A wide advertisement which will be shown on all devices. (700 x 100)

ހުވަންޏަކީ ކޮބާ؟

ދެވައްތަރުގެ ހުވަނި

ފުވައްމުލަކު މީހުން ދަންނަ ދެވައްތަރެއްގެ ހުވަންޏެއް ހުރެއެވެ. އެކައްޗަކީ ޖިޕްސީ މޮތު (Gypsy moth) ނުވަތަ ގަހުގައި އަޅާ ކޮކާ ފަންޏެކެވެ. އަނެއް ވައްތަރު ހުވަންޏަކީ ތަންކޮޅެއް ކުރީގައި ފުވައްމުލަކު މީހުން ދޮށީގައި މަސް ބޭނުންމަށް ތައްޔާރުކުރި ބުޅިއެކެވެ. އެހެން ބުޅިތަކާއި އެބުޅީގެ ތަފާތަކީ ކަނިކަނޑާފައި ނެތުމާއި، ދޮށިން ކަޅުބިލަ މަސް ބާނާއިރު ފަސޭހަކަމާއެކު ވައިގެ ތެރެގައި މަސް ބުޅިން ނާއްޓާލެވޭތީއެވެ. މިހާރު މިވައްތަރު ހުވަނި ފެނުމަކީ ދަތިކަމެކެވެ. އެއީ އެވައްތަރު ބުޅި މިހާރު މީހުން އާއްމުކޮށް ނުގެންގުޅޭތީ އެވެ.

މިހާރު މީހުންނަށް އުނދަގޫވެގެން މިއުޅެނީ ގަހުގައި އަޅާ ހުވަނީގެ ސަބަބުންނެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހުވަނީގެ އުނދަގުލާއި ކުރިމަތިވެއެވެ.

ހުވަނީގެ އެކި މަރުހަލާތައް

ހުވަނި އަޅާނީ އާއްމުގޮތެއްގައި ހޫނު މޫސުމުގައި ކޮކާ ބިސްތައް ފަންޏަށް ބަދަލުވުމުންނެވެ. ކޮކާ ބިސް އަޅާނީ ބޮޑެތި ގަހުގެ ފަތްތަކަށާއި ބައެއްފަހަރު ފާރުތަކުގައި ހުންނަ ލޯވަޅުތަކަށެވެ. ކޮކާ ފަންޏެއްގެ ބޮޑުމިނުގައި ގާތްގަޑަކަށް ދޮޅު އިންޗި ނުވަތަ 2 އިންޗި ވަރު ހުރެއެވެ.

ފުވައްމުލަކުގައި ހުވަނީ އަޅާކަމަށް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ގަސްތަކުގެ ތެރޭގައި އަނބުގަހާއި، ފުނަގަހާއި، ޖަނބުރޯލު ގަސް، ފޭރު ގަސް، ބަނބުކެޔޮ ގަސް ކުންނާރު ގަސް އަދި މިދިލި ގަސް ހިމެނެއެވެ. ދުިޔޭގެއި 500 އެއްހާ ބާވަތުގެ ގަސްގަހުގައި ހުވަނި އަޅާކަމަށް ވެއެވެ.

ހުވަނީގެ ސަބަބުން މީހުންނަށް އުނދަގޫވަނީ އެއީ ފައިދިގު މަކުނުގެ ވާގޮތަށް ނަރުވާލާފައި ހުންނަ އެއޗަކަށް ވެ އެނަރުވާ ގައި ހުވަނި ގަހުން ތިރިއަށް އެލލިގެން އޮންނަ އިރު މީހުންގެ ގައިގައި ހުވަނި އަދި އޭގެ ނަރުވާ ޖެހުމުން ހިރުވާ (ކެހުން)، ފިތްގަނޑު ނަގައި ތަފާތު އުނދަގޫވެއެވެ. ރާއްޖޭގެ ގިނަމީހުންނަށް ހުވަނި ފާހަގަ ކުރެވިފައިވަނީ ގަހަށް ގެއްލުންދޭއެއަޗަކަސް ވުރެ ބޮޑަށް މީހުންނަށް އުނގަދޫތަޚާއި ދިމާވާ އެއްޗެއްގެ ގޮތުގައެވެ.

ހުވަންޏާއި މަދިރި ކޮންޓްރޯލް ކުރުމަށް ސްޕޭކުރުން. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ނަމަވެސް ހުވަނީ ވިހަނީ އެއްދުވަސްވަރެއްގައި ހާހުން ދޮޅުހާހުން ކަމަށް ވުމުން ހުވަނި އަޅާ ގަހުގެ ފަތްތައް އެއްކޮށް ކައި ހުސްކޮށްލާކަށް މާގިނަ ދުވަހެއް ނުނަގައެވެ. އަދި އެއާއެކު ބައެއް ގަހުގެ ހެދުމަށް ބުރޫ އަރައި ބައެއް ގަސްތައް އެއްކޮށް މަރުވެސް ވެއެވެ.

ގޭދޮށުގައި ހައްދާ ގަހުގައި ހުވަނި އެޅުމުން ގިނަ މީހުން ހުވަނީން ސަލާމަތްވުމަށް ގަސް ކޮށާލައެވެ. ނުވަތަ ގަސް އެއްކޮށް ކަނޑާވެސް ލައެވެ. ގަސް ކަނޑާ ނުލައިވެސް ހުވަނި ކޮންޓްރޯލް ކުރެވިދާނެއެވެ.

ހުވަނި އަޅާފައިވާ ގަހުގައި އަލިގަދަ ބޮއްކެއް ދިއްލައި އެގަސް ދޮށުގައި ސައިބޯނި ފެންއެއްޗެއް ބެހެއްޓުމުން އެގަހަށް އަންނަ ހުވަނީގެ ފިރިހެން ކޮކާތައް ފެން އެއްޗަށް ވެއްޓި މަރުވެއެވެ. މިގޮތުން އަންހެން ކޮކާލަށް އިތުރަށް ބިސް އެޅުން މަދުކުރެވެއެވެ. އަދި އަންހެން ކޮކާލާއި ފިރިހެން ކޮކާ ދުރުކުރުމަށް ،ފެރެނޯންސް، ބޭނުންކުރުމުން އިތުރަށް ބިސްއެޅުން މަދުވެއެވެ. ހުވަނީގެ އަންހެން ކޮކާލަކީ އުދުހޭ އެއްޗެއް ކަމަށް ނުވެއެވެ.

ހުވަނީގެ ލައިފް ސައިކަލް

އާއްމުކޮށް ސޫފާ ސޫއްޕި މަދުކުރުމަށް ބޭނުންކުރާ ‘އިންސެކްޓިސައިޑް’ ގަހަށް ސްޕްރޭކޮށްގެން ހުވަނި ކޮންޓްރޯލް ކުރެވިދާނެއެވެ. މިގޮތުން ސްޕްރެ ކުރާއިރު ކެޓަޕިލާގެ ސައިޒުން އިންޗިއަކަށް ބޮޑު ނުވަނީސް ސްޕްރޭކުރުމުން އެއިގެ ނަތީޖާ މާބޮޑަށް ވެސް ރަނގަޅުކަމަށް ވެއެވެ.

ހުވަނި ގިނައިން އަޅާފައިވާ ގަހަކުން ހުވަނި މަދުކުރުމަށް އެގަހުގެ ގަސްގަނޑުގައި ގޮންނިގަނޑެއް ނުވަތަ ގޮފިގަނޑުގައި ފޮތިގަނޑެއް ކަހަލަ އެއ ްޗެއ ްއައްސާފައި ބެހެއްޓުމުން އެއިގެ ތެރެއަށް ހުވަނިތައް ޖަމާވެއެވެ. އަދި އެގޮތަށް ޖަމާވުމުން ނަގައި އެއެއްޗެހިތައް މަދު ކުރެވިދާނެއެވެ.

ހުވަނި ކޮންޓްރޯލް ކުރުމަށް ބައިލަސް ތުރިންޖިއަންސީސް (ބީޓީ) ކިޔާ ބެކްޓީރިއާ އެއް ބެނުންކުރެއެވެ. އަދި މީގެ އިތުރުން ބައެއްކަހަލަ ވައިރަސް އާއި ފަންގަސް ފަދަ ޖަރާސީމުތައ ްވެސް ބޭނުންކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !