ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި ގޭގެއަށް ފެންވަދެއްޖެ

މިަދު ފުވައްމުލަކު މަގުމަތީގަިއ ފެންގަނޑު ބޮޑުވެފައި. ފޮޓޯ: ހަސަން އަބްދު
Share on facebook
Share on twitter
Share on google

މިއަދު ހަވީރުން ފެށުގެން ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި ގޭގެގެ ތެރެއަށް ފެން ވަދެއްޖެއެވެ.

މިއަދު ހަވީރު ބޯކޮށް ވެހެން ފެށި ވާރޭއިން ވަނީ ފުވައްމުލައް ސިޓީގެ މަގުތަކާއި އޮޅުތައް ފުރިބަންޑުވެފައެވެ. އެއާއެކު ގޭގެގެ ތެރެއަށް ފެންވަންނަން ފެށިއެވެ. އިރު އޮއްސުނު އިރުވެސް ވާރޭ ވެހުން އެއްކޮށް ނުހުއްޓެއެވެ. އިރުއިރޮކޮޅާ ވާރޭ ކުޑަކޮށް ތުނިވެލާފައި ދެން އަނެއްކާވެސް ބޮކޮށް ވެހެނީއެވެ.

ގޭގެއަށް ފެން ވަނަ ނުދިނުމަށް ވެލިބަސްތާތައް ޖެހުމުގައި ގޭގޭގެ މީހންނާއި ބައެއް ޒުވާނުން ހަރަކާތްތެރިވަމުން ދެއެވެ. ގެތަކަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ނުލިބެއެވެ. ނަމަވެސް ބައެއް ގެގޭގެ އެތެރޭގައި ފެންގަޑު ބޮޑުވެފައި ވެއެވެ.

މިއަދު ބައެއް ގޭގެ ތެރެއަށް ފެންގަނޑު ވަދެފައި. ފޮޓޯ : އަލީ ޝަރީފު

ބޮޑުވެފައިވާ ފެންގަޑު ހިންދާލުމަށް ފަޔާ އެންޑް ރެސްކިއު ޓީމާއި ފުވައްމުލައް ސިޓީ ކައުންސިލުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ފުވައްމުލައް ސިޓިަގއި ފެންހިންދުމަސ ްހަދާފައިވާ ކާނުތަކުގެ ބޭނުން އެނެމް އެދެވޭ ގޮތެއްގަިއ ސިޓީ ކައުނސިލުން ނުހިފުމުގެ ސަބަބުން ރަށުތެރޭގައި ބޯޑުވާ ފެންގަޑު ހިންދާލުމަށް ބޮޑު ޚަރަދު ކުރަން ޖެހޭ ކަމަށާއި އަދި ފެންގަނޑު ހިންދާލުމަށް އެކަށީގެންވާ ވަރަށްވުރެ މާގިނަ ވަގުތު ނަގާ ކަމަށް އެމަސައްކަތަށް ފާޑުކިޔާ ފުވައްމުލަކުގެ މީހަކު ހާމަކުރިއެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި މީހަކު ބުނި ގޮތުން މިފަހަރުގެ ވާރޭ މިދިޔަ މާރިޗު މަހު ކުރި ވިއްސާރައިގައި ވެހުނު ވާރެއަށް ވުރެ ވެސް ގިނަކަމަށެވެ. އެއީ އެފަހަރު ފެންގަޑު ބޮޑުވެގެން އެގޭގެ ތެރެއަށް ނުވަންނަ ވަރަށް މަހާރު ވެސް ފެންގަނޑު ވަދެފައިވާތި ކަމަށެވެ.

މިއަދުގެ މޫސުމީ ރީނދޫ ސަމާލު

މިއަދުވަނީ ވަނީ ދެފަހަރެއްގެ މަތިން ފުވައްމުލައް ސިޓީ ހިމެނޭ ގޮތުން ދެކުނުގެ 4 އަތޮޅަށް މުސުމީ އޮރެންޖު ސަމާލު ނެރެފައެވެ. އެންމެ ފުރަތަމަ ނެރުނީ ހަވީރަށެވެ. މިހާރު ވަނީ މިރެއަށް ވެސް އޮރެންޖް ސަމާލު ނެރެފައެވެ. މިހަފުތާގައި ވަނީ މޫސުމީ ހުދު ސަމާލު އާއި މޫސުމީ ރީނދޫ ސަމާލު ވެސް ފުވައްމުލައް ހިމެނޭ ސަރަހައްދަށް ނެރެފައެވެ.އަދި މޫސުމާ ބެހޭ އިދާރއިން ވަނި މޫސޫން ގޯސްވެ ބޯކޮށް ވާރޭވެހިދާނަކަމަށް ތައްޔާރުވެ ތިބުމަށް އާއްމުންގެ ސަމާލުކަމަށް ވެސް ގެނެސް ފައެވެ. ނަމަވެސް އާއްމު މީހުން މިކަމަށް އެހާ ބޮޑަށް ފަރުވާ ބަހައްޓާ ކަމަށްކަށް ނުވެއެވެ. އެއިގެސަބުބުން ލިބޭ ގެއްލުން ތައް ބޮޑުވެގެން ދެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments