A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 ވެކްސިން 2 ވަނަ ޑޯޒު ޖަހަން ފުވައްމުލައް ސިޓީގައި މިއަދު ފަށަނީ

ކޮވިޑް-19 ވެކްސިން ގެ 2 ވަނަ ޑޯޒް ޖެހުން ފުވައމްުލައް ސިޓީގައި މިއަދު(7 އޭޕްރީލް 2021).

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިންގެ 2ވަނަ ޑޯޒް ޖަހަން މިއަދު ފަށާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

މިއަދު ދެވަނަ ޑޯޒް ޖަހަން ފަށާނީ ކޮވިޝީލްޑް ފުރަތަމަ ވެކްސިން ޖަހާނީ ފެބްރުއަރީ މަހުގެ 1-10 އަށް ފުރަތަމަ ޑޯޒް ވެކްސިން ޖަހާފައިވާ މީހުންނަށެވެ. ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 1:00 އިން ހަވީރު 5:00 އަށް ފުވައްމުލަކު ހޮސްޕިޓަލުގެ ހުޅަނގު ފަރާތު ގަރާޖު ސަރަޙައްދުގައެވެ.

ކޮވިޑް-19 ވެކްސިން ގެ 2 ވަނަ ޑޯޒް ޖެހުން ފުވައމްުލައް ސިޓީގައި މިއަދު(7 އޭޕްރީލް 2021).

ރާއްޖެގައި ކޮވިޝިލްޑްގެ 2 ވަނަ ޑޯޒް ޖަހަން ފަށާފައިވަނީ 3 އޭޕްރީލް 2021 ގައެވެ. ރާއްޖޭގެ ސިއްޙީ އިދާރާ (އެޗްޕީއޭ) ކަނޑައަޅާފައި ވަނީ 2 ވަނަ ޑޯޒް ވެކްސިން ޖަހާނީ ދުރަތަމަ ޑޮޒް ޖެހުމަށް ފަހު 8 ހަފުތާއާއި 12 ހަފުތާއާއި ދެމެދުގެ މުއްދަތެއްގައި ކަމަށެވެ. ހޯދަން ތަކުން އެނގޭ ގޮތުގައި ކޮވިޝިލް ވެކްސިން އެންމެ ކާމިޔާބީ 8 ހަފުތާއާއި 12 ހަފުތާއާއި ދެމދު 2 ވަނަ ޑޮޒް ޖެހުމުންނެވެ. ނަމަވެސް ފުރަތމަ ޑޯޒަށްފަހު 4 ހަފުތާ ފަހުން 2 ވަނަ ޑޯޒް ޖެހުން އެންމެ ރަނގަޅު ކަމަށްވެއެވެ. އެގިތުން ޚާއްސަ ޙާލަތްތައް ދިމާވާ މީހުންނަށް 4 ހަފުތާ ފަހުން 2 ވަނަ ޑޯޒް ޖެހުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

2 ވަނަ ޑޯޒް ވެކްސިން ޖަހަން ދާއިރު، ކުރިން ވެކްސިން ޖެހިކަން އަންގައިދޭ “ކޮވިޑް-19 ދިފާޢު ކާޑް” އާއި، އައިޑީކާޑް އަދި ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރައްވާނަމަ ބޭސްފަރުވާގެ ލިޔުންތައް ގެންނަވަން ވާނެކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ 5 ފެބްރުއަރީ 2021 ގައި. ވެކްސިން 2 ވަނަ ޑޯޒް ޝެޑިއުލެއް 

މީގެ އިތުރުން އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ނުވާ މީހުންނަށް ވެކްސިން ގެ ފުރަތަމަ ޑޯޒް ޖެހުންވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެއެވެ. އެގޮތުން ކޮވިޝިލްޑް ގެ ފުރަތަމަ ޑޯޡް ޖަހަން ބޭނުންވާ ފަރާތްތަކުން ފުވައްމުލަކުހޮސްޕިޓަލުގެ 6860658 ނަންބަރަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުމަށް އެދިފައިވެއެވެ.

ވެކްސިން ޖެހުން މެދުކަނޑާލެވުނީ ރަށުން ވެކްސިން ހުސްވުމުން

ކޮވިޑް-19ގެ ވެކްސިން ޖެހުން ފުވައްމުލައް ސިޓީގައި އަލުން ފަށާފައި ވަނީ 4 އޭޕްރީލްގައެވެ. އަލަށް ވެކްސިން ޖަހަން ފެށިއިރު 18-65 އަހަރާއި ދެމެދުގެ މިހުނަން ޖަހަނީ ޗައިނާގެ ސިނޮފާމްގެ ވެކްސިނެވެ.

ރާއްޖެއިން ބޭރުގައި ފުރަތަމަ ޑޯޒް ވެކްސިން ޖަހާފަިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް ރާއްޖޭގައި ޖެހޭ ގޮތަށް އެޗްޕީއޭއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮވިޝިލްޑް، ސިނޮފާމް އަދި ފައިޒާ ވެކްސިންގެ ވެސް 2 ވަނަ ޑޯޒް ރާއްޖެގައި ޖަހައިދޭނެއެވެ. އެގޮތުން 2 ވަނަ ޑޯޒް ޖަހަން އެދޭ ފަރާތްތަކުން ވެކްސިންގެ ފުރަތަމަ ޑޯޯޒް ޖެހިކަމުގެ ލިޔުން އަދި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީއެއް vaccine@health.gov.mv އަށް ފޮނުވުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.

ވެކްސިން ޖެހުން މެދުކަނޑާލި އިރު ފުވައްމުލައް ސިޓީއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަަހާފައި ވަނީ 5176 މީހުންނަށެވެ. މިއީ ފުވައްމުލައް ސިޓީގައި އުޅޭނެ ކަމަށް ބެލެވޭ (ބިދޭސީން ހިމަނައިގެން،) 7064 މީހުންގެ %73.3 މީހުންނެވެ.

ފުވައްމުލައް ސިޓީ މޭޔަރ ފަލާޙު ޝަރީފު ވެކްސިން ޖައްސަވަނީ

ރާއްޖޭގައި އެމެރިކާ އަދި ޖަރުމަނުގެ ވެކްސިން- ފައިޒާ އާއި ޗައިނާގެ ސިނޮފާމް ވެކްސިން ޖެހުމުގެ ވަގުތީ ހުއްދަދީފައި ވަނީ ފައިތުވި މާރިޗު 15 (2021) ގައެވެ. ސިނޯފާމް ވެކްސިން ޖަހާނީ އުމުރުން 18-60 އަހަރާ ދެމެދުގެ މީހުންނަށެވެ. ސިނޯފާމްގެ ވެކްސިންގެ 18،000 ޑޯޒްގެ ރާއްޖެއަށް ވަނީ ލިބިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 200،000 ޑޯޒް ވެކްސިން ލިބޭނެކަން ނެޗަނަލް އެޗްއީއޯސީން ހާމަކޮށްފައިވެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވަނީ މިއަހަރު  ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 108،000 ޑޯޒްގެ ވެކްސިންގެ ތެރެއިން މިހާތަނަށް ލިބިފައި ވަނީ 12،000 ޑޯޒެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !