ހުވަނި ނުވަތަ ހޫފާނިން ސަލާމަތްކަން ހޯދުން

ހުވަނީގެ އެކި މަރުހަލާތައް
Share on facebook
Share on twitter
Share on google

ހުވަންޏަށް ފުވައްމުލަކު މީހުން ކިޔަނީ “ހޫފާނި” އެވެ. އިނިގެރޭސި ނަމަކީ ޖިޕްސީ މޮތު (Gypsy moth) އެވެ. ސައިންސްގެ ގޮތުން ނަމަ ލިމެންޓްރީއާ ޑިސްޕާ ޑިސްޕާ (Lymantria dispar dispar) އަކީ ގަހުގައި އަޅާ ކޮކާ ފަންޏެކެވެ.

ގަހުގައި އަޅާ ހުވަނީގެ ސަބަބުން މީހުންނަށް އުނދަގޫ ބޮދުވެގެން އުޅެއެވެ. ފުވައްމުލަކުގެ އިތުރަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި، ޚާއްސަކޮށް ގަސްތައް ގިނަ ރަށްރަށުގައި ހުވަނީގެ އުނދަގުލާއި ކުރިމަތިވެއެވެ.

ހުވަނީ – ހޫފާނި. ފޮޓޯ؛ ޔާޕެ

ހުވަނި އަޅާނީ އާއްމުގޮތެއްގައި ހޫނު މޫސުމުގައި ކޮކާ ބިސްތައް ފަންޏަށް ބަދަލުވުމުންނެވެ. ކޮކާ ބިސް އަޅާނީ ބޮޑެތި ގަހުގެ ފަތްތަކަށާއި ބައެއްފަހަރު ފާރުތަކުގައި ހުންނަ ލޯވަޅުތަކަށެވެ. ކޮކާ ބިސްތައް ކުދަވެ ފަސޭހައިން ނުފެނުނަސް އެބިސްތައް ފަންޏަށް ބަދަލުވެ މީހުންގެ ސަމާލުކަމަށް އާދެއެވެ. އާއްމުކޮށް ބޮޑުވެފައިވާ ކޮކާ ފަންޏެއްގެ ބޮޑުމިނުގައި ގާތްގަޑަކަށް ދޮޅު އިންޗި ނުވަތަ 2 އިންޗި ވަރު ހުރެއެވެ.

ފުވައްމުލަކުގައި ހޫފާނި އަޅާކަމަށް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ގަސްތަކުގެ ތެރޭގައި އަނބުގަހާއި، ފުނަގަހާއި، ޖަނބުރޯލު ގަސް، ފޭރު ގަސް، ބަނބުކެޔޮ ގަސް ކުންނާރު ގަސް އަދި މިދިލި ގަސް ހިމެނެއެވެ. ދުނިޔޭގައިވާ ގަސްތަކުގެ ތެރެއިން 500 އެއްހާ ބާވަތުގެ ގަސްގަހުގައި ހުވަނި އަޅާކަމަށް ވެއެވެ.

ހުވަނީގެ ސަބަބުން މީހުންނަށް އުނދަގޫވަނީ އެއީ ފައިދިގު މަކުނުގެ ވާގޮތަށް ނަރުވާލާފައި ހުންނަ އެއްޗަކަށްވެ، އެ ނަރުވާގައި ހުވަނި އެލލިގެން ގަހުން ތިރިއަށް އޮންނަ އިރު މީހުންގެ ގައިގައި ހުވަނި އަދި އޭގެ ނަރުވާ ޖެހުމުން ހިރުވާ (ކެހުން)، ފިތްގަނޑު ނަގައި ތަފާތު އުނދަގޫވެއެވެ. ރާއްޖޭގެ ގިނަ މީހުންނަށް ހުވަނި ފާހަގަ ކުރެވިފައި ވަނީ ގަހަށް ގެއްލުންދޭ އެއްޗަކަށް ވުރެ ބޮޑަށް މީހުންނަށް އުނގަދޫތަކާއި ކުރިމަތިކުރުވާ އެއްޗެއްގެ ގޮތުގައެވެ.

ހުވަންޏާއި މަދިރި ކޮންޓްރޯލް ކުރުމަށް ސްޕޭކުރުން. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ނަމަވެސް ހުވަނިން ގަހަށް ްދެގެއްލުން މާބޮޑެވެ. ބައެއްފަހު ގަހުގެ ފަތްތައް ކައިހުސްކޮށް ތޮށިގަނޑު ވެސް ކައިހަދައެވެ. އަދި ބައެއް ފަހަރު ހޫފާނީގެ ސަބަބުން ބޮޑެތި ގަސްތައް އެއްކޮށް މަރުވެސް ވެއެވެ. ހުވަނީ ބިހުން ނިކުންނަނީ އެއްދުވަސްވަރެއްގައި އެވެ. އަދި އެދުވަސްވަރު ހާހުން ދޮޅުހާހުން ނުކުމެ، ގަހުގެ ފަތްތައް އެއްކޮށް ކައި ހުސްކޮށްލާކަށް މާގިނަ ދުވަހެއް ނުނަގައެވެ. އަދި އެއާއެކު ބައެއް ގަހުގެ ހެދުމަށް ބުރޫ އަރައި ބައެއް ގަސްތައް އެއްކޮށް މަރުވެސް ވެއެވެ.

ގޭދޮށުގައި ހައްދާ ގަހުގައި ހުވަނި އެޅުމުން ގިނަ މީހުން ހުވަނީން ސަލާމަތްވުމަށް ގަސް ކޮށާލަނީއެވެ. ނުވަތަ ގަސް އެއްކޮށް ކަނޑާލަނީއެވެ. ގަސް ކަނޑާ ނުލައިވެސް ހުވަނި ކޮންޓްރޯލް ކުރެވިދާނެ ކަމަށް މާހިރުން ބުނެއެވެ.

ހުވަނި އަޅާފައިވާ ގަހުގައި އަލިގަދަ ބޮއްކެއް ދިއްލައި އެގަސް ދޮށުގައި ސައިބޯނި ފެންއެއްޗެއް ބެހެއްޓުމުން އެގަހަށް އަންނަ ހުވަނީގެ ފިރިހެން ކޮކާތައް ފެން އެއްޗަށް ވެއްޓި މަރުވެއެވެ. މިގޮތުން އަންހެން ކޮކާލަށް އިތުރަށް ބިސް އެޅުން މަދުކުރެވެއެވެ. އަދި އަންހެން ކޮކާލާއި ފިރިހެން ކޮކާ ދުރުކުރުމަށް ،ފެރެނޯންސް، ބޭނުންކުރުމުން އިތުރަށް ބިސްއެޅުން މަދުވެއެވެ. ހުވަނީގެ އަންހެން ކޮކާލަކީ އުދުހޭ އެއްޗެއް ކަމަށް ނުވެއެވެ.

ހުވަނީގެ ލައިފް ސައިކަލް

އާއްމުކޮށް ސޫފާ ސޫއްޕި މަދުކުރުމަށް ބޭނުންކުރާ ‘އިންސެކްޓިސައިޑް’ ގަހަށް ސްޕްރޭކޮށްގެން ހުވަނި ކޮންޓްރޯލް ކުރެވިދާނެއެވެ. މިގޮތުން ސްޕްރޭ ކުރާއިރު ކެޓަޕިލާގެ ސައިޒުން އިންޗިއަކަށް ބޮޑު ނުވަނީސް ސްޕްރޭ ކުރުމުން އެއިގެ ނަތީޖާ މާބޮޑަށް ވެސް ރަނގަޅު ކަމަށް ވެއެވެ.

ހުވަނި ގިނައިން އަޅާފައިވާ ގަހަކުން ހުވަނި މަދުކުރުމަށް އެގަހުގެ ގަސްގަނޑުގައި ގޯނނިގަނޑެއް ނުވަތަ ގޮފިގަނޑުގައި ފޮތިގަނޑެއް ކަހަލަ އެއްޗެއް އައްސާފައި ބެހެއްޓުމުން އެއިގެ ތެރެއަށް ހުވަނިތައް ޖަމާވެއެވެ. އަދި އެގޮތަށް ޖަމާވުމުން ނަގައި އެއެއްޗެހިތައް މަދު ކުރެވިދާނެއެވެ.

ހުވަނީގެ ބައިލޮޖިކަލް ކޮންޓްރޯލެއްގެ ގޮތުގައި ބައިލަސް ތުރިންޖިއަންސީސް (ބީޓީ) ކިޔާ ބެކްޓީރިއާ އެއް ބޭނުންކުރެއެވެ. އަދި މީގެ އިތުރުން ބައެއްކަހަލަ ވައިރަސް އާއި ފަންގަސް ފަދަ ޖަރާސީމުތައް ވެސް ބޭނުންކުރެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments