A wide advertisement which will be shown on all devices. (700 x 100)

މަހަލްދީބް މެޑިކަލް ސެންޓަރުން ފޮރޮންޓްލައިން ކަނބަލުންގެ އަގު ވަޒަންކޮށްފި

މަހަލްދީބު މެޑިކަލް ސެންޓަރުން އަންހެނުންގެ ދުވަހާއި ގުޅުވައިގެން ފްރޮންޓްލައިން ކަނބަލުންނަށް ހަދިޔާ ދިނުން މިއަދު.

މަހަލްދީބް މެޑިކަލް ސެންޓަރުން ފުވައްމުލައް ސިޓީގެ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފޮރޮންޓްލައިން ކަނބަލުންގެ އަގު ވަޒަންކުރުން ފާހަގަ ކުރީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވާހައި ވެސް ގުޅުވައިގެންނެވެ. އެގޮތުން ފުވައްމުލަކު ހޮސްޕިޓަލުގެ ކަންބަލުންނަށް މިއަދު ވަނީ ޚާއްސަ ހަދިޔާއެއް ދީފައެވެ.

މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރުގެ ފަރާތުން މި އަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުން ހާއްސަކޮށްފައި ވަނީ ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ސިއްހީ އެހީތެރިންގެ ގޮތުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ކަނބަލުންނަށެވެ. އެގޮތުން މި އަދު ފުވައްމުލަކު ހޮސްޕިޓަލުގައި ވަނީ މިކަމަށް ހާއްސަކޮށްގެން ރަސްމިއްޔާތުގައި ބާއްވައި އެފަރާތްތަކަށް ހަދިޔާ ދީފައެވެ. ހަދިޔާ ހަވާލުކޮށްދެއްވާފައި ވަނީ މަހަލްދީބް ފުވައްމުލަކުގެ މޭނޭޖިން ޑިރެކްޓަރ ނައުހާ އިބްރާހިމްއެވެ. ނައުހާގެ އިތުރުން މި ރަސްމިއްޔާތުގައި ފުވައްމުލަކު ހޮސްޕިޓްލްގެ މެނޭޖަރ އަހްމަދު ސައީދާއި މަހަލްދީބްގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މަހަލްދީބު މެޑިކަލް ސެންޓަރުން އަންހެނުންގެ ދުވަހާއި ގުޅުވައިގެން ފްރޮންޓްލައިން ކަނބަލުންނަށް ހަދަިޔާ ދިނުން މިއަދު.

ފުރޮންޓް ލައިނާސްގެ ގޮތުގައި ހަރަކާތްތެރިވާ 30 ކަނބަލެއްގެ ބުރަ އަދި އަގުހުރި މަސައްކަތް މަހަލްދީބްގެ ފަރާތުން އަގުވަޒަންކޮށްފައިވާ އިރު މި ކަމާ ގުޅިގެން މަހަލްދީބްގެ މެނޭޖިން ޑިރެކްޓަރ ނައުހާ ފާހަަގަ ކުރައްވާފައި ވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި އާއިލާ ރަށްޓެހިން އަދި އަމިއްލަ ރައްކަލަށްވުރެ ބޮޑަށް ރައްޔިތުންނަށް އިސްކަންދެއްވާ ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަކީ ހާއްސަކޮށް އަންހެން ކަނބަލުންނަކީ ޤައުމީ ބަތަލުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ މަސައްކަތް ނުވަތަ ޤުރުބާނީއަކީ ފުރިހަމއަށް އަގުވަޒަން ނުކުރެވޭ ވަރުގެ ހިދުމަތްތަކެއްގެ ގޮތުގައެވެ.

މާ ކަނޑެއްގެ ބިޔަރާޅު ތަކެއްގެ މެދުގައި އެކަނިމާއެކަނި އޮންނަ ފުވައްމުލަކަކީ ދާދި ފަހަކާޖެހެންދެން ރަށުން ލިބެން ނުހުންނަ ސިއްހީ ހިދުމަތްތަށް ހޯދަން ދަތުރު ފަތުރު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ރަށެކެވެ. ރާއްޖޭގެ އެހެން ރަށްރަށާ އަޅާބަލާއިރު ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅޭ ފުވައްމުލަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޏ.ފުވައްމުލަކު ރަންދާން އިބްރާހިމް ފާރޫޤް އަކީ އަކީ ފާހަގަކޮށްލެއްވޭ ހިދުމަތްތެރިއެކެވެ.

ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކުރެއްވުމަށްފަހު އިބްރާހިމް ފާރޫޤް ޤަސްތުކުރެއްވީ އަމިއްލަ ރަށަށް ހިދުމަށް ކުރެއްވުމަށެވެ. 16 އަހަރު ކޮމިއުނިޓީ ހެލްތް ވޯކަރެއްގެ ގޮތުގައި 7 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވުމަށް ފަަހު އަމިއްލަ ރަށުގައި ބޭސްފިހާރައެއް ހުޅުވައިގެން އިބްރާހިމް ފާރޫޤް ދާއިރާއިން ފުވައްމުލަކު ރައްޔިތުންނަށް އިތުރަށް ޚިދުމަތް ދެއްވަން ފެއްޓެވިއެވެ. އަމިއްލަ ރަށުގައި ފުރަތަމަ ހުޅުވިގެން ދިޔަ ބޭސްފިހާރަ އާއިއެކު މެޑިކަލް ޕްރެކްޓިޝަނާއެއްގެ ގޮތުގައި ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދެވިއެވެ.

މަހަލްދީބު މެޑިކަލް ސެންޓަރުން އަންހެނުންގެ ދުވަހާއި ގުޅުވައިގެން ފްރޮންޓްލައިން 30 ކަނބަލުންނަށް މިއަދު ހަދިޔާ ދީފައިވޭ.

‎މަހަލްދީބް މެޑިކަލް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތަކުގެ ތެރޭގައި އާންމުބަލިތަކުގެ ފަރުވާއާއި އަދި އެންމެ ޒަމާނީ ޓެކްނިލޮޖީ އާއިއެކު ދަތުގެ އެކްސްރޭ، ދަތް ސާފްކުރުން، ކޮރޯން ‎ލެއްވުން، ނަރުގަނޑު އެޅުވުމާއި، ދަތްޕިލަ ހަރުކުރުމާއި ދަތުގެ ހުރިހާ ފަރުވާއެއް ފުވައްމުލަކުން ހަމަ ‎އެކަނި ‎ލިބެން ހުންނަ ކުލިނިކަކީ ‎މަހަލްދީބް މެޑިކަލް ސެންޓަރެވެ.

‎ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާއާއި ލެބޯޓްރީ ތަހުލީލްތަކުން ބަލި އެނގި ދައްކަންޖެހޭ ޚާއްސަ ޑޮކްޓަރާއި ފަރުވާ ކުރުމުގައި ކުރިޔަށް ދާންޖެހޭ މަގު ބަލިމީހާއަށް ސާފުކޮށް އެގިގެންދާނެ ގޮތް މަހަލްދީބު މެޑިކަލް ސެންޓަރުގައި ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ޑިޖިޓަލް ލެބޯޓްރީގައި ގިނަ ބަލިތަކުގެ ޓެސްޓްތައް ހެދުމުގެ ހިދުމަތްތަށް ފަދަ ޒަމަނީ ލެބޯޓްރީގެ ޚިދުމަތް ފާހަގަކުރެވެއެވެ.

ފުރަތަމަ ހުޅުވިގެން ދިޔަ ބޭސްފިހާރަ ތަަރައްޤީވެ، ކުލިނިކެއްގެ ގޮތުގައި ތަރައްޤީވެ އަމިއްލަ މަސައްކަތުގެ މި ހިދުމަތް މަހަލްދީބްގެ ނަމަށް ބަދަލުކުރައްވައި ފުވައްމުލަކުގެ ހަމައެކަނި އަމިއްލަ ސިއްހީ އެހީތެރިޔާގެ ގޮތުގައި މަހަލްދީބް އަންނަނީ ރައްޔިތުންގެ ސިއްހީ ހިދުމަތުގައި ކުރި ހޯދަމުންނެވެ.

މަަަަހަލްދީބެ ގެ އަމާޒަކީ ލޯތްބާ ކުލުނުވެރިކަމާއެކު ފުރިހަމަ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމެވެ. އަދި ދުޅަހެޔޮ ވެއްޓެއް ބިނާކުރުުމުގައި ފަރުދީ ޒިންމާ އަދާކުރުން ކަމަށް މަހަލްދީބުން ހާމަކުރައްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !