދައްކާކަން މިހާރުވަނީ ގިނަބަޔަކަށް އޮޅުންފިލާފައެވެ.

ކޮވިޝިލްޑް ވެކްސިނާއި މެދު ސުވާލު އުފައްދަން ޖާގައެއް ނެތް މިންވަރަށް އެކަން ޚުދު ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތީރިޓީން ބަލައި ދިރާސާކުރުމަށްފަހު ވަނީ ހުއްދަ ދީފައެވެ. އަދި ރާއްޖޭގެ ހުރިހާ ޑޮކްޓަރުން ހެން ވަނީ ވެކްސިން ޖައްސަވައި ނަމޫނާ ދައްކަވާފައެވެ. އަދި މިވެކްސިނަކީ އިތުބާރު ހިފޭ ވެކްސިނެއްކަން އަމަލީގޮތުން ޖައްސަވައި ދެއްކެވުމުން، އެހެން މީހުނަށް އެއާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ދެނެއް ނެތެވެ. މީގެއިތުރުން އެހެން ގައުމުތަކުން ވެސް ދަނީ ކޮވިޝިލްޑް ވެކްސިން ޖަހަމުންނެވެ.

ކޮވިޝިލްޑް ވެކްސިނާއި މެދު އިތުރަށް އުފައްދާ ޝައްކުތަކުގެ ނިޔަތާއި މެދު ވިސްނަންޖެހެއެވެ. ސިއްޙީ މާހިރުން ނޫން މީހުން ވެކްސިނަށް ފާޑުކިޔުމުން އެވަނީ ބޮޑު ޖޯކަަށް ނޫން ކޮން ކަމަކަށް ބާވައެވެ؟

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments