މާދަމާއިން ފެށިގެން އެއް ހަފުތާއަށް ބިދޭސިން ގެއަށް ގެނެސްގެން މަސައްކަތް ކުރުން ހުއްޓާލުމުގެ އަމުރު ނެރެފި

ކޮވިޑް-19 ގެ މައުލޫމާތު ބަންގްލާދޭޝް މީހުންނަށް ދިނުމަށް ބޭއްވި ބައްދަލުވުން. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
Share on facebook
Share on twitter
Share on google

މާދަމާ 27 މެއި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފުތާއަށް (2 ޖޫން 2021 އާއި ހަމަޔަށް) ބިދޭސިން ގެއަށް ގެނެސްގެން މަސައްކަތް ކުރުން ހުއްޓާލުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އަމުރު ނެރެ އިއުލާންކޮށްފިއެވެ.

މިއަދު ނެރުނު ސިޓީ ކައުންސިލުގެ އިއުލާނުގައިވާ ގޮތުން މިގޮތަށް ފިޔަވަޅު އަޅަން ޖެހުނީ މިދުވަސްވަރު ފުވައްމުލައް ސިޓީގައި ހަލުއިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންނެވެ.

އެގޮތުން މަސައްކަތް ކުރުން މަނާކުރާ ބީދޭސީންގެ ތެރޭގައި އެގެއްގައި ދިރިއުޅޭ ޑޮމެސްޓިކް ސާވެންޓް ނުވަތަ އެގެެއްގެ މަސައްކަތަކަށް ގެނެސް އެގޭގައި ހުރެގެން މަސައްކަތް ކުރާ މީހުން ނުހިމެނޭ ކަމަށް ރޭ ބޭއްވި ނިއުސް ބްރީފިންގައި ސިޓީ ކައުންސިލުގެ ފަރާތުން ވަނީ ހާމަކޮށްފައި ވެއެވެ.

ސިޓީ ކައުންސިލުގެ އިއުލާނުން މަނާ ކުރަނީ ރަށުތެރޭގައި އެއްގެއިން އަނެއްގެއަށް މަސައްކަތް ކުރުމަށް ދާ މީހުންގެ ވާހަކަ ކަމަށް ރޭގައި ހާމަކޮށްފައި ވެއެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 39ވަނަ މާއްދާގެ ބައެއް

މިފިޔަވަޅު އަޅާފައިވަނީ ލާމަރުކަޒީ ގާނޫނުގެ 39 ވަނަ މާއްދާގެ ޓ. އަދި ޗ. އާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ކަމަށް މޭޔަރު އިސްމާއީލް ރަފީޤު ސޮއިކުރައްވައި ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވެއެވެ.

ލާމަރުކަޒީ ޤާނޫނުގެ 39 ވަނަ މާއްދާގެ ހ، ޓ އަދި ޗ.

މި ފިޔަވަޅުތަކާއި ޚިލާފުވާ ފަރާތްތަކާއި މެދު ލާމަރުކަޒީ ގާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް ބަޔާކޮށްފައި ވެއެވެ. އެމާއްދާގައި ވަނީ ސިޓީ ކައުންސިލަށް ގާނޫނީގޮތުން ލިބިފައިވާ ބާރެއްގެ ދަށުން ކުރާ އަމުރަކާއި ޚިލާވުވެއްޖެ ނަމަ އެކުރާ ކުށުގެ ކުޑަބޮޑު މިނަށް ބަލއި 500 ރުފިޔާއާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާއިނާ ކުރެވޭނެ ކަމަށެވެ.

ފުވައްމުލައް ސިޓީގައި ގަވާއިދާއި ޚިލާފަށް ދިރިއުޅެ ބިދޭސިން ގަވާއިދަށް ފެއްތުމުގެ ގޮތުން މައުލޫމާތު ދިނުމަށް 2019ގައި ބޭއްވި ސެޝަނަކަށް ގިނަ އަދަދެއްގެ ބިދޭސިން ހާޒިރުވެފައި

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments