ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ އަދަދު 59 އަށް އަރައިފި

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 4 އޭޕްރީލް 2021 (2 ވަނަ)
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީއިން ރޭ 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އިއްޔެ ގެ ޖުމްލަ 3 އަށް އަރައިފިއެވެ. ރޭގައި އިތުރަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ދެމީހުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ހާކުރައްވާފައިވާ ގޮތުގައި ރޭގައި ރޭގައި ޕޮޒިޓިވްވި ދެމީހުންނަކީ ވެސް އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރެގެން އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދެއްކައި ޓެސްޓް ކުރި ދެމީހެކެވެ.

ވުމާއެކު ބެލެވޭ ގޮތުގައި އޭނާގެ ޑައިރެކްޓް ކޮންޓެކްޓުން ތިބޭނެއެވެ. އަދި މި ޕޮޒިޓިވް ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން ދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މިވަގުތު ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ޕޮޒިޓިވްވެ ބަލީގައި 7 މީހުންތިބިކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ރޭ ހާމަކުރައްވާފައި ވެއެވެ. އިއްޔެގެ ޕޮޒިޓިވް 3 ކޭސް އާއެކު ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ ކަމަށް މީޑިއާއަށް ރިޕޯޓްކުރެވިފައި ވަނީ 59 އެވެ. ނަމަވެސް މިއަދަދަށް ބަދަލުއަމުކީ އެކަށީގެންވާކަމަކެވެ. އެއި ކޮވިޑް-19 އެކްޓިވް ކެސްތަކުގައ އަދަދު ހޮސްޕިޓަލުން ހާމަކުރައްވާފައިވާ އަދަދާއި މީޑިއާ ރިޕޯޓް ތަކަށް ބަލާއިރު ހުރި އަދަދާއި ދިމާނުވާތީއެވެ. މި ޖުމްލަ އަދަދަށް ބަލާނަމަ ބަލިން ރަނގަޅުވެފައިވާނީ 52 މީހެކެވެ. ފުވައްމުލައް ސީޓިއިން ކޮވިޑް-19ގެ އެއްވެސް މީހަކު ބަލިގެ ނާޒުކު ހާލަތަށް ގޮސްފައެއް ނުވެއެވެ.

ރޭގެ ޕޮޒިޓިވް ދެ ކޭސް އާއި ގުޅިގެން ވެސް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ކުރާ އިލްތިމާސް ތަކުރާރު ކޮށްފައެވެ. އެގޮތުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަށާއި މީހުންގެ ތެރޭގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތްދޮވުން އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެދިފައިވާ އުސޫލްތަކާއި އެއްގޮތަށް އަމަލުކުރުމަށް ވެއެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments