އިއްޔެ (29 މާރިޗް 2021) ފުވައްމުލައް ސިޓީއަށް ކުރި ގަދަ ވިއްސާރައިގައި 98 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި ވިއްސާރައިގައި ގޭ ގެއަށް ފެން ވަނުމުގެ ސަބަބުން ބެޑްރޫމްސެޓާއި، އަލަމާރި، މޭޒު ފަދަ ފަރުނީޗަރުތަކާއި އެހެނިހެން ހިފާގެންގުޅޭ ސާމާނު ހަލާކުވެފައިވެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ރުއްގަސް ވެއްޓިފައިވާ ކަމަށާއި ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ބޮޑުވެފައިވާ ފެން ހިއްކުމުގައި އިބުރާ- ދޫނޑިގަމު ހަރަކާތްތެރިވަނީ
އެގޮތުން އިއްޔެގެ ވިއްސާރާގައި ރަށުގެ އެކި އަވަށްތަކްން ގެއްލުން ލިބުނު ގެތަކަށް ޒިޔާރަތްކޮށް ލިބިފައިވާ ބެލުމުގެ މަަސައްކަތް ސިޓީކައުންސިލިން އިއްޔެ ވަނީ ކޮށްފައެވެ.
އެގޮތުން ގެއްލުން ލިބުނު ކަމަށް ނޯޓްކުރެވިފައި ވަނީ:
ދަޑިމަގު 12 ގެއަކާއި
ދިގުވާނޑު 5 ގެއަކާއި
ހޯދަޑު 9 ގެއަކާއި
މާދަޑު 16 ގެއަކާއި
މިސްކިތްމަގު 26 ގެއަކާއި
މާލެގަން 11 ގެއަކާއި
ފުނާޑު 13 ގެއަކާއި
ދޫޑިގަން 6 ގެއެކެވެ.
މީގެތެރޭގައި ދަނޑުބިންތަކަށް ލިބުނު ގެއްލުން ވަކިން ފާހަގަކުރެވިފައިވާ ކަން އެނގޭކަށް ނެތެވެ.

އިއްޔެގެ ގަދަ ވަޔާއި ވިއްސަރައިގެ އަސަރު
ގެތަކަށް ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު ނޭޝަނަލް ޑިޒާސްޓަރ އޮތޯރިޓީ އަށް ފޮނުވުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން ކުރަމުންދާ ހާމަކުރައްވައެވެ.

ފުވައްމުލަކު މެދުދާއިރާގެ އެމްޕީ ހުސޭން ރައްޔިތުންގެ ހާލު ގާތުން ބައްލަވަނީ- އިއްޔެ
މިހާރު ނޯޓްކުރެވިފައިވާ ގެތަކުގެ އިތުރު ގެތަކެއް ވެސް ހުރުން އެކަށީގެން ވެއެވެ. ވުމާއެކު ވިއްސާރާގައި ގެއްލުން ލިބިފައިވާ ގެތަކުން، އެގެއަކަށް ލިބިފައިވާ ގެންލުންތައް ހިއްސާކުރުމަށް ސިޓީ ކައުންސިލް ހޮޓްލައިން 7315001 އަށް ގުޅުއްވުން އެދިފައި ވެއެވެ.
އިއްޔެގެ ވިއްސާރައަކީ މިފަހަކުން ފުވައްމުލައް ސިޓީއަށް ނުކުރާ ވަރުގެ ބޮޑު ވިއްސާރައެއް ކަމަށް ފުވައްމުލަކުގެ ގިނަ ަބަޔަކު ބުނެއެވެ. ނިސްބަތުން ގިނަ ގެތަކަށް ފެން ވަދެފައިވެއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޕީ ދޮންބެ ރައްޔިތުންގެ ހާލު ގާތުން ބައްލަވަނީ- އިއްޔެ
އއްޔެގެ ވިއްސާރައިގެ ގެއްލުން ތައް ކުޑަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންނާއ، އެމްއެންޑިއެފް ފުވައްމުލައް، އަދި ފުވައްމުލަކު ފުލުހުންގެ އިތުރުން ވޮލަންޓިއަރުންގެ ގޮތުގައި ރަށުގެ އާއްމުންގެ ތެރެއިން މީހުން ވެސް ހަރަކާތްތެރިވަމުން ދިޔައެވެ.
މީގެ އިތުރުން މިވަގުތު ފުވައްމުލަކަށް ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުން ވެސް ގޭގެއަށް ފެންވަނުން ކޯންޓްރޯލް ކުރުމަށް ވެލިބަސްތާތައް ޖެހުމުގައިއާއި ފެން ބޑުުވެފައިވާ ގެތަކުން ފެން ހިއްކުމުގައި ހަރަކާތްތެރިވެ އުޅުނެވެ.

އިއްޔެގެ ރައްކާތެރިކަމުގެ ހަރަކާތުގެ ތެރެއިން މޭޔަ ކެންޑިޑެޓް އިއްސޭ
+1
+1
ޚިޔާލުތައް