A wide advertisement which will be shown on all devices. (700 x 100)

1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަށް ފަށައިފި

ފިތުރު ޒަކާތް ދެއްކުން

1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަށް ފުވައްމުލައް ސިޓީ ކައުންސިލުން ފަށައިފިއެވެ. ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނ 4 އޭޕްރީލް 2021 (2 ރަމަޟާން 1442) އިން 10 މެއި 2021 (28 ރަމަޟާން 1442) އަށް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކުމުގެ ދުވަސްވަރުކަމަށް ވުމުން މިފަހަރު ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކައުންޓަށް ޓްރާށްފާކޮށްގެންނެވެ. ފައިސާ ފޮނުވަން ކަޑައާޅފައިވާ އެކައުންތް ނަމްބަރަކީ 002-700267-7711، ފުވައްމުލައް ސިޓީ ކައުންސިލް، އަށެވެ. އެގޮތުން ފައިސާ ފޮނުވުމަށްފަހު ވައިބަރި އިން ރަސީދު ފޮނުވާއިރު ޒަކާތް ދެއްކި ގޭގެ ނަން ، ދެއްކި މީހުންގެ އަދަދު، ޒަކާތް ދެއްކި ބާވަތް،  އަދި ދެއްކި ފަރާތުގެ ނަން އެނގޭނެ ގޮތަށް ތަފުސީލު ލޔުއްވައި ފޮނުވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އެދިފައި ވެއެވެ. ރަސީދު ފޮނުވަން ވާ ވައިބާ ނަމަބަރަކީ 7315001 އެވެ.

މިއަހަރުގައި ވެސް ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އެއާއިލާއަކުން އާއްމުކޮށް ކެއުމަށް ބޭންކުރި، ގޮދަން ނުވަތަ ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ އެރަށަކުން ލިބެން ހުންނަ އަދަދަށެވެ.

މިއަހަރުގެ ފިތުރު ޒަކާތަށް ބޮލަކަށް ނެރެން ވާ މިންވަރު

އާދައިގެ ހަނޑޫ – 13 ރުފިޔާ (ފާއިތުވި އަހަރު 12ރ.)

ތައިލޭްންޑު ހަނޑޫ – 48 ރުފިޔާ (ފާއިތުވި އަހަރު 40ރ.)

ބާސްމަތީ ހަނޑޫ – 82 ރުފިޔާ (ފާއިތުވި އަހަރު  80ރ.)

ރަތް ހަނޑޫ – 115 ރުފިޔާ (ފާއިތުވި އަހަރު 115ރ.)

އާދައިގެ ފުށް – 10 ރުފިޔާ (ފާއިތުވި އަހަރު 10ރ.)

އާޓާ ފުށް – 61 ރުފިޔާ (ފާއިތުވި އަހަރު 55ރ.)

މިއަހަރު، 2021 ގައި ފިތުރު ޒަކާތުގެ މިންވަރު.

ފާއިތުވި އަހަރު ފުވައްމުލައް ސިޓިގައި ތިބި ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ރާއްޖޭގައި ފަގީރެއްގެ ގޮތުގައި ބަލަނީ މީހަކަށް ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.

ފާއިތުވި 2020 ވަނަ އަހަރު ފުވައްމުލައް ސިޓީގައި ހިމެނުނު 1861 ގޭގެ ތެރެއިން، ފިތުރު ޒަކާތް ދެއްކުމަ ސްކަނޑައޅާފައި އޭއރު އޮތް އެންމެ ފަހު ދެދުވަހާއި ހަމަވިއިރު ޒަކާތް ދައްކާފައިވަނީ 1144 ގެއިންނެވެ. ފާއިތުވި 1441 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ފުވައްމުލަކު ސިޓީއަށް 180،041.95 (އެއްލައްކަ އަށްޑިހަ ހާސް އެކާޅީސް ރުފިޔާ، ފަންސަޔާނަވައި ލާރި) ލިބިފައި އެވެ. އަދި އަހަރު ޒަޚާތުގެ ބެހެނިވެރިންނަށް ބަހާލުމުން ފަގީރެއްގެ ބޮލަކަށް ލިބިފައި ވަނީ 747.06 ރުފިޔާއެވެ.

ފާއިތުވި 2020 ވަނަ އަހަރު ފުވައްމުލައް ސިޓީ އިން ފިތުރު ޒަކާތް ދައްކާފައިވާ މިންވަރު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !