މިއަދަކީ ދުނިޔޭގެ ސިއްހަތު ދުވަސް

ދުނިޔޭގެ ސިއްހަތު ދުވަސް، 7 އޭޕ
Share on facebook
Share on twitter
Share on google

މިއަދު، 7 އޭޕްރީލް އަކީ ދުނިޔޭގެ ސިއްހަތު ދުވަހެވެ. މިއދުވާހއި ގުޅުވައިގެން ރާއްޖޭގެ މިއަދުގެ ހެލްތު މިނިސްޓާ އަހުމަދު ނަސީމު ވަނީ ގައުމާއި މުޚާތަބުކޮށް ސިއްހީ ދާއިރާއިން ރާއްޖޭގައި ކުރުމަށް ވިސްނާފައިވާ ކަންތަތައްކަށް އަލި އަޅުއްވާލައްވާފައެވެ.

މިއަހުރގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ “ހަމަހަމަކަން ކަށަވަރުކުރެވޭ ފެންވަރު ރަނގަޅު ސިއްޙީނިޒާމެއް” އެވެ. މިފަދަ ނިޒާމެއްގެ ތެރެއިން ދުލަހެޔޮކަން ގާއިމުކުރުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ސިއްހަތާއި ބެހޭ މިނިސްޓަރު ވިދާޅުވިއެވެ. އަދި ސިއްޙީ ފަރުވާއަށް މީހުން މާލެއައުން މަދުކުރުމަށް ސައރައްދީ ހަސްފަތާލުތައް ‘އޮޕްޓިމަޒޭޝްނ” ޕްރޮގްރާމެއްގެ ތެރެއިން ފެންވަރު ރަނގަޅު ކުރެވިގެންދާނެކަމަށްވެ.

ދުނިޔޭގެ ސިއްހަތު ދުވަސް، 7 އޭޕްރީލް

އަދި މުޅިން އަލަށް ރާއްޖޭގައި ކެންސަރަށް ފަރުވާދޭ ފުރިހަމަ ގައުމީ މަރުކަޒެއް ގާއުމުކުރެވެގެން ދާނެކަމަށް ވިދާޅުވިއެވެ.

މިއަހަރުތެރޭގައި ރާއްޖޭގެ އިތުރު 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލް ފެންވަރަށް ޚިދުމަތްތައް ގާއިމުކޮށް ބަދަލުކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު ނަސީމު ވިދާޅުވިއެވެ. އަދި އިތުރު 26 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދީ މުޅި ރާއްޖޭގައި އިމަޖެންސީ އަވަސްފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވި މިކަމުގެ ފަންނީ ޚިދުމަތްތެރިން ތަމުރީނު ކުރެވޭނެކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެގެ ސިއްޙީ ޚިދުމަތް މިހާރު ބޮޑަށް ބިނާވެފައިވަނީ ފަރުވާގެ ނިޒާމަކަށް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އޭގެ ބަދަލުގައި ރައްކާތެތެރިވުމުގެ ސިއްޙީ ނިޒާމަކަށް ބަދަލުކުރެވިއްޖެ ނަމަ ފައިދާބޮޑުވާނެ ކަމަށް ދާއިރާގެ މާހިރުން ދެކެއެވެ.

ފަރުވާގެ ނިޒާމަކީ ހޮސްޕިޓަލް ތަކާއި ކްލިނިކްތަކުން ބަލިތަކަށް ފަރުވާ ދިނުމުގެ އިންތިޒާމު ތަކެވެ.

ރައްކާތެރިކަމުގެ ނިޒާމުތަކަކީ ބަލިތައް ޖެހުން މަދުކުރުމަށް ކުރެވެ މަސައްކަތްތަކާއި އެޅޭ ފިޔަވަޅުތަކެވެ. ބަލި ޖެހުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމެވެ.

މިއަހަރު ނިމުމުގެ ކުރި އަދާހަމަކުރެވިފައިވާ ރައްޔިތުންގެ ސިއްޙީ މައުލޫމާތު ހިމެނޭ ޑޭޓާބޭސް އެއްގާއިމުކޮށް އެއިގެ އެހީގައި ސިއްޙީ ފަރުވާގެކަންކަން ބިނާކޮށް ފޯރުކޮށްދިނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments