A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ އެޗްޕީއޭގެ މޮނިޓަރިން އަށް ލައިފި

ފުވައްމުލައް ސިޓީ 2 ވަނަ ފަހަރާ އެޗްޕީއޭގެ މޮނިޓަރިން އަށް - 6 މެއި 2021

އިއްޔެ (5 މޭ 2021) ފުވައްމުލަކު ހޮސްޕިޓަލުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފައިވާ ކަމަށް މިއަދު ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފިއެވެ. އެމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން އަށް މިއަދުން ފެށިގެން ފުވައްމުލައް ސިޓީ ވަނީ އެޗްޕީއޭގެ މޮނިޓަރިން އަށް ލާފައެވެ. މޮނިޓަރިން އަށް ލުމުން ރަށުން އަރާފޭބުން މަނާކުރެވެއެވެ. އަދި ޒަރޫރީ ބޭނުންތަކެއްގައި ނޫނީ ގެއިން ބޭރުގައި ނޫޅެވޭނެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި އެމީހާ ފްލޫ ކުލިނިކަށް ދެއްކީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުންނެވެ. އެ މީހާއަކީ ފާއިތުވި ދުވަސްތަކުގައި ރަށުން ބޭރަށް ދަތުރޮކޮށްފައިވާ މީހެއް ނޫން ކަމަށެވެ. އަދި އެއްވެސް ޕޮޒިޓިވް ކޭއްސް އެއްގެ ކޮންޓެކްޓެއް ނޫން ކަމަށާއި އަދި އެއްވެސް ގޮތަކުން ކަރަންޓީނު ކުރެވިފައިވާ މީހެއް ނޫނެވެ. ވުމާއެކު މިކޭސް ބެލެވެނީ ކޮމިއުނީޓި ތެރެއިން ފެނުން ގުޅުމެއް ނެތް ކޭސް އަކާއެވެ.

އިއްޔެގެ ޕޮޒިޓިވް ކޭސް އާއި ގުޅިގެން އާމުން ސަމާލުކަން މިބައްޔާއި މެދު އިތުރަށް ދޭންޖެހެއެވެ. އެއިން ދޭހަކޮށްދެނީ ރަށުތެރޭގައި ބަލި އުޅުމުގެ ފުރުސަތު އޮތްކަމެވެ. އެމީހާ އާއި ގުޅުމެއް ނެތް ބަލިހުރިނަމަވެސް ބަލީގެ އަލާމަތް ނުފެންނަ އެހެން މީހުން ވެސް ރަށުތެރޭގައި ތިބުމަކީ ގާތްކަމެއްކަމުގައި ބެލެވެއެވެ. އެއާއެކު ރަށުތެރޭގައި އުޅުމުގަިއ ގައިދުރުކަން ބެހެއްޓުމަށާއި މަސްކު އެޅުން އަދި އމީހަކާއި ބައްދަލުވާ މީހުންގެ އަދދު ވީވަރަކުން މަދުކުރުމަކީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކޮންމެ މީހަކަށްވެސް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ވުމާއެކު ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން މިހާރު ކުރިޔަށގެންދާކަމަށް ހާމަކުރައްވައެވެ. ފުވައްމުލައް ސިޓިއާއެކު ރާއްޖޭގެ 28 ރަށެއް މިހާރު ވަނީ މޮނިޓަރިން ޙާލަތުގައެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދުތައް 4 މެއި 2021، ވެކްސިން ޖެހުން މިހާރުވަނީ މެދުކަނޑާލާފައި

ފުވައްމުލައް ސިޓީގެ ރައްޔިތުން ރައްކާތެރިވެ ތިއްބެވުމަށާއި މި ބަލިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (Health Protection Agency) އިން ނެރެފައިވާ އިރުޝާދުތަކަށް އަމަލު ކުރެއްވުމަށް ވެސް ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.

މިއީ ފުވައްމުލައް ސިޓިއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 77 ވަނަ މީހާއެވެ. މިހާރު ބަލިގެ އެކްޓިވް 4 މީހުން ރަށުގައި އެބަތިއްބެވެ. މީގެ ތެރޭގައި އެކްޓިވް 1 ކޭސް އަކީ މާލޭއިން ޕޮޒިޓިވް ވިކޭސް އެއް މިވަގުތު ފުވައްމުލައް ސީޓީގައި ހުރުމުން ޖުމްލަ އެކްޓިވް 3 ކޭސް ވަނީއެވެ. އަދި 74 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފުވައްމުލައް ސިޓީގައި ދިރިއުޅޭ ކަމަށް ބެލެވޭ 10،705 މީހުންގެ %26.4 މީހުން ވަނިކޮވިޝީލްޑް 2 ވަނަ ޑޮޒް ފުރިހަމަކޮށްފައެވެ.

މިއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮތް (18 އަހަރުން މަތީ) 7735 މީހުންގެ %73.7 މީހުން ވަނީ ކޮވިދް-19 ވެކްސްިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ފާއިތުވި އަންގާރަ ދުވަހު (4 މެއި 2021) ގެ ނިޔަލަށް ކޮވިޑް-19 ވެކްސިންގެ 2 ވަނަ ޑޯޒް ފުވައްމުލައް ސިޓިއިން 2821 މީހަކު ފުރިހަމަކޮށްފައި ވެއެވެ. އަދި 5703 މީހަކު ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !