މިއަހަރު (1444) ގެ ފިތުރު ޒަކާތް ބަލައިގަންނަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ވަނީ ފަށާއެވެ. އެގޮތުން މިއހަަރު ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ 26 މާރިޗު އިން 18 އޭޕްރީލް 2023 އަށް ކަމަށް ފުވައްމުއް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ފިތުރު ޒަކާތް ބަލައިގަންނަނީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.
ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލް ގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްގެންނެވެ. ފައިސާ ފޮނުވަން ކަޑައަޅާފައިވާ ފުވައްމުލައް ސިޓީ ކައުންސިލްގެ އެކައުންޓް ނަމްބަރަކީ 002-700267-7711، އެވެ. ފައިސާގެ ބާވަތުގެ ގޮތުގައި “ޒަކާތު ފައިސާ” މިހެން ލިވެދާނެއެވެ.
ޒަކާތުގެ ފައިސާ ފޮނުވުމަށްފަހު ސްލިޕް ނުވަތަ ރަސީދު ފުވައްމުލައް ސިޓީ ކައުންސިލުގެ 7315001 ނަމްބަރަށް ވައިބާކުރުމަށް އެދިފައި ވެއެވެ. އަދި ވައިބާ ކުރާއިރު ތަފުސީލުގެ ގޮތުގައި “ޒަކާތް” މިގޮތަށް ލިޔުމަށްފަހު ޒަކާތް ދެއްކި ގޭގެ ނަން، ދެއްކި މީހުންގެ އަދަދު، ޒަކާތް ދެއްކި ބާވަތް، އަދި ދެއްކި ފަރާތުގެ ނަން އެނގޭނެ ގޮތަށް ލިޔުއްވުމަށް އިރުޝާދު ދީފައިވެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ 2.4 ކިލޯގެ މިންވަރެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ އަހަރެއްގެ ތެރޭގައި އެކަބަޔަކު އާއްމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުންނެވެ. ނަމަަވެސް ރަސްމީކޮށް ޒަކާތް ބަލއިގަތުމަށް ހަަމަޖެހިފައި ވަނީ ގޮޥާމުގެ 2.4 ކިލޯގެ އަގަށް ވާ ފައިސާއެވެ.
މިއަހަރުގެ ފިތުރު ޒަކާތަށް ބޮލަކަށް ނެރެން ވާ، 2.4 ކިލޯގެ މިންވަރު ރުފިޔާއިން. ފުވައްމުލައް ސިޓީ
އާދައިގެ ހަނޑޫ – 12 ރުފިޔާ (ފާއިތުވި އަހަރު 12ރ، 13ރ.، 2020 – 12ރ)
ތައިލޭންޑު ހުދު ހަނޑޫ – 84 ރުފިޔާ (ފާއިތުވި އަހަރު 77ރ، 48ރ.، 2020 – 40ރ.)
ބާސްމަތީ ހަނޑޫ (އާދައިގެ) – 84 ރުފިޔާ (ފާއިތުވި އަހަރު 77ރ، 82ރ.، 2020- 80ރ.)
ބާސްމަތީ ހަނޑޫ (މޮޅު) – 100 ރުފިޔާ (ފާއިތުވި އަހަރު 90ރ،)
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) – 125 ރުފިޔާ (ފާއިތުވި އަހަރު 132ރ،)
ރަތް ހަނޑޫ – 99 ރުފިޔާ (ފާއިތުވި އަހަރު 72ރ، 115ރ.، 2020 – 115ރ.)
އާދައިގެ ފުށް – 12 ރުފިޔާ (ފާއިތުވި އަހަރު 10ރ، 10ރ.، 2020 – 10ރ.)
އާޓާ ފުށް – 75 ރުފިޔާ (ފާއިތުވި އަހަރު 75ރ، 61ރ.، 2020 – 65ރ.)
ޒަކާތުގެ މިންވަރު ކަނޑައަޅަފައި ވަނީ އެރަށަކުން އެބާވަތެއް ވިއްކުމަށް ކަނޑައަޅާފައިވާ އަގެއްގައެވެ. އެކަމަކު ފާއިތުވި 1443 ވަނަ އަހަރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފައިސާ ގެ ގޮތުގައި ޒަކާތް ނެރޭނީ ކޮންމެ ބާވަތަކުން ވެސް އެއް އަދަދަކަށް ކަމަށް އިސްލާމިކް މިނިސްޓްރީއިން ނިންމި ނަމަވެސް މިއހަރު އެކަން އެގޮތަށް ކުރާކަމަށް ނުވެއެވެ. މިއަހަރު ފައިސާއިން ވެސް ދައްކާނީ އެރަށަކުން އާއްމުކޮށް ގަންނަން ލިބޭ އަގުންނެވެ.

2023 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ނިސާބު
އެކައުންޓަށް ޓްރާސްފާކޮށްގެންނާއި އިތުރު ގޮތްތަކަށް ވެސް އޮންލައިންކޮށް ޒަކާތް ދެއްކޭގޮތަށް އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސާފައި ވެއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް އިންނާއި ބީއެމްއެލް އޮންލައިން ޕޯޓަލް އާއި އުރީދޫ އެމް ފައިސާ އާއި ދިރާގު ޕޭ ގެ އިތުރުން އެމްއައިބީގެ ފަހި ޕޭ މެދުވެރިކޮށް ވެސް ޒަކާތް ދޭއްކޭނެ ގޮތް ވަނީ ހަމަޖައްސާފަވެ.
ފިތުރު ޒަކާތަކީ ރަމަޟާންމަހުގެ އަޅުކަމާއި ގުޅުވައިގެން މުޖުތަމިއުގަިއ ތިބޭ ފަގީރު ނިކަމެތިންނަށް އެހީތެރިވުމުގެ ގޮތުން ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ހޭދަކުރަން ޖެހޭ ވަކި މިންވަރެކެވެ.
5
4
3
2
1