ފުވައްމުލައް ސިޓީ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުންގެ ނުރަސްމީ ބައްދަލުވުމެއް އިއްޔެ ހަވީރު ބާއްވައިފިއެވެ. މިބައްދަލުވުން ބާއްވާފައިވަނީ ޕެބްލެސް ރެސްޓޯރަންޓްގައި މިއަދު ހެނދުނު 11:00 އިރުއެވެ.
މިކަލް ނޫހަށް މައުލުމާތު ލިބުނު ގޮތުގައި މިއީ މޭޔާ ކަމަށް ހޮވުނު އިސްމާއީލް ރަފީގުގެ އިސްނެގުމަކަށް ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި އަލަށް ހޮވުނު 7 މެމަބަރުންވެށް ބައިވެރިވިއެވެ. ބައްދަލުވުމުގެ މައުލޫމާތު މޭޔަކަމަށް ހޮވުނު އިސްމާއީލް ވަނީ ސޯޝަލް މީޑީއާގައި ހިއްސާކުރައްވާފައެވެ.
އައު ވިޝަން އަކާއެކު އުއްމީދެއްގައި އައު މިސްރާބަކަށް ފުވައްމުލައް ސިޓީ މިހާރަށްވުރެ ފުރިހަމަކަމާއެކު ދިރިއުޅޭވޭ ތަނަކަށް ހެދުމަށް ކައުންސިލަށް ހޮވުނު މިޓީމު ގުޅިގެން މަސައްކަތް ކުރާނެކަމަށް ލިޔުއްވާފައި ވެއެވެ.
މިބައްދަލުވަމުގައި ވެސް ކައުންސިލަރުގެ ގޮތުގައި މަގާމުގެ މައްސައޫލިއްޔާތާއި ހަވާލުވާ ދުވަހުން ފެށިގެން ރައްޔިތުން ބަލައިގަންނަ ފަދަ ހަރަކާތްތެރި ކައުންސިލަކަށް ވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ހުރި ކަންކަން ކުރުމަށް ވާހަކަ ދެކެވިފައިވާ ކަމަށް ބައްދަލުވުމުގައި ބައިވެރިވި މެމްބަރަކު ހާމަކުރެއްވިއެވެ.
ބައްދަލުވުމުގެ އެއްބައިވެރިއަކު ފާހަގަ ކުރެއވީ މިހާރުގެ ކައުންސިލަށް ްޒިޔާރަތްކުރުމަށާއި މިހާރު ކައުނސިލް ހިންގާ ގަވާއިދާއި އެހެންިހެން ރައްޔިތުންނާިއ ގުޅުހުރި ކަންކަމުގެ ގަވާއިދުތަކައި އުސޫލުތައް ހޯދައި މުރާޖާކޮށް ގެންނަން ޖެހޭ އިސްލާހުތަކެއް ކުރިއާލައި ތައޔާރުކުރުމަށެވެ. އެގޮތަށް ކަންކައތްތައް ކުރެވިއްޖެ ނަމަ އައުކައުންސިލް މަސައކްަތަށް ނުކުންނތަނުް ގިނަ ކަނއްތައްތަކެއް މަޑުނުޖެހި ހިނގައި ގަނެވި އިސްލާހުކުރުން ޖެހޭކަންތައްތަކަށް އަވަހަށް ބަދަލުގެނެވި ޚިދުމަތްތައް އަވަސް ކުރެވިގެން ދާނެކަމަށެވެ.
ބައްދަލުވުމުގައި ބައިވެރިވި އެހެން މެމްބަރަކު ހުށަހެޅުއްވީ ކައުންސިލްގެ މަސައްކަތްތައް މެމްބަރުންގެ މެދުގައި ބަހާލެވިގެން ކުރިޔަށް ގެންދާގޮތަކަށް ކަންތައްތައް ރޭވިފައި އޮތުމަށް ފެންނަ ކަމަށެވެ. ހުރިހާ ކަމަކީ މޭޔަރު ކުރާ ކަމެއްގެ ގޮތުގައި ނުބޭއްވުމަށެވެ.
މިބައްދަލުވުމުގައި ބައިވެރިވި ޕީޕީއެމް އިން ހޮވުނު ދެ މެމްބަރުން ވެސް ހާމަރެއްވީ ރައްޔިތުންނަށް މަންފާކުރާ އެއްވެސްކަމެއްގައި ދެކޮޅުނަހާދާނެކަމަށާއި ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލަރުން ގެ މުއްދަތު 3 އހަރުން 5 އަހަރަށް ބަދަލުކޮށް ފުރަތަމަ ފަހަރަށް އަންހެން މެމްބަރުންނަށް ކައުންސިލްގެ %33 ރިޒާވްކޮށްގެން އިންތިޚާބުވި ކައުންސިލްގައި ހިމެނެނީ އެމްޑީޕީގެ 4 މެމެބަރުންނައި ޕީޕީއެމްގެ ދެމެމްބަރުންގެ އިތުރުން އެމްޑީޕީގެ މޭޔާ ކެންޑިޑޭޓެވެ. މީގެ އިތުރުން އަންހެން ދެ މެމްބަރުންނަކީ ވެސް އެމްޑީޕީ އަދި ޕީޕީއެމް ދެ މެމްބަރުންނެވެ. ކުރިން ފުވައްމުލައް ސިޓީ ކައުންސިލުގައި ހިމެނެނީ 3 މެމަބަރުންނެވެ.
ޚިޔާލުތައް