A wide advertisement which will be shown on all devices. (700 x 100)

ވެކްސިްނ ޖެހުން އަލުން ފެށޭވަރުވާނީ ބޭރުން އަލުން ވެކްސިން ލިބުމުން

ވެކްސިން ޖެހުން މެދުކަނޑާލެވުނީ ރަށުން ވެކްސިން ހުސްވުމުން

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހުން މެދުކަނޑާލެވިފައި ވަނީ ލިބިފަިއވާ ވެކްސިން ހުސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

އަލުން  ފުވައްމުލައް ސިޓިއަށް ވެކްސިން ލިބޭނެ ކަމަށް ބެލެވެނީ ބޭރުން އަލުން ރާއްޖެއަށް ވެކްސިން ލިބިގެންކަމަށް ލަފާކުރެވެ ކަމަށް އިތުބާރުހުރި ފަރާތަކުން މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ.

ވެކްސިން ޖެހުން ހުއްޓާލި އިރު ފުވައްމުލައް ސިޓިއިން ވެކްސިން ޖަަހާފައި ވަނީ 5176 މީހުން ކަމަށް ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މައުލޫމާތު ދެއްވިއެވެ. މިއީ ފުވައްމުލައް ސިޓީގައި އުޅޭނެ ކަމަށް ބެލެވޭ (ބިދޭސީން ހިމަނައިގެން،) 7064 މީހުންގެ %73.3 މީހުންނެވެ.

ފުވައްމުލައް ސިޓީ މޭޔަރ ފަލާޙު ޝަރީފު ވެކްސިން ޖައްސަވަނީ

ނަމަވެސް ފުވައްމުލައް ސިޓި އިއޯސީން ބޭއްވި ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ވިދާޅުވެފައިވަނީ ރަށުން ވެކްސިން ހުސްނުވެ ދަތިނުވެ އެންމެންނަށް ވެސް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ހެލްތު މިނިސްޓރީން އިން ދީފައިވާ ކަމަށެވެ.

އިއްޔެ (14 މާރިޗު 2021ގައި) ވަނީ ރާއްޖެގައި އެމެރިކާ އަދި ޖަރުމަނުގެ ވެކްސިން ފައިޒާ އާއި ޗައިނާގެ ސިނޮފާމް ވެކްސިން ޖެހުމުގެ ވަގުތީ ހުއްދަ ދީފައެވެ.

ސިނޯފާމް ވެކްސިން ޖަހާނީ އުމުރުން 18-60 އަހަރާ ދެމެދުގެ މީހުންނަށެވެ. ސިނޯފާމްގެ ވެކްސިންގެ 18،000 ޑޯޒްގެ ރާއްޖެއަށް ވަނީ ލިބިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 200،000 ޑޯޒް ވެކްސިން ލިބޭނެކަން ނެޗަނަލް އެޗްއީއޯސީން ހާމަކޮށްފައިވެއެވެ.

ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 108،000 ޑޯޒްގެ ވެކްސިންގެ ތެރެިްނ މިހާތަނަށް ލިބިފައި ވަނީ 12،000 ޑޯޒެވެ.

ފައިޒާ ވެކްސިންގެ 58،050 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރުވެސް ރާއްޖެގައި ބޭނުންކުރަމުން އަންނަ އިންޑިއާގެ ކޮވިޝީލްޑްގެ އިތުރު 300،000 ޑޯޒު ގަތުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.  މީގެ އިތުރުން އެސްޓްރާޒެނެކާގެ 700،000 ޑޯޒް ހޯދުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައި ވެއެވެ. މި ވެކްސިން ލިބޭނެކަމަށް ބެލެވެނީ މިމަހު ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅުގައެވެ.

މުޅިރާއްޖެއިން މިހާތަނަށް 206,114 މީހަކަށް ވެކްސިންޖަފާއިވާ ކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !