A wide advertisement which will be shown on all devices. (700 x 100)

ފިތުރު ޒަކާތް ފަސޭހަކާމާއެކު އޮންލައިކޮށް ދެއްކޭނެ

މިއަހަރު ފިތުރު ޒަކާތް ދެއްކުން - 1443

މިއަހަރު (1443) ގެ ފިތުރު ޒަކާތް ބަލައިގަންނަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ފަށާއެވެ. އެގޮތުން ފިތުރު ޒަކާތް ބަލައިގަންނަން ފަށފައިވަނީ 3 އޭޕްރީލް 2022 (2 ރަމަޟާން 1443) އިން 28 ރަމަޟާން 1443 އަށް ބަންދު ނޫން ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

މިފަހަރު ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފައިސާ އެކައުންޓަށް ޓްރާށްފާކޮށްގެންނެވެ. ފައިސާ ފޮނުވަން ކަޑައާޅފައިވާ އެކައުންޓް ނަމްބަރަކީ 002-700267-7711، “ޒަކާތު ފައިސާ” އަށެވެ. އެގޮތުން ފޮނުވާ ފައިސާގެ ތަފުސލުގެ ގޮތުގައި “ޒަކާތް” މިގޮތަށް ލިޔުމަށް ފަސާޓްރާސްފާކުރި ކަމުގެ ރަސީދާއެކު ޒަކާތް ދެއްކި ގޭގެ ނަން، ދެއްކި މީހުންގެ އަދަދު، ޒަކާތް ދެއްކި ބާވަތް، އަދި ދެއްކި ފަރާތުގެ ނަން އެނގޭނެ ގޮތަށް ލޔުއްވައި ފުވައްމުލައް ސިޓީ ކައުންސިލުގެ 7315001 ނަމްބަރަށް ވައިބާ ކުރުމަށް އިރުޝާދު ދީފައިވެއެވެ.

1443 ވަނަ އހަރު ފިތުރު ޒަކާތަށް ނެރޭނެ މިންވަރު.

މިއަހަރުގައި ވެސް ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އެއާއިލާއަކުން އާއްމުކޮށް ކެއުމަށް ބޭންކުރި، ގޮދަން ނުވަތަ ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ލިބެން ހުންނަ އަދަދަށެވެ.

މިއަހަރުގެ ފިތުރު ޒަކާތަށް ބޮލަކަށް ނެރެން ވާ މިންވަރު

އާދައިގެ ހަނޑޫ – 12 ރުފިޔާ (ފާއިތުވި އަހަރު 13ރ.، 2020 – 12ރ)

ތައިލޭންޑު ހަނޑޫ – 77 ރުފިޔާ (ފާއިތުވި އަހަރު 48ރ.، 2020 – 40ރ.)

ބާސްމަތީ ހަނޑޫ (އާދައިގެ) – 77 ރުފިޔާ (ފާއިތުވި އަހަރު 82ރ.، 2020- 80ރ.)

ބާސްމަތީ ހަނޑޫ (މޮޅު) – 90 ރުފިޔާ (އަލަށް ހިމަނާފައިވާ ކެޓަގަރީއެއް)

ބާސްމަތީ ހަނޑޫ (އެންމެ މޮޅު) – 132 ރުފިޔާ (އަލަށް ހިމަނާފައިވާ ކެޓަގަރީއެއް)

ރަތް ހަނޑޫ – 72 ރުފިޔާ (ފާއިތުވި އަހަރު، 115ރ.، 2020 – 115ރ.)

އާދައިގެ ފުށް – 10 ރުފިޔާ (ފާއިތުވި އަހަރު 10ރ.، 2020 – 10ރ.)

އާޓާ ފުށް – 75 ރުފިޔާ (ފާއިތުވި އަހަރު، 61ރ.، 2020 – 65ރ.)

ކުރިން ޒަކާތުގެ މިންވަރު ކަނޑައަޅަފައިވަނީ އެރަށަކުން އެބާވަތެއް ވިއްކުމަށް ކަނޑައަޅާފައިވާ އަގެއްގައެވެ. ނަމަވެސް މިއަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޒަކާތުފައިސާ ގެ ގޮތުގައި ނެރޭނީ ކޮންމެ ބާވަތަކުން ވެސް އެއްއަދަދަކަށް ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

މިހަރު މުދަލު ޒަކާތުގެ ނިސާބު – 1443

އެކައުންޓަށް ޓްރާސްފާކޮށްގެންނާއި އިތުރު ގޮތްތަކަށް ވެސް އޮންލައިންކޮށް ޒަކާތް ދެއްކޭގޮތަށް އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސާފައި ވެއެވެ. އެގޮތުން ޒަކާތް ބަލައިގަންނަނީ ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް އިންނާއި  ބީއެމްއެލް އޮންލައިން ޕޯޓަލް އާއި އުރީދޫ އެމް ފައިސާ އާއި ދިރާގު ޕޭ ގެ އިތުރުން އެމްއައިބީގެ ފަހި ޕޭ މެދުވެރިކޮށެވެ.

ރާއްޖޭގައި މިއަހަރު ތިބީ 8،984 ފަގީރުންކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ. އެއި އެމިނިސްޓރްީން ބަލަހައްޓާ ޒަކާތް ހައްގުވާ ފަގީރުންނެވެ. 2021 ވަނަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 7،778 މީހުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !