ފުވައްމުލައް ސިޓީގައި އެއްވުންތަކާއި ކުޅިވަރު މުބާރާތްތައް ހުއްޓާލުމަށް އަންގައިފި

މޭޔަރު ފަލާޙު ޝަރީފު މިއަދު ޕްރެސް ބްރީފިން އެއް ދެއްވާނެކަމަށް މައުލޫމާތު ލިބޭ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި އެކިއެކި އެއްވުންތަކާއި ހަފުލާއް އަދި ކުޅިވަރު މުބާރާތަތައް ކުރިޔަށްގެންދިއުން މިއަދު (6 މެއި 2021) އިން ފެށިގެން ހުއްޓާލުމަށް ފުވައްމުލައް ސިޓި ކައުންސިލުން އަންގައިފިއެވެ. މިކމާއި ގުޅިގެން މޭޔާ ފަލާޙު ޝިރީފު މިއަދު ބަޔާނެއް ދެއްވާނެކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލައް ސިޓީގެ އިއުލާނުގައި ވާގޮތުން ކުޅިވަރު މުބާރާތްތަކާއި، ޕާޓީތަކާއި، އެއްވުންތަކައި، ރޯދަވީއްލުންތަކާއި އަދި “ތަރާވީސް” (ގިނ ަމީހުންބައިވެރިވެގެން މެދެދަން ކެރުން) ފަދަ ހަރަކާތްތައް ނުބެއްވުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ވެސް ގިނަ މީހުން ބައިވެރިވެގެން ބާއްވާ އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ނުބޭއްވުމަށް އަންގާފައި ވެއެވެ.

މިފިޔަވަޅު ސިޓީ ކައުންސިލުން އެޅީ ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އިއުލާނުގައި ހާމަކޮށްފައި ވެއެވެ. އަދި އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން ނެރޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފައި ވެސް ވެއެވެ.

ނަމަވެސް މިރެއަކީި ފުވައްމުލައް ސިޓީ ކައުންސިލާއި ސްކޫލްތައް ގުޅިގެން ބާއްވަމުން އަންނަ ދީނީ ފޯރަމް 1442 ގެ 3 ވަނަ ޕްރޮގްރާމު ބޭއްވުމަށް ތާވަލް ކުރެފައިވާ ރެއެވެ. މިހަރަކާތް ދެން ކުރިޔަށް ދާނީ އޮންލައިންކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ދިނީ ފޯރަމް، ޏ.އޭއީސީގެ ދަރިވަރުން

ސިޓީ ކައުންސިލުން މިކަންކަން ހުއްޓާލުމަށް މިއެންގީ ފުވައްމުލައް ސިޓީގެ ކޮމިއުނީޓިއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނި، އެޗްޕީއޭއިން ފުވައްމުލައް ސިޓީ މޮނިޓަރިން އަށް ލުމާއި ގުޅިގެންނެވެ. އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން އެޗްޕީއޭއިން ރަށެއް މޮނިޓަރިން އަށް ލުމުން އެރަށަކުން އަރާފޭބުން ނުވަތަ ދަތުރުފަތުރު ކުރުން ހުއްޓުވައެވެ. ނަމަވެސް އެޗްޕީއޭގެ މޮނިޓަރިންއަށް ލަނީ ކޮންޓެކްޓް ޓްރޭސިންގެ މސައްކަތް ނިމެންދެނެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ އިއުލާނުގައި ހަރަކާތްތައް މިއަދުން ފެށިގެން ހުއްޓާލަން އެންގިއިރު މިކަންތައްތައް ހުޓުވާފައިވަނީ މުއްދަތެއް ނެތި އެވެ. ނުވަތަ މިއަމުރު ނިމޭނެ ގޮތެއް އަދި ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ފުވައްމުލައް ސިޓީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިއްޔެ (5 މޭ 2021) ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. ޕޮޒިޓިވްވި މީހާއަކީ ފާއިތުވި ދުވަސްތަކުގައި ރަށުން ބޭރަށް ދަތުރޮކޮށްފައިވާ މީހެއް ނޫން ކަމަށް ވުމާއި އެއްވެސް ޕޮޒިޓިވް ކޭއްސް އެއްގެ ކޮންޓެކްޓެއް ނޫން ކަމަށާއި އަދި އެއްވެސް ގޮތަކުން ކަރަންޓީނު ކުރެވިފައިވާ މީހެއް ނޫން ކަމަށް ވެއެވެ. ވުމާއެކު މިކޭސް ބެލެވެނީ ކޮމިއުނީޓި ތެރެއިން ފެނުން ގުޅުމެއް ނެތް ކޭސް އެއްކަމަށެވެ.

3.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments