A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީން ފުވައްމުލަކުގައި ކެމްޕެއިން ބައްދަލުވުމެއް މިރޭ، ރައީސް ސޯލިހު އާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ

އެމްޑީޕީ އެލްސީއީ ކެމްޕެއިން ޖަލްސާ، މިރޭ- ޒޫމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލައް ސިޓީ އަށް ހާއްސަކޮށްގެން ކެމްޕެއިން ބައްދަލުވުމެއް މިރޭ ބާއްވަން އެމްޑީޕީން ނިންމައިފި އެވެ.

މިބައްދަލުވުމާއި ގުޅޭ ގޮތުން މިކަލް ނިއުސް އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ އިސްވެރިން ބައިވެރިވެ ވާހަކަ ދައްކަވާނެއެވެ. އަދި މިބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ފަރާތުން ފުވައްމުލައް ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން ބައިވެރިވެ އެކި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާ ގޮތަށް ހަމަޖެހިފައި ވެއެވެ.

އެމްޑީޕީ އެލްސީއީ ކެންޑިޑޭޓުން. މިރޭ- ޒޫމް

އެމްޑީޕީން ބުނި ގޮތުގައި ކޮވިޑާއި ހެދި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނަށް ތަބާވުމުގެ ގޮތުން މިބައްދަލުވުން އޮންނާނީ މިރޭ 21:30 ގައި ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ. ނަމަވެސް އާއްމުންނަށް މިބައްދަލުވުން އެޕާޓީގެ ފޭސްބުކް ޕޭޖުންނާއި ލައިވްކޮށް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އެމްޑީޕީއިން ކެމްޕޭނަށް ތައްޔާރުވެ އެޕާޓީގެ ލީޑަރޝިޕުން ޕާޓީގެ ކެންޑިޑޭޓުންނާއި އަދި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރަން ފަށާފައިވާ އެޕާޓީގެ އަމާޒަކީ އެޕްރީލް 10ގައި ބާއްވަން ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރުމެވެ.

މި އިންތިާޚބުގެ ފުވައްމުލައް ސިޓީގެ ގިނަ ގޮނަޑިތަކެއް އެމްޑިޕީން ކާމިޔާބުކުރާނެ ކަމަށް ބެލެވެވެ. މި އިންތިޚާބުގައި ފުވައްމުލައް ސިޓީގެ 6 ދާއިރާއަށް ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެންނުބންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 6 ދާއިރާގެ ތެރެއިން 5 ދާއިރާއަކަށް ވާދަކުރެއެވެ. ޑަބްލއިޔު ޑީސީގެ އެއް ދާއިރާއަށް ކުރިމަތިލާފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި އެންމެ ކެންޑިޑޭޓެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !