A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 ދެވަނަ ޑޯޒް ޖެހުމަށް ފުވައްމުލައް ސިޓީއިން އަދި ފެންނަނީ ތަރުހީބު ކުޑަކޮށް

ފުވައްމުލައް ސިޓީއިން ކޮވިޑް-19ގެ ވެކްސިން 2 ވަނަ ޑޯޒަށް ޝަރުތުހަމަވާ މީހުންގެ އަދަދުތައް

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފުވައްމުލައް ސިޓީއިން އަދި ތަރުހީބު ލިބޭލެއް ކުޑަކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެއެވެ. މިކަލް ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖަރު މިއަދު  ވިދާޅުވީ މިހާތަނަށް ކޮވިޑް-19 ވެކްސިންގެ 2 ވަނަ ޑޯޒް ފުވައްމުލައް ސިޓީއިން ޖަހާފައި ވަނީ 281 މީހުންކަމަށެވެ.

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފުވައްމުލައް ސިޓީއި ފަށާފައި ވަނީ ފާއިތުވި ހަފުތާގެ ބުދަ (7 އޭޕްރީލް 2021) ދުވަހުއެވެ. އަދި މިއަދު 16 އޭޕްރީލާއި ހަމަޔަށް ފުވައްމުލައް ސިޓީގައި ކޮވިޑް19 ވެކްސިން 2 ވަނަ ޑޯޒް ޖެހުމުގެ ޝަރުތުހަމަވާ ތިބީ ޖުމަލަ 429 މީހުންނެވެ. އެއިގެ ތެރެއިން 281 މީހަކު ދެވަނަ ޑޯޒް ޖަހާފއި ވުމުން އެއީ ޝަރުތު ހަމަވާ އާބާދީގެ %65.5 މީހުންނެވެ.

އިއްޔެ (15 އޭޕްރީލް)ގައި ފުވައްމުލައް ސިޓީއިން ކޮވިޑް-19ގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 55 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް 13 މީހަކު ޖަހާފައިވާ ކަމަށް ފުވައްމުުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

ކޮވިޑް-19 ވެކްސިން 2 ވަނަ ޑޯޒް ޖެހުން ފުވައްމުލައް ސިޓިގައި އިއްޔެ، 7 އޭޕްރީލް 2021ގައި ފަށައިފި

މިހާތަނަށް ފުވައްމުލައް ސިޓީއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 5454 މީހުންކަމަށް ފުވައްމުުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ. އެމީހުންގެ ވެކްސިްންގެ ފުރަތަމަ ޑޯޒް ޖަހާފައިވާގޮތަށް ބަލާއިރު ފައިތުވި ފެންރުއަރީމަހު 5-11 އަށް 295 މިހަކު ފުަތަމަ ޑޮޒް ޖަހާފައިވަނީކޯށް ވެކްސިން ޖެހުން ވަނީ މެދުކަނޑާލެވިަފއެވެ. އަދި އެއިގެފަހުން ފެބްރުއަރީ 16ގައި 58 މިހުން ފެންރުއަރީ 17ގައި 71 އެމީހުން އަދި ފެންރުއަރީ 18ގައި 300 މީހުންނެވެ. އޭޕްރީލް 15 ވަނަ ދުވަހަށް ދެވަނަ ޑޯޒް ޖެހުމުގެ ޝަރުތު ހަމަވާނީ މި 429 މީހުންނަށެވެ. އެއި އޭޕްރީލް 15 ވަނަ ދުވަހަށް ޝަރުތު ހަމަވާ 300 މީހުންނާއި ވެސް އެކުއެވެ.

ކޮވިޑ-19 ވެކްސިންގެ 2 ވަނަ ދޯޒް މިހާތަނަ ޖަހާފައިވާ މީހުންގެ ތަޖުރިބާއަށް ބަލާއިރު ދެވަނަ ޑޯޒް ޖެހުމުން ދިމާވާ އެހެން މައްސައްލަތައް (ސައިޑް އިފެކްޓްސް) ވަރަށް ބޮޑުތަނުން ކުޑަކަމަށް ފުވައމްުލަކު ޕަބްލިކް ހެލްތު ޔުންިޓުން ހާމަކުރައްވައެވެ. ވުމާއެކު ރޯދަމަހަށް ވިޔަސް ކޮވިޑް ވެކްސިްނގެ 2 ވަނަ ޑޯޒް އަވަހަށް ފުރިހަމަކުރުމަކީ ރައްކާތެރިކަން އަވަހަށް އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބަލަން ޖެހެއެވެ.

ފުވައްމުލައް ސިޓީގައި ދެ ވަނަ ޑޯޒް ޖަހަން ފެށި ދުވަސްވަރަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގެ އެންމެ ފޯރިގަދަ ދުވަސްކޮޅާއި ވޯޓުލުމުގެ ދުވަސްކަމަށް ވުމުން ގިނަބައެއްގެ ސަމާލުކަން ވެކްސިން ޖެހުމަށް ނުހުނާނަ ކަމަށް ގަބޫލުކުރަން ޖެހެއެވެ. އަދި ވޯޓުލި ދުވަހުގެ ފަހު ދުވސް ރޯދަމަހުގެ ފުރަތަމަ ދުވަހާއި ދިމާވުމުން ގިނަބަޔަކު އަޅުކަމަށް ދޭ ސަމާލުކަން ބޮޑުތަނުން އިތުރުވެގެން ދިއުމަކީ ވެސް ވެކްސިން އަވަހަށް ޖެހުމަށް ސަމާލުކަން ކުޑެވާނެ އެކަށީގެންވާ ސަބަބެއް ކަމަށް ބެލެވެއެވެ.

ކޮވިޑް-19 ވެކްސިން ފުރަތަމަ ޑޯޒް ޖަހާފައިވާ ގޮތް – ފުވައމްުލައް ސިޓީ

އަދި ރޯދަމަހުގައި ކޮވިޑް ވެކްސިން ޖަހައިދޭ ވަގުތު ކުރުވެފައި ރޭގަޑުގެ ވަގުތަށް އެކަނި ވުމުން ވެސް ވެކްސން ޖަހަން ދމީހުންގެ ނިސްބަތް ދަށްވެގެން ދާނެކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ޝަރުތު ހަމަވާ %65.5 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވުމަކީ އެހާ ދަށް އަދަދެއް ނޫންކަމުގައި ވެސް ބެލިދާނެއެވެ.

ހޮސްޕިޓަލުގެ މެނޭޖަރުގެ ބޭނުންވާނީ ވީހާވެސް އަވަހަކަށް 2 ވަނަޑޯޒް ވީއެންނެ ގިނަބަޔަކު ޖެހުންކަމަށް ގަބޫލުކުރެވެއެވެ. އެގޮތުން އަވަހަށް ދެވަނަ ޑޯޒް ޖަހަން ބާރުއެޅުމުގެ ގޮތުން އަދި ކުރީގައި ފުރަތަމަ ޑޯޒް ޖެހި ނިސްބަތުން ދުވަހެއްގެ މައްޗަށް ޖަހަމުން ނުދާތީ އޮތް ކަންބޮޑުވުމެއް ކަމަށް ގާބޫލުކުރެވެއެވެ.

މިއަދު އެޗްޕީއޭއިން ނެރުނު ވެކްސިން ފުރިހަމަކުރުމުން ކަރަންޓީނުވާން ނުޖެހި ދަތުރުފަތުރު ކުރެވޭ އުސޫލާއެކު ގިނަބަޔަކު ދެވަނަ ޑޯޒް ޖެހުމަށް އަވަސްވެގަންނާނެކަމަށް ބެލެވެއެވެ.

މިހާތަނަށް ފުވައްމުލައް ސިޓީއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 5454 މީހުންކަމަށް ފުވައްމުުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !