ދުނިޔޭގެ އެންމެ ދިގު ފައިމަގު

ދުނިޔޭގެ އެންމެ ދުރަށް ފައިމަގުގައި ދަތުރުކުރެވޭ މަގު.
Share on facebook
Share on twitter
Share on google

ދުނިޔޭގެ އެންމެ ދިގު ހިނގާމަގަކީ ކޮބާ ބާވައެވެ؟ އެގޮތުން “ދަވޮންޑާފުލް ވޯލްޑް” ގައި ބުނެފައިވާ ގޮތުގައި ދުނިޔޭގައި އޮތް ފައިމަގުގައި ހިނގާލެވޭނެ އެންމެ ދިގު މަގަކީ އެފްރިކާ ބައްރުގެ އެންމެ ތިރިން ފެށިގެން އޭޝިއާ ބައްރުގެ އެންމެ މަތިން ރަޝިއާގެ އިރުއުތުރު ކަނަށެވެ.

އެއީ ދެކުނު އެފްރިކާގެ ކޭޕްޓައުން އިން ރަޝިއާގެ ‘މަޑަގަން’ ކިޔާ ސަރަހައްދަށެވެ. މިމަގުން ފައިވަމަގުގައި ހިނގާފައި ދިއުމަށް ބްރިޖްތަކާއި މަގުތައް ވެއެވެ. މަތިންދާބޯޓާއި ކަނޑު ބޯޓް ދުއްވާކަަށް ނުޖެހި އެހާ ދުރަށް ހިގާލެވިދާނެ ކަމަށެވެ.

އެއީ ދިގުމިނުން 22،387 ކިލޯމީޓަރުގެ ރާސްތާއެކެވެ. އެމަގުގައި އެއްކޮށް ނުހުއްޓި ހިނގުމަށް 4،492 ގަޑިއިރު ހޭދަވާނަ ކަމަށް ބެލެވެއެވެ. ދުވަހުން ބަލާނަމަ އެއީ 187 ދުވަހު ނުހުއްޓި ހިނގާހާ ވަގުތެވެ. އެހެން ނޫނީ ދުވާލަކު 8 ގަޑިއިރު ހިނގާ ކަމަށް ބަލާނަމަ 561 ދުވަސް ހޭދަވާނެއެވެ.

މިމަގުން ދަތުރުކުރާއިރު 17 ގައުމެއް ހުރަސްކުރަން ޖެހެއެވެ. އަދި ދުނިޔޭގެ 6 ޓައިމް ޒޯން ހުރަސްކުރަން ޖެހެއެވެ. މިއާއެކު ދުނިޔެ ތަޖުރިބާ ކުރާ 4 މޫސުމާާއި ވެސް ދަތުރުގެ ތެރެއިން ދިމާ ވާނެއެވެ.

މިމަގުގެ އެފްރިކާ ސަރަހައްދުން ދަތުރުކުރުމަކީ ވަރަށް ނުރައްކާ ބޮޑު ކަމެއްކަމަށް އެކަން ތަޖުރިބާކުރި މީހަކު ބުނެއެވެ. އެގޮތުން އެރްވިން ކިޔާ މީހަކު 1985ގައި މިމަގުން 2،000 ކިލޯމީޓަރު އުޅަނދެއްގައި ދުއްވި ކަމަށް ބުނެއެވެ. އޭނާ އެފްރިކާގެ ސޫދާނުގައި މަސައްކަތްކުރި ދުވަސްވަރު އެ ދަތުރުކުރީ ހަށިފާރަވެރި ސިފައިންގެ 5 މީހަކާއެކު ސުދާނުގެއުތުރުން ޚާތޫމް އިން ދެކުނުގެ ޖުބާއަށެވެ. އެހިސާބަށް ދަތުރުކުރަން 10 ދުވަސް ނެގިކަމަށާއި އެވްރެޖްކޮށް ދުއްވުނީ ގަޑިއަކު 30 ކިލޯމީޓަރު ކަމަށެވެ. ކޮންމެ ދުވަހަކު 8 ގަޑިއިރު ދުއްވައިގެން ހަފުތާއަކު 7 ދުވަސް ދަތުރު ކުރަމުން ދިޔަކަމަށެވެ.

ސުދާނުގެ ދެކުނުން ޖުބާ އިން ޗާޑްގެ ކައިރިގައިވާ ސޫދާނުގެ އުތުރު ޚާތޫމް އަށް.

އެދަތުރުގެ ވަކި ހިސާބަކުން އެމީހުންގެ ހަށިފާރަވެރި 5 ސިފައިންގެ މީހުން ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިގެން 2 ދުވަސް ވަންދެން އެމީހުން ރަހީނުކުރި ކަމަށެވެ. އެކަމުން ސަލާމަތްވެވުނީ ރޭޑިއޯ ސެޓް މެދުވެރިކޮށް އެހީއަށް އެދުމުން އެ ސިފައިންގެ މީހުން މަތީ އޮފިސަރަކު އޭރު އެމީހުން ތިބި ހިސާބަށް އައިސް އެމީހުންގެ ހަށިފާރަވެރިންނާއި ވާހަކަ ދައްކައިގެންން ކަމަށެވެ. އަދި ދަތުރުގެ ބާކީ ބައިވެސް އެމީހުން ފުރިހަމަކުރީ ކުރީގައި ވެސް ތިބި 5 ސިފައިންގެ ރައްކަލުގައި ކަަމށް އެރްވިން ބުނެއެވެ. ދަތުރުގެ ޖުބާއަށް ނިމެން ކައިރިވެފައި ހުއްޓާ އޭނާއަށް މެލޭރިޔާ ވެސް ޖެހުނުކަމަށެވެ. ނަމަވެސް ޖުބާއަށް ދެވި އެކަމުން ސަލާމަތްވެވުނު ކަށެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments