ފުވައްމުލަކުގެ ވިޔަފާރިތަކަށް މިހާތަނަށް 35 މިލިއަން ރުފިޔާގެ ލޯނު

Share on facebook
Share on twitter
Share on google

މި ސަރުކާރުން މިހާތަނަށް ފުވައްމުލަކުގެ ވިޔަފާރިތަކަށް 35 މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ފުވައްމުލައް ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެކު ޒޫމް މެދުވެރިކޮށް ބޭއްވި އޮންލައިން ބައްދަލުވުމެއްގައެވެ.

އޮންލައިންކޮށް އާންމުންނަށް ވެސް ފެންނަ ގޮތަށް ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރަޢިސް މުހައްމަދު ނަޝީދުގެ އިތުރުން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމަށް ޚާއްސަކޮށް އެސްއެމްއީ ބެންކު މެދުވެރިކޮށް 35 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކުގެ ވިޔަފާރި އާއި އިގްތިސާދީ ކަންކަމާއި ގުޅޭ ގޮތުން ދެއްކި ވާހަކަފުޅު ތެރެއިން މި ސަރުކާރުގެ ބާރުގަދަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިއަހަރުވެސް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ލޯނު ދޫކުރާނެ ކަމަށެވެ. އަދި މިއަހަރު ބޮޑަށް އިސްކަން ދޭނީ ދަނޑުވެރިކަމާއި މަސްވެރިން އަދި ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments