ފުވައްމުލައް ސިޓީއިން އިއްޔެ ދެވަނަ ޑޯޒް ވެކްސިން ޖެހީ 82 މީހުން

ކޮވިޑް-19 ވެކްސިން 2 ވަނަ ޑޯޒް ޖެހުން ފުވައްމުލައް ސިޓިގައި އިއްޔެ، 7 އޭޕްރީލް 2021ގައި ފަށައިފި
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް 82 މީހަކު އިއްޔެ ޖަހައިފިއެވެ. އެންމެ ފުރަތަމަ 2 ވަނަ ޑޯޒް ވެސް ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަފުންނާއި ކުރީސަފުގައި މަސައްކަތް ކުރާ މީހުންނާއި 80 އހަރުން މަތީގެ މީހުންނަށެވެ.

އިއްޔެ ފުވައްމުލައް ސިޓީއިން ޖުމްލަ 113 ޑޯޒް ވެކްސިން ޖަހާފައި ވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވިއެވެ. އެއީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހި 82 މީހުނަނާއި ސިނޮފާމްގެ ފުރަތަމަ ޑޯޒް ޖެހި 31 މީހެކެވެ.

2 ވަނަ ޑޯޒް ވެކްސިން ޖެހުން ފުވައްމުލައް ސިޓީގައި، 7 އޭޕްރީލް 2021.

ފުވައްމުލައ ސިޓީގައި ކޮވިޑް-19 ވެކްސިން ޖަހަން ފާށާފައި ވަނީ މިއަހަރު ފެބުރުއަރީ މަހު 5ގައި ކަމަށްވުމުން، އެމީހުންނަށް ދެވަނަ ޑޯޒް މި އޭޕްރީލް މަހު 2-30 އާއި ދެމެދު ޖަހަން ޖެހެއެވެ. މިއަހަރު ފެބުރުއަރީ 5-11 އަށް ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ޖުމްލަ 295 މީހުންނަށް 2 ވަނަ ޑޯޒް ޖެހުމުގެ ޝަރުތު މިހާރުވަނި ފުރިހަމަވެފައެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖަހަން ފުރަތަމަ ފެށިތަނާހެން ރަށުތެރެއިން ކޮވިޑް-19ގެ ބަލި ފެނުމުގެ ސަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެކްސިން ޖެހުންވެސް މެދުކަނޑާލެވުނެވެ. އަދި އަލުން ވެކްސިން ޖަހަން ފެށީ ފެބްރުއަރީ މަހު މެދެއްހާ ހިސާބުގައެވެ. ނަމަވެސް އާއްމުކޮށް ހުޅުވާލައިގެން ގިނަބަޔަކަށް ވެކްސިން ޖަހަން ފަށާފައިވަނި ފެބްރުއަރީ މަހުގެ ފަހު 10އެއް ގައެވެ.

ވެކްސިން ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން.

މިހާރު ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ވެކްސިން ފުރަތމަ ޑޯޒާއި ދެވަނަ ޑޯޒް ވެސް ޖަހަމުން އަންނަކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. ފުރަތަމަ ޑޯޒް އާއްމުކޮށް ޖަހަނީ ޗައިނާގެ ވެކްސިނެއް ކަމަށްވާ ސިނޮފާމް އެވެ. އަދި ދެވަނަ ޑޯޒް ޖަހަމުން އަންނަނީ އޮކްސްފޯޑް އަދި އެސްޓްރެޒެންކާއިގެ އިންޑިއާ އުފެއްދުން ކަމަށްވާ ކޮވިޝީލްޑެވެ. ނަމަވެސް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހައިދެއެވެ. އެއީ ސިނޮފާމް ވެކްސިން އެ އުމުރުގެ މީހުންނަށް ނުޖަހާތީއެވެ. ނަމަވެސް އެފަދަ މީހުން ފުވައްމުލަކު ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ހައްދަން ޖެހެއެވެ.

2 ވަނަ ޑޯޒް ވެކްސިން ޖެހުން ފުވައްމުލައް ސިޓީގައި، 7 އޭޕްރީލް 2021.

ދެވަނަ ޑޯޒް ޖެހުމަށް ޚާއްސަކުރެވިފައި ވަނީ ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށް ޖަހަމުން ފުވައްމުލަކު ހޮސްޕިޓަލުގެ ހުޅަނގުފަރާތު ގަރާޖް ސަރަހައްދުންނެވެ.

ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒްގެ ޖެހުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން، ބަންނޫން ދުވަސްތަކުގައި މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

މިއާއެކު ފުވައްމުލައް ސިޓީ ގައި ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ވެކްސިން ޖެހި މީހުންގެ އަދަދު މިވަނީ 5336 އަށް އަރާފައެވެ. ވުމާއެކު ފުވައްމުލައް ސިޓީގައި ދިރިއުޅޭ ކޮވިޑްވެކްސިން ޖަހާ، 18 އަހަރުން މަތީގެ އާބާދީގެ %75.5 މީހުންނަށް މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފައެވެ. އަދި ދެވަނަ ޑޯޒް އެިއްޔެގެ ނިޔަލަށް ޖެހުނީ %1.16 މީހުންނަށެވެ.

ވެކްސިން ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ޝެޑިއުލް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments