ފުވައްމުލައް ސިޓީ ކައުންސިލާއި ސްކޫލްތައް ގުޅިގެން ގެނެސްދޭ ދީނީ ފޯރަމް: ފުރަތަމަ ޕްރޮގްރާމް މިރޭ

ފުވައްމުލައް ސިޓި ކައުންސިލާއި ސްކޫލްތައް ގުޅިގެން ގެނެސްދާ ދީނީ ފޯރަމް 1442
Share on facebook
Share on twitter
Share on google

މި ރޯދަމަހާއި ގުޅުވައިގެން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރާ ދީނީ ފޯރަމް ގެ ފުރަތަމަ ޕްރޮގްރާމް މިރޭ އޮންނާނެއެވެ. ދީނީ ފޯރަމް 1442 ގެނަމުގައި ގެނެސްދޭ މިޕްރޮގްރާމަކީ ފުވައްމުލައް ސިޓީ ކައުންސިލާއި ސިޓީގައި ހިމެނޭ ސަރުކާރުގެ 4 ސްކޫލް ގުޅިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމުގައި ކީރިތި ގުއާނާއި ސުންނަތުގެ އަލީގައި ދީނީ ތަފާތު މައުޒޫތަކަށް ދަރިވަރުން ހުށަހެޅެއްވުންތައް ހުށަހަޅާނެއެވެ. އަދި އަދި އެކަމަށް ވާހަކަ ދެއްކުމަށާއި ބަިއވެރިންގެ ސުވާލުތަކަށް ޖާވަބު ދެއްވުމަށް ދިނީ އިލްމުވެރިންގެ ޕެނެލަކުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ފުވައްމުލައް ސިޓި ކައުންސިލާއި ސްކޫލްތައް ގުޅިގެން ގެނެސްދާ ދީނީ ފޯރަމް 1442

މިރޭގެ ޕްރޮގްރާމް ތައްޔާރުކޮށްފައި ވަނީ ފުވައްމުލަކު ސްކޫލްގެ ފަރާތުންނެވެ. މިރޭގެ މައުޒޫއަކީ ސޫފާސޫފި އެވެ. މިރޭ 9:30 އިން ފެށިގެން މިޕްރޮގްރާމް ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްއިން ވަގުތުން ބްރޮޑްކާސްޓް ކުރާނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމަށް ހާޒިރުވެގެންނާއި ފޭސްބުކް ލައިވް މެދުވެރިކޮށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް މިޕްރޮގްރާމުގައި ހިމެނެއެވެ.

ދީނީ ފޯރަމް ސިލްސިލާގެ ޕްރޮގްރާމްތައް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

1.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments