މިއަދު ފުވައްމުލައް ސިޓީއިން އައިސޮލޭޝަންގެ މުއްދަތު ހަމަކޮށް ރިލީޒް ކުރުމަށް ނެގި ސާމަޕަލްއިން 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު ބައްޔަށް ޕޮޒިޓިވް ވީ ކުރީގެ ޕޮޒިޓިވް ކޭސް އަކާއި ގުޅިގެން ހަވާސްބޯޓުގައި އައިސޮލޭޓް ކުރެވިފައިވާ މީހުންގެ ތެރެއިން 3 މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ބިދޭސީ 3 މީހުން ކަމަށާއި އެމީހުންގެ އިތުރު ކޮންޓެކްޓެއް ބޯޓުގައި އަދި އެހެން ތަނެއްގައި ވެސް ނުހުންނާނެ ކަމަށް ބޯޓުން މައުލޫމާތު ދެއެވެ. އެއީ އިއްޔެ ސާމްޕަލް ނެގި 7 މީހުންގެ ތެރެއިން އަނެއް 4 މީހުން ވަނީ ނެގަޓިވް ވެފައި ކަމަށްވުމުންނެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް 3 ކޭސް އާއިއެކު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބޭނީ 10 މީހުންނެވެ. އިއްޔެ ބަލިން ފަސޭހަވި 7 މީހުނާއި އެކު ބަލިން ފަސޭހަވި ޖުމްލަ އަދަދު 44 ގައި ހުރިއިރު މިހާތަނަށް ރަށުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ 54 އަށް އެރީއެވެ.
މީގެ ތެރޭގައި ހިމެނެނީ 3 ކްލަސްޓަރ އަކުން ޕޮޒިޓިވް ވި މީހުންނެވެ. އެއީ ކްލަސްޓާ 1 (ދުބާއީން އައި މީހަކާއި ގުޅުންހުރި) އައި ކްލަސްޓަރ 2 (އައްޑޫއިން އައި މީހަކާއި ގުޅުން ހުރި) އަދި ކްލަސްޓަރ 3 (ނާލު ބޯޓާއި ގުޅުން ހުރި) ކްލަސްޓަރ އެވެ.
އޭގެތެރެއިން މިއަދު ޕޮޒިޓިވް ވި 3 މީހުނަކީވެސް ނާލު ބޯޓައި ގުޅުން ހުރި 3 ކޭސް އެވެ.
ފުވައްމުލަކުގައި އޮތް 3 ކްލަސްޓާރ އާއި ގުޅިގެން ޕޮޒިޓިވްވި މީހުންގެ ތެރެއިން އަދު ގިނަބައެއް ކަރަންޓީނުން ދޫކޮށްލުމަށް އެސެސްމެންޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ މީޑިއާ ބްރީފިންގައި ހާމަކުރައްވާފައި ވެއެވެ. ނަމަވެސް މިއީ އެއިގެ ތެރޭގައި ހިމެނޭ މީހުނެއް ނޫނެވެ. މިއީ ޕޮޒިޓިވް ކޭސް އާއި ގުޅިގެން ކޮންޓްކްޓުންގެ ގޮތުގައި ކަރަންޓީނު ވެފައިވާ ފަރާތްތަކެކެވެ.
ފުވައްމުލަކުގެ މުދާއުފުލާ 2 ބޯޓެއް އޮތި ކަރަންޓީނުގައެވެ. އެގެރެއިން އުޖާލާބޯޓު މިއަދު ވަނީ ކަރަންޓީނު ނިންމައި ދޫކޮށްލާފައެވެ.
މިއަދު 94 ސާމަޕްލަ ނެގި އިރު މިހާތަނަށް ނެގި ޖުމްލަ ސާމަޕަލްގެ އަދަދަކި 7013 އެވެ. އަދި ނަތީޖާ ނުލިބި 159 ސާމްޕަލް އެބަހުއްޓެވެ.
މިރޭ ފުވައްމުލައް ސިޓީ އީއޯސީގެ މީޑިއާ ބްރީފިން އެއް ނޯންނާނެއެވެ. މިހާރު މީޑިއާ ބްރީފިން ބާއްވާނީ ހަފުތާއަކު 2 ނޫނީ 3 ދުވަހު ކަމަށް ރޭ ގައި ހާމަކޮށްފައި ވެއެވެ.
ޚިޔާލުތައް