A wide advertisement which will be shown on all devices. (700 x 100)

މަޑުލު ވަހީދުގެ ދެ ފޮތެއް ފުވައްމުލައްކު ޕަބްލިކް ލައިބްރަރީއަށް ހަދިޔާކޮށްފި

މަޑުލު ވަހީދު- ދިވެހި އަދީބެއް

މަޝްހޫރު ދިވެހި އަދީބެއް ކަމަށްވާ މަޑުލު މުހައްމަދު ވަހީދުގެ ދެ ފޮތެއް ފުވައްމުލަކު ޕަބްލޮިކް ލައިބްރަރީއަށް ހަދިޔާކޮށްފިއެވެ. މަދުލު ވަހީދުގެ ފަރާތުން އެ ދެ ފޮތް ފުވައމްުލަކު ސިޓިކައުންސިލާއި ހަވާލުކޮށްދެއްވީ އަހުމަދު ސައީދު ރަންދުވަރު އެވެ.

މިކަމަށް އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލުގެ މީޓިންރޫމުގައި އިއްޔެ ބޭވުނު ކުޑަ ރަސްމިއްޔާތެއްގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ފޮތާއި ހަވާލުވެ ވަޑައިގަތީ ޑެޕިއުޓިމޭޔާ މުހައްމަދު ޟިރާރު އެވެ.

މަޑުލު ވަހީދުގެ ދެ ފޮތެއް ހަދިޔާކުރުން

މަޑުލު މުޙައްމަދު ވަޙީދު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން ފުވައްމުލައްކު ޕަބްލިކް ލައިބްރަރީއަށް ހަދިޔާ ކުރެއްވީ “ހަރުދަނާ ޝަޚުސިއްޔަތު” އާއި އެމަނިކުފާނުގެ ބައެއް ކުރުވާހަކަތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާ “މޯލްޑިވިއަން ޝޯޓް ސްޓޯރީސް” މި 2 ފޮތވެ.

މަދުލު ވަހީދުއަކީ ގިނައަދަދެއްގެ ދިވެހި ފޮތްތައް ލިޔުއްވާފައިވާ މަޝްހޫރު ލިޔުންތެރިއެވެ. ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލާތާއު ގުޅޭ ގޮތުން ގިނަ ސުރުޚީ ތަކަކަށް ފޮތާއި ނޫސް އާރޓިކަލްތައް މަޑުލު ވަހީދު ލިޔުއްވާފައި ިވެއެވެ. ުއެގޮތުން އެމަނިކުފާނަށް ވަނީ ގައުމީ ލިޔުންތެރިކަމުގެ ހިއްތަވރުދިނުމުގެ އިނާމު 1985ގައި އަދި ދިވެހި ނޫސްވެރިކަމުގެ ރަން ގަލުމުގެ އިނާމު 1993 ގައި ލިބިވަޑައިގެންފައި ވެއެވެ. މަޑުލުވަހީދަކީ ހެރިޓޭޖް މިނިނސްޓްރީގ ލެފާދޭ ކޮމެޓީގެ މެމްބަރެކެވެ.

ހެރިޓޭޖް މިނިނސްޓްރިއަސް ލަފާދޭ ކޮމެޓިގެ މެމްބަރުން ނަސީމާ މުހައްމަދު ކަލޭގެފާނު، އައްބާސް އިބްރާހިމް، ރައީސް ސޯލިޙު، އަބްދުﷲ ސޯދިގު، މުހައްމަދު ވަހީދު (މަޑުލު) 2019

މަޑުލުވަހީދުގެ ބައެއް ވާހަކަތައް

ވަހީދުގެ ކުރުވާހަކަތައް

ސަކީނާގެ ވާހަކަ

ހުސްނީ ނުވަތަ ކެހިވެރި ލޯބި

ވަކިވާން ޖެހުމުން

ބިލާހެއް

ހަދިޔާ 1، 2

ރާމާމަކުނާއި ކުޑަ

ކާޅާއި ސާރިދޯޅު

ކައުންޏާއި އިހި

ބަސްނާހާ ކެންގަރޫ

ބައްޕަގެ ނަސޭހަތް

އަންހެންދަރީނަށް މަންމަ ދޭ ނަސޭހަތް

އާފަލުގަހާއި ކުކުޅު

ކިޔަވާކުއްޖެގެ ގައިގައި ހުންނަވާ ސިފަތައް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން

މަޑުލު ވަހީދުގެ ބައެއް ފޮތްތައް

އިސްލާމް

އިސްލާމީ އަދަބު އަޚުލާގު

ނަމާދު

ﷲ (އައްލޯހު)

ދިރިއުޅުމުގެ ރަހަތައް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !