A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އަލުން ހުޅުވައިފި

އިއްޔެ ބޭއްވުނުން ފުވައްމުލަކު ޕަބް؛ިކް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު ފަލާޙު ވާހަކަ ދައްކަވަނީ.

ފުވައްމުލަކު ޕަބްލިކް ލައިބްރާރީ އަލުން ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ (16 އޭޕްރީލް 2021) ބާއްވައިފިއެވެ. މިއީ ކުރިން ދިގުވާޑު ކައުންސިލްގެ ދުވަސްވަރު އެ ކައުންސިލުން ހުޅުވި ލައިބްރަރީއެކެވެ. އަލުން މަރާމާތު ކުރުމަށްފަހު މި ލައިބްރައީ އާއްމުންނަށް ހުޅުވާލީ ފުވައްމުލައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

ލައިބްރަރީ އަލުންހުޅުވައި ދެއްވީ މޭޔަރ ފަލާޙު ޝަރީފެވެ. މިރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ތައުލީމީދާއިރާގެ ބައެއް އިސް ފަރާތްތަކުންނާއި ސިޓީ ކައުންސިލްގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.

ފުވައްމުލަކު ޕަބްލިކް ލައިބްރަރީ ހުންނަނީ އެމްޖޭއެސް ސްކޫލް ހިސާބުން ދިގުވާޑު އަވަށެގައެވެ. މި ލައިބްރަރީ އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު 13 ވަނަ ދުވަހު އެވެ.

އިއްޔެ ބޭއްވުނުން ފުވައްމުލަކު ޕަބް؛ިކް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތު.

އަލުން މިލައިބްރަރީ ހުޅުވުނު އިރު ތުއްތު ކުދިންނަށް ޚާއްސަބަޔަކާއި އިންޓްނެޓް ޚިދުމަތާއި ޕޮޓޯކޮޕީގެ ޚިދުމަތް ލިބޭގޮތަށް ވަނީ އިންތިޒާމުކޮށްފައެވެ. ލަބްރަރީ މެމްބަރުންނަށް ދުކުރާ ފޮތާއ،ި ‘ޝޯޓްލޯން’ އަދި ރިފަރެންސް ފޮތްތަކާއި މަޖައްލާ ފަދަ އިލްމީ ލިޔުންތައް ލައިބްރަރީގައި ބަހައްޓާފައިވެއެވެ. އާއްމުން ލައިބްރަރީގެ ބޭނުންހިފާ މިންވަރަކަށް ބަލައިގެން އަދި އިތުރު ޚިދުމަތްތައް ވެސް ތައާރަފުކުރަމުންދާނެ ކަމަށް ފުވައްމުލައް ސީޓީކައުންސިލުން ހާމަކޮށްފައި ވެއެވެ.

މި ލައިބްރަރީގެ ފުރިހަމަ ޚިދުމަތް ހޯދުމަށް މެމްބަރަކަށް ވާން ޖެހެއެވެ. އެގޮތުން މެމްބަރުން އަހަރީ ޗަންދާއެއް (ސަބްސްކްރިޕްޝަން) ދައްކަން ޖެހެއެވެ. ލައިބްރަރީތަކުން ނަގާ ކުޑަ ފީއަކީ އެފަދަތަންތަން ހިންގައި ބެލެހެއްޓުމަކީ އެކަށީގެންވާ އެއްޗެއް ނޫނެވެ. ލައިބްރަރީއެއް ހިންގޭނީ އެކަމަށް ބޭނުންވާ ބަޖެޓް ކޮންމެ އަހަރެއްގެ ވެސް ބަޖެޓްގައި ހިމެނި އެކަމަށް ފައިސާ ލިބިގެންނެވެ.

އިއްޔެ ބޭއްވުނުން ފުވައްމުލަކު ޕަބް؛ިކް ލައިބްރަރީގެ އެތެރެގައި ފޮތްތައް ހުރި ބައި

މި ލައިބްރަރީ ބޭނުންކުރުމާއި ގުޅޭގޮތުން ހަދާފައިވާ ގައިވާއިދު ފުވައްމުލައް ސިޓީ ކައުންސިލުން ،ދާދި ފަހުން އާއްމުކޮށް އިއުލާންކޮށްފައި ވެއެވެ.

ނަމަވެސް ރާއްޖޭގެ މާހައުލުގައި އާމުންނާއި ކިޔަވާކުދިން ވެސް ފޮތްކިޔުން މަދުކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ. އަދި ލައިބްރަރީ އަށް ޒިޔާރަތްކޮށް ކިޔެވުމުގެ މަސައްކަތުގައި އުޅޭ ކުދިން އެއްވެސް ވަރަކަށް ނުފެންނަ ކަމަށް އާއްމުން ބުނެއެވެ.

ފުވައްމުލައް ޕަބްލިކް ލައިބްރަރީ އަކީ އާއްމުންނަށާއި ސްކޫލު ކުދިންނަށް ވެސް ހުޅުވާލާފައިވާ ހަމައެކަނި ފުވައްމުލައް ސިޓީގެ ލައިބްރަރީއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގެ ކޮންމެ ސްކޫލެއްގައި ވެސް ވަކި ލައިބްރަރީއެއް ހުރެއެވެ. ނަމަވެސް އެ ލައިބްރަރިތައް ބޭނުންކުރެވެނީ ހަމައެކަނި އެސްކޫލެއްގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެކަނިކަމަށް ވެއެވެ.

އިއްޔެ ބޭއްވުނުން ފުވައްމުލަކު ޕަބް؛ިކް ލައިބްރަރީގެ ކުޑަކުދިންގެ ސެކްޝަން

ފާއިތުވި 2020 ވަނައަހަރު އޮކްޓޯބަރު މަހުގައި ފުވައްމުލައް ސިޓި ކައުންސިލުން ވަނީ މިލައިބްރަރީއަށް ފޮތް ހަދަޔާކުރުމަށް އާއްމުންނަށް ހުޅުވާލާފައެވެ. މި ލައިބްރަރީ އަލަށް ހުޅުވި ދުވަސްވަރު (2015) ވަނަ އަހަރު ޕާކިސްތާނު ސަރުކާރުން ވެސް މިލައިބްރަރީއަށް ފޮތް ހަދިޔާކޮށްފައި ވެއެވެ.

މިޒަމާނުގެ ކާމިޔާބު ލައިބްރަރީ ތަކަކީ އެތަންތަނުގައި ފޮތްކިޔުމުގެ އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، ވަކި ސްޓަޑީ އޭރިއާތަކާއި، ޑިސްކަޝަން ރޫމުތަކާއި، ސޯފާ ތަކާއި ކުޝަން ބެންޗުތަކާއެކު އެއާކޮންޑިޝަން ކުރެވިފައިވާ އާއްމު އޭރިއާތައް ހިމެނޭގޮތުން ކުދިންގެ ހިތްޖެހޭގޮތަށް ޑިޒައިންކުރެވިފައިވާ ތަންތަނެވެ. އިންޓަނެޓް އަދި ވައިފައި އާއިއެކު ކެފޭކެ ޚިދުމަތްވެސް ލިބޭ ގޮތަށް ތައްޔާރުކުރެވިފައިވާ ލައިބްރަރީތަކެވެ. މިފަދަ ލައިބްރަރީތަކަށް ހިނގާ ޚަރަދުގެ ބަދަލުގައި އެތަން ރައްޔިތުން ބޭނުންކުރުމަކީ ނުސީދާގޮތުން އެތައް ފައިދާތަކެއް ރަށަށް ލިބިގެންދާނެ ކަންކަމެވެ.

އިއްޔެ ބޭއްވުނުން ފުވައްމުލަކު ޕަބް؛ިކް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އުސް އަލިތައް.

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !