މިއަދު ހޯމް އައިސޮލޭޝަނުން 2 މީހުން ޕޮޒިޓިވް ވެ ޖުމްލަ 49 އަށް

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 19 ވަނަ ޕްރެސް
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީ ހޯމް އައިސޮލޭޝަނުން މިއަދު 2 މީހަކު ޕޮޒިޓިވްވެ ރަށުގެ ޖުމްލަ 49 އަށް އަރައިފި ކަމަށް މިރޭގެ ފުވައްމުލައް އިއޯސީއިން ހާމަކުރެއްވިއެވެ. ކޮމިއުނިޓީއިން ޕޮޒިޓިވް ކޭސް އެއް ނުފެންނަތާ މިހާތަނަށް 8 ދުވަސް ވީއެވެ.

މިއަދު ޕޮޒިޓިވްވި ދެ މީހުންނަކީ ފުވައްމުލަކުގެ ކްލަސްޓާރ 2 (ފްލޫކްލިނިކް) އިން ޕޮޒިޓިވްވި ފަރާތަކާއި ޑައިރެކްތް ކޮންޓެކްޓަކަށް ވެސް ހޯމް އައިސޮލޭޝަނުގައި ތިި މީހުން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން މީޑިއާ ބްރީފިންގައި ބައިވެރިވި ސިނިއަރ ޕަކްލިކްހެލްތު އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވިއެވެ.

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 19 ވަނަ ޕްރެސް

މާލޭ އެޗްއީއޯސީއިން ފުވައްމުލަކުން އިއްޔެ އާއި ހަމަޔަށް ޕޮޒިޓިވް ވި ކަމަށް ބުނާ އަދަދަކީ ފުވައްމުލައް ސިޓީގައި ޕޮޒިޓިވް އަދަދެއް ނޫންކަމަށާއ، އެކަން ވެފައިވާގޮތެއް އިތުރަށް ބައްލަވާނެކަމަށް މިރޭގެ މީޑިއާ ބްރީފިންގައި ހާމަކުރެއްވިއެވެ.

އެޗްޕީއޭގެ މޮނިޓަރިން އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް (ކާފިއު) ގެ މުއްދަތު ނިމޭނީ އަންނަ ހުކުރު ދުވަހުއެވެ. އަދި ފުވައްމުލަކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ އެމުއްދަތަށް ހުއްޓާލެވިފައެވެ.

މިރޭ ކުރިއަށްދިޔަ ފުވައްމުލައް ސިޓީ އީއޯސީގެ 19 ވަނަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ސިނިއަރ ޕަކްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު އާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު އަދި ޑެރކްތަރ މަސީހު ބައިވެރިވިއެވެ.

މިއަދު ޕޮޒިޓިވްވެފައިވާ 2 މީހުންނާއިއެކު މިހާރު ފުވައްމުލައް ސިޓީއިން ޕޮޒިޓިވް ވެފައިވާ ޖުމްލަ އަކީ 49 އެވެ. ބަލިން އިތުރު ދެ މީހަކު މިއަދުވެސް ރަނގަޅުވެފައި ވުމުން މިހާރު ބަލިން ރަނަގަލުވި ޖުމްލައަކީ 30 އެވެ. އަދި ބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި ފުވައްމުލައް ސިޓީގައި މިހާރު ތިބީ 19 މީހުންނެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 1 މާރިޗު 2021. ފުވައްމުލައް ސިޓީ އޯއީސީ

މިއަދު ވެސް ފުވައްމުލައް ސިޓީގައި 476 އަށް ސާމްޕަލް ޓެސްޓް ނުކުރެވި ހުރިކަމަށް މިޑީއާ ބްރީފިންގައި ހާމަކުރެއްވިއެވެ. ފުވައްމުލައް ސިޓީގެ 100 ސާމްޕަލް އައްޑޫ ސިޓީން ޓެސްޓްކޮށްދޭ ކަމަށާއި އަދި މާލޭއައިޖީއެމްއެޗަށް ފޮނުވައިގެން ވެސް ޓެސްޓް ކުރަމުން ދާކަމަށް ޑެޕިއުޓީީ މޭޔަރ ފާހަގަ ކުރެއްވިއެވެ. އެވަރުންވެސް ގިނަ އަދދެއްގެ ސާމްޕަލްތައް ޓެސްޓް ނުކުރެވި ބެކްލޮގު އިތުރުވާތީ އެކަންހައްލު ކުރުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުން ޓެސްޓް ހެދުމުގެ މަޝްވަރާތައް ކުރެވެމުން ދާކަމަށް ވިދާޅުވއެވެ. ގިން އަދަދެއްގެ ސާމްޕަލްތައް ޓެސްޓްނުކުރެވި ހުރުމުން ކާފިއުގެ ފިޔަވަޅުތަކާއި މެދު ގޮތެއް ނިންމުން ވެސް ލަސްވެގެން ކަމަށް ގިނަބަޔަކު ބެލެވެއެވެ.

 

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ޖުމްލަ 6243 ސާމްޕަލް ނަގާފައިވާ އިރު، މިއަދު ނެގި ޖުމްލަ ސާމްޕަލްގެ އަދަދަކީ 183 އެވެ. ޓެސްޓް ނުކުރެވޭ 476 ސާމްޕަލް ހުރިއިރު މިއަދު ނަތީޖާ ލިބުނީ 165 ސާމްޕަލެއްގެ އެވެ.

މިއަދު ރޭމްޑަމް ސާމްޕަލްގެ 150 ނަގާފައިވާކަމަށް ހާމަކުރެއްވިއެވެ.

މިއަދުގެ 183 ސާމްޕަލް ތަކުގެ ތަފުސީލް. 

ދަތުރުވެރިންގެ 24

ފްލޫ ކްލިނިކް 9

ކޮންޓެކްޓް ގެ —

ހޯމްކަރަންޓީނުގެ 0 ސާމްޕަލް

ރޭންޑަމް ސާމްޕަލިންގެ 159 އެވެ.

މާމަދަމާ ވެސް މާނޭރެ އަތިރީގައި ވޮލަންޓރީ ސާމްޕަލް ނެގުން ކުރިޔަށްގެންދާނެ.

ވެކްސިން އަޕްޑޭޓްސް

މިއަދު ވެކްސިން ޖެހިފައި ވަނީ 105 މީހުންނަށެވެ. މިހާރު ވެކްސިން ޖަހަނީ 18 އަހަރުން މަތީގެ އެންމެންނަށެވެ.

މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖެހިފައި ވަނީ ޖުމްލަ 3623 މީހަކަށެވެ.

މާދަމާ، ވެސް އެމްޖޭއެސް ހޯލާއި ޏ.އޭއީސީ ހޯލުން ވެކްސިން ޖެހުން ކުރިޔަށް ގެންދާނެއެވެ. މާދަމާއިން ވެކްސިން ޖެހުމަސ ްހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. ވަނީ ހުޅުވާލާފައެވެ. އަދި ނަމްބަރު ދޫކުރާނީ 4:30 އާއި ހަމައަށެވެ.

އަދިވެސް ވެކްސިން ޖެހުމަށް އާއްމުންގެ ތަރުހީބު ލިބޭލެއް ކުޑަކަމަށް ފާހަގަ ކުރެވިގެން ދިޔައެވެ.

ޕޮލިސް މޮނިޓަރިން

އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން 9 މީހަކު ޖޫރިމާނާ ކޮށްފައި ވާކަމަށް މިރޭގެ މީޑިއާ ބްރީފިންގައި މައުލޫމާތު ދެއްވިއެވެ.

މައުލޫމާތު: ފުވައްމުލައް އީއޯސީ 19 ވަނަ ޕްރެސް، 1 މާރިޗް 2021، 21:00.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments