A wide advertisement which will be shown on all devices. (700 x 100)

ހުވަންޏަށް ބޭސްޖެހުމުގެ މަސައްކަތް ފަށައިފި

ހުވަނީ - ހޫފާނި. ފޮޓޯ؛ ޔާޕެ

ހުވަނީގެ ސަބަބުން މިދުވަސްވަރު ފުވައްމުލައް ސިޓީގެ އާއްމުންނަށް ދިމާވެފައިވާ އުނދަގުލަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ހުވަންޏަށް ބޭސް ޖެހުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން ފަށައިފިއެވެ. އިއްޔެ ސިޓީ ކައުންސިލުން ވަނީ މިކަން ހާމަކޮށްފައެވެ.

ހުވަނި ނުވަތަ ހޫފާނިގެ އުނދަގޫ ދިމާވާ ފަރާތްތަކުން އެކަން ސިޓީ ކައުންސިިލްގެ ނަމްބަރު 7315001 އަށް ރިޕޯޓްކުރުމަށް އެދިފައިވެއެވެ. އެގޮތުން ރިޕޯރޓް ކުރެވޭ ތަންތަނަށް ސިޓީ ކައުންސިލުގެ މުވައްޒަފުން ގޮސް ބޭސް ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދެވައްތަރުގެ ހުވަނި

މިދުވަސްވަރު ފުވައްމުލަކުގައި ހުވަނީގެ އުނދަގޫ ބޮޑުކަމުގެ ޝަކުވާ ބޮޑެވެ. ބޮޑެތި މަގުތަކުން ސައިކަލުގައި ދާއިރު އިރު ނަރުތަކުގައި އެލިފައިވާ ހުވަނީން ސަލާތްވެގެން ދަތުރުކުރުމަކީ ދަތިކަމެއް ކަމަށްބުނެ އާއްމުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ހުވަންޏަށް ބޭސްޖެހުން މަޑުކުރެވުނީ މޫސުމުގެ ގޮތުން ވިއްސާރަވެ ވާރޭހެެތީ ކަމަށް ވެއެވެ. އެއީ ވާރޭވެހޭ ދުވަސްތަކުގައި ބޭސް ސްޕްރޭ ކުރުމުން އެއިގެ މާބޮޑު ފައިދާއެއް ނުކޮށް ބޭސް ދޮވެވިގެންދާތީ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ.

ހުވަނި ގިނަވެ އާންމުންނަށް ދަތިވާތީވެ ސިޓީ ކައުންސިލް ގެ ފަރާތުން ހުވަންޔަށް ބޭސްޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދާ ވާހަކަ ދަންނަވަމެވެ. އަދި ހުވަނީގެ އުނދަގޫ ދިމާވާނަމަ އެކަން ސިޓީ ކައުންސިިލްގެ ނަމްބަރު 7315001 އަށް ރިޕޯޓްކޮށް ދެއްވުނެ އެދެމެވެ. ބޭސް ޖެހުމުގެ މަސައްކަތް ކުރަނީ އެއްޓީމުން ކަމަސްވާތީ ގުޅާތަނުން ވަގުތުނ އެތަނަކަސ ްނުދެވިދާނެކަމަށެވެ. ނަމަވެސް ނަން ނޯޓުކުރެވޭ ގޭތަކަށް ސިޓީ ކައުންސިލްގެ ޓީމުން ދާނަކަމުގެ ޔަގީންކަން ޑިރެކްޓާ އަހުމަދު މުހައްމަދު (މީނާޒް) ދެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !