ސުއޭޒް ކެނެލްގައި ބޮޑު އާގުބޯޓެއް ހުރަސްވެއްޖެ!

ސުއޭޒް ކެނެލަށް ހުރަސްވި ކޮންޓެއިނާ ބޯޓް. ފޮޓޯ؛އީޕީއޭ
Share on facebook
Share on twitter
Share on google

ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުތަކުގައި މުހިންމު ދައުރެއް އަދާކުރާ ސުއޭޒް ކެނެލްގައި ކޮންޓެއިނާ އުފުލާ ބޮޑު އަގުބޯތެއް ހުރަސްވެ ތާށިވެއްޖެއެވެ. ރަތްކަނޑުން މިސުރުގެ ސަރަހައްދުގައިވާ ސުއޭޒް ކެނެލްގައި އެވާގްރީން ކުންފުނީގެ “އެވަރ ގިވަން” ކިޔާ ބޯޓު ހުރަސްވެ ތާށިވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށް މިސްރުގެ އޮފިޝަލުން ހާމަކުރެއެވެ.

މިބޯޓު ސުއޭޒް ކެނެލްގެ މެދު ހިސާބެއްގައި ހުރަސްވެ ތާށިވެފައި ވަނީ ކެނެލް ހުރަސްކުރަމުން ދިޔަ ވަގުތުގައި އައި ވަރުގަދަ ވެލީގެ ތޫފާނެއްގެ ސަބަބުން ކަމަށް ވެއެވެ. ބޯޓުގެ ކުރީކޮޅު ވަނީ އެއްފަރާތުގެ ތޮށިގަނޑު ފަޅާލައި އެއްގަމަށް އަރާފައެވެ. އެއާއެކު ޓަގްބޯޓުތަކާއި ކޮންނަބޯޓުން ވަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާފައެވެ. ބޯޓު ތާށިވެފައި ވަނީ ކަނޑުއޮޅީގައި ދެކޮޅަށްދުއްވަން ވެސް އެއްކޮށް އޮންނަ ބައިގެތެރޭގައި ކަމަށްވުމުން ކަނޑުއޮޅި އެއްކޮށް ބެދެއެވެ.

ސުއޭޒް ކެނެލަށް ހުރަސްވި ކޮންޓެއިނާ ބޯޓް. ފޮޓޯ؛ ރޮއިޓަސް

އެވާ ގިވަން ބޯޓަކީ 400 މީޓަރު (1،312 ފޫޓް) ދިގު އަދި 59 މީޓަރު ފުޅާ ބޮޑު ބޯޓެކެވެ.

ވިޔާފާރި މުދާ އުފުލުމުގެ އެންމެ މުހިންމު ކަނޑުއޮޅި ބަންދުވުމުން ކަނޑުއޮޅީގެ އުތުރުކޮޅާއި ދެކުނު ކޮޅުން 12 ވަރަކަށް ބޯޓަށް ކަނޑުއޮޅި ހުރަސްކުރުން ކުރި ދަތުރު ހުއްޓުނެވެ. ސުއޭޒް ކެނެލްއަކީ އޭޝިއާއާއި ޔޫރަޕާއި ދޭތެރޭ ކަނޑުމަގުން މުދާއުފުލާ މައިމަގެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 50 އަށްވުރެ ގިނަ ބޯޓު މިކަނޑުއޮޅި ހުރަސްކުރާކަމަށް ވެއެވެ.

މިސްރުގެ ސުއޭޒް ކެނެލް

ސުއޭޒް ކެނެލްއަކީ މިސްރުގެ ސަރަހައްދުން ބިން ކޮނެގެން ރަތްކަނޑާއި މެޑްޓެރޭނިއަން ކަނޑު ގުޅުވައިދޭން ހަދާފައިވާ މުދާ އުފުޅާ ކަނޑުއޮޅިއެކެވެ. މިކަނޑުއޮޅި ހަދާފައިވަނީ 1859-18-69 އަށް ފްރާންސް އާއި މިސްރީ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ސުއޭޒް ކެނެލް ކޮމްޕެނީއިންނެވެ. ސުއޭޒް ކިޔަނީ މި ކަނޑުއޮޅީގެ ރަތްކަނޑާއިވީ ކޮޅުގައި އޮންނަ ރަށަކަށެވެ.

ސުއޭޒް ކެނެލްގައި ބޯޓު ތާށިފވެފައިވާ ތަން. ފޮޓޯ: ރޮއިޓާސް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments