ކޮވިޑް-19 އަޕްޑޭޓް: ޕޮޒިޓިވްވާ އަދަދުތަށް އަދިވެސް ދަނީ މައްޗަށް

ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް - ދުވަހުން
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދުތައް އަދިވެސް ދަނީ މައްޗަށެވެ. އެގޮތުން އިއްޔެ ވެސް 24 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. އެއިގެތެރެއިން 12 މީހުންނަކީ ބިދޭސީ މަސައްކަތު މީހުންނެވެ. މިހާރު ނިސްބަތުން ބިދޭސިން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަ ވެއެވެ.

މިދުވަސްވަރު ބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ސިޓީގެ ކޮމިއުނިޓީއިން ނަގާ ސާމްޕަލް ތަކާއި ފްލޫ ކުލިނިކަށް ދައްކާ މީހުންގެ ސާމްޕަލްތަކުން މުޅިންހެން ވެސް ބައްޔަށް ޕޮޒިޓިވް ވަމުން ދިއުމެވެ. މިއީ ކޮންޓްރޯލް ކުރަން ވެސް ގޮންޖެހުން ބޮޑު ގްރޫޕެކެވެ. އެއީ އެމީހުން އުޅޭ ތަންތަން ނޭގުމާއި، ބައްޔާއި މެދު އެމީހުންގެ ހޭލުންތެރިކަން ކުޑަވުމާއި ބަސް ނޭނގުމުގެ ސަބަބުން އެމީހުންނާއި މުއާމަލާތު ކުރަން ކަމާއި ބެހޭފަރާތްތަކަށް ދަތިވުމާއި ބަލިން ރައްކާތެރިވުމުގެ ކަންކަމަށް އެމީހުންގެ އެއްބާރުލުން ލިބޭ މިންވަރު ކުޑަވުމުން ކަމަށް ކަމާއި ގުޅުން ހުރި ފަރާތްތަކުން ހާމަކުރާ މައުލޫމާތު ތަކުން ހާމަވެއެވެ.

ރޭންޑަމް ސާމްޕަލް ތަކުން މުޅިންހެވެސް ޕޮޒިޓިވް ވަމުން ދަނީ ބިދޭސީ މަސައްކަތު މީހުންނެވެ. ވުމާއެކު އެފަދަ ފަރާތްތަށް މީހުން އުޅޭ ގޭގެއަށް މަސައްކަތް ކުރުމަށް މިދުވަސްވަރު ނުގެންދިއުމަށް ސިޓީ ކައުންސިލުން ވެސް ވަނީ އަންގާފައެވެ. އެމީހުންނަކީ ގިނަ ގެތަކަށް މަސައްކަތް ކުރުމަށް ދާ ބައެއް ކަމުން ބަލި ފެތުރުމުގެ ފުރުސަތު އެމީހުންގެ ފަރާތުން ބޮޑެވެ. މިދުވަސްވަރު އެމީހުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުން މުހިންމު ކަމަށް އާއްމުންވެސް އަންނީ ބުނަމުންނެވެ.

ސާމްޕަލް ނަތިޖާ ލިބޭ ނިސްބަތުން ކޮވިދް-19 ބައްޔަށް ޕޮޒިޓިވް ވާ ރޭޓް- ފުވައްމުލއް ސިޓީ

މިހާރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް 246 މީހުން އެބަތިއްބެވެ. އެއިގެ ތެރެއިން 35 މީހުންނަކީ ބިދޭސީންނާއި 212 ދިވެހިން ކަމަށެވެ. ބަލިން އިއްޔެ 6 މީހަކު ރަނގަޅުވެގެން ދޫކޮށްލާފައިވާ އިރު ޖުމްލަ ރަނގަޅުވެފަ ވަނީ  130 މީހުންނެވެ. މިހާތަނަށް ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް 408 މީހުންނަށް ބަލި ޖެހިފައި ވެއެވެ.

އިއްޔެ ބައްޔަށް ޕޮޒިޓިވްވި 24 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީނުން 0

ފްލޫ ކްލިނިކުން 9 (މުޅިން ވެސް ބިދޭސިން)

ކޮންޓެކްޓުންގެ 12

ރޭންޑަމް ސާމްޕަލިންގެ 3 (މުޅިން ވެސް ބިދޭސިން) އެވެ.

ސާމްޕަލް ނަތީޖާ – ނުލިބި ޕެންޑިންއަށް ދާ މިންވަރު މިވަނީ ދަށްވާން ފަށާފައި

އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 188

ނަތީޖާ ނުލިބޭ 173 އެކަމަކު ބެކްލޮގް ގައި 9 ސާމްޕަލް ކަމަށް

ނަތީޖާ ލިބުނު 104 (24 ޕޮޒިޓިވް ރޭޓް %23)

މިހާތަނަނށް 11870 ސާމްޕަލަ އަދި ކޮންޓެކްޓް ޓްރޭސިންގެ 1083 ސާމްޕަލް ހިމެނޭކަމަށް ޚަދިޖާ ވިދާޅުވިއެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 840 ގެއެއް ވަނީ މޮނިޓަރިން ޙާލަތަށް ގެނެވިފައި ކަމަށް ވިދާޅުވިއެވެ.

ރޭގެ ޕްރެސް ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ކްލިނިކަލް ހެޑް ޚަދީޖާ އަބްދުލް މަޖީދު ވިދާޅުވީ މިހާރު ފޮނުވާފައިވާ ސާމްޕަލް ތަކުން ޓެސްޓްނުކުރެވި (ބެކްލޮގް) ހުރީ އެންމެ 9 ސާމްޕަލް ކަމަށެވެ.

ނަމަވެސް އިހަށް ރޭ އާއްމުކޮށްފައިވާ ޓެސްޓް ކުރުމަށް ފޮނުވައިގެން ނަތީޖާ ނުލިބޭ 237 ސާމްޕަލް ހުއްޓެވެ. އަދި ރޭ ނަތީޖާ ލިބިފައި ވަނީ 104 ސާމްޕަލެވެ. ވުމާއެކު މި ދެ އަދަދުގެ ތަފާތު 133 އެބަހުއްޓެވެ. ނަމަވެސް ބެކްލޮގްގައި 9 ސާމްޕަލެއް އެކަނި އޮތީ ކީއްވެގެންތޯ މިކަލް ނޫހުން ސުވާލުކުރުމުން ވިދާޅުވި ބައެއް ސާމްޕަލް ތަކަކީ އިންކޮންކްލޫސިވް ނަތީޖާތަކަށްވެ، އެސާމްޕަލްތައް އަލުން ނަގައި ޓެސްޓް ކުރުމަށް ފޮނުވާތީ ކަމަށެވެ. ނަމަވެސް ދެބައިކުޅަ އެއްބައި ސާމްޕަލްތަކަށް ވުރެންވެސް ގިނައިން (%52.3) އިންކޮންކްލޫސިވް ނަތީޖާ އައުމަކީ ސުވާލު އުފެދޭކަމެކެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

އިއްޔެގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 3 މީހުން، މިހާތަނަށް ޖުމްލަ 5792

އިއްޔެގެ 2 ވަނަ ޑޯޒް ޖަހާފައި ވަނީ 6 މީހުން މިހާތަނަށް ޖުމްލަ 3067

ރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ

1.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments