A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ޚާއްސަފިޔަވަޅުތައް ހަރުކަށިކޮށް އިތުރަށް ދަންމާލައިފި

ކާފިއުގެ މުއްދަތު ހަރުކަށިކޮށް ދިގ

ކޮވިޑް-19އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި އަޅާފައިވާ ޚާއްސަފިޔަވަޅުތައް ހަރުކަށިކޮށް، އިތުރު އެއްހަފުތާއަށް ދިގު ދަންމާލައިފިއެވެ. މިއަދު، 20 މެއި 2021 އިން ފެށިގެން މިމަހު 26 ވާ ބުދަދުވަހުގެ ނިޔަލަށް މިވަނީ ކާފިއުގެ މުއްދަތު އިތުރުކޮށްފައެވެ.

އެންމެ ފަހުން ފުވައްމުލައް ސިޓީގައި އެޗްޕީއޭގެ ޚާއްސަ ފިޔަވަޅުތައް އަޅާފައިވަނީ 13-19 މެއި 2021 ގެ ނިޔަލަށެވެ. އެޗްޕީއޭގެ ޚާއްސަ ފިޔަވަޅުތައް އަޅަނީ މޮނިތަރަށް ލުމަށްފަހުއެވެ. އެގޮތުން އަދިވެސް ފުވައްމުލައް ސިޓީ އޮތީ އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތުގައެވެ. ކުރިން ހަވީރު 6؛00 އިން ފެށިގެން އޮތް ކާފިއު މިވަނީ ހަވީރު 4؛00 އިން ފަތިހު 4؛00 އަށް ކުރިޔަށް ޖައްސައި ވަގުތު އިތުރުކޮށްފައެވެ.

ކާފިއުގެ ފިޔަވަޅުތައް

ފުވައްމުލައް ސިޓީ އާއިއެކު އައްޑޫ ސިޓީގައި ވެސް ވަނީ މިފިޔަވަޅުތައް އަޅާފައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އަދި ލ. ގަމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފިއެވެ.

ފުވައްމުލައް ސިޓީ އަޅަފައިވާ ފިޔަވަޅުތަކަކީ:
1. ހަވީރު 4:00ން ފެށިގެން ފަތިހު 4:00ށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
2. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
3. އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުން.
4. ފުވައްމުލައް ސިޓީއާއި ލ. ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުން.
5. އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
6. އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
7. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
8. ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
9. ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
10. ފިހާރަތަކުން ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.
11. ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުއްޓައިލުން.
12. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް، ކާފިއު ވަގުތުގައި ޓޭކްއަވޭގެ
ޚިދުމަތެއް ނުދެވޭނެ.

ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި، އިމަޖެންސީކޮށް ސިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަކުގެ އިތުރުން އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !