A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އަޕްޑޭޓް: ފުވައްމުލައް ސިޓީއިން ޕޮޒިޓވް ވާ އަދަދު އަދިވެސް ދަށެއް ނުވޭ

ސާމްޕަލް ނަތީޖާ ލިބޭ ނިސްބަތުން ކޮވިށް-19 ބައްޔަށް ޕޮޒިޓިވް ވާ ރޭޓް- ފުވައްމުލއް ސިޓީ

ފުވައްމުލައް ސިޓީގެ ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދުތައް އަދިވެސް ދަށެއް ނުވާ ކަމަށްވެ ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕރޭޝަން ސެންޓަރު ރޭ ހަމަކުރި މައުލޫމާތު ތަކުން ހާމަވެއެވެ. ކުރީ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6؛00 އަށް 19 މީހުން ޕޮޒިޓިވް ވިއިރު ރޭގައި ވަނީ އިތުރު 15 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މި އެންމެންނަކީ ވެސް މި މެއި މަހު 15ގެ ސާމްޕަލް ތަކުން ޕޮޒިޓިވް ވި މީހުންކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ކްލިނިކަލް ހެޑް ޚަދީޖާ އަބްދުލް މަޖީދު ވިދާޅުވިއެވެ. އަދިވެސް ގިނައަދަދަކަށް ބިދޭސިން ބައްޔަށް ޕޮޒިޓިވް ވަމުންދާކަން ފާހަގަ ކުރެއްވިއެވެ.

މިހާރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް 268 މީހުން އެބަތިއްބެވެ. އެއިގެ ތެރެއިން 42 މީހުންނަކީ ބިދޭސީންނާއި 226 ދިވެހިން ކަމަށެވެ. މިރޭގެ އަދަދުތައް އިއްޔެގެ އަދަދުތަކާއި ދިމާނުވެދާނެކަމަށެވެ. އެއީ ކުރިން އައްޑޫ ސިޓީއަށް އިތުރު ފަރުވާ އަށް ފޮނުވި 2 މީހަކު އެކްޓިވް ކޭސްގެ ގޮތުގައި އަނބުރާ ރަށަށް އައިސްފައިވުމުން އެމީހުންވެސް އެކްޓިވް ކޭސްގެ ތެރެގައި ހިމެނޭތީ ކަމަށް ވިދާޅުވިއެވެ.

އިއްޔެގެ ޕޮޒިޓިވް ވި އަދަދުތަކާއެކު މިހާތަން ފުވައްމުލައް ސިޓީއިން  ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލައަކީ 427 އެވެ. އަދި 160 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެއްވެސް މީހަކު ހާލަތު ގޯސްވެގެން އިތުރުފަރުވާދިނުމަށް ކޮވިޑް ފެސިލިޓީގައި އެނދުމަތިކޮށްފައެއް ނެތެވެ.

ރޭ ބޭއްވި ފުވައްމުލައް ސިޓީ އިއޯސީގެ ނޫސްވެރިންގެ ބައްދަލުވުން. 26 މެއި 2021

ރޭގެ ޕްރެސް ބްރީފިން ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލުން ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ޑިރެކްޓާ  އަލީ މަސީހު އާއި ފުވައްމުލަކު ހޮސްޕިޓަލުން ކްލިނިކަލް ހެޑް ޚަދީޖާ އަބްދުލް މަޖީދު އާއި ފުވައްމުލަކު ޕޮލިސް އިން މޫސާ ލަތީފު އެވެ.

އިއްޔެ ބައްޔަށް ޕޮޒިޓިވްވި 19 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީނުން 1

ފްލޫ ކްލިނިކުން 0

ކޮންޓެކްޓުންގެ 12

ރޭންޑަމް ސާމްޕަލްގެ 6 އެވެ.

ރޭންޑަމް ސާމްޕަލް ތަކުން މުޅިންހެވެސް ޕޮޒިޓިވް ވަމުން ދަނީ ބިދޭސީ މަސައްކަތު މީހުންނ ކަމަށް އިއްޔެ ރޭ ފާހަގަ ކުރެއްވި ނަމަވެސް މިރޭގެ ރޭންޑަމް ސާމަޕލުން ޕޮޒިޓިވްވީ ކޮން ފަރާތްތަކެއްކަން ހާމަކުރައްވާފައެއް ނުވެއެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލައް މީހަކު ބުނި ގޮތުގައި ބިދޭސީ މަސައްކަތްތެރިން އުޅެނީ ބަލިޖެހުނަސް ކަމާއި ބެހޭ ފަރާތްތަކަށް ފިލައުގެން އުޅުމަށެވެ. އަދި ޚާއްސަކޮށް ކޮންޓެކްތްޓްރެސިންގެ މައުލޫމާތުތައް އެމީހުން ސިއްރުކުރާ ކަމަށެވެ. އެއްގެއެއްގައި އުޅެ މީހުންގެ ތެރެއިން އެކަކު ޕޮޒިޓިވްވާކަން އެނގޭ އިރަށް އަވަހަށް އެގޭގައި ތިބޭ ޑައިރެކްޓް ކޮންޓެކްޓްން އެހެންގެތަކަށް ބަދަލުވެ ‘ފިލާ’ ކަމަށެވެ. އަދި އެމީހުންގެތެރެއިން ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދަނީވެސް މަދު ބައެއް ކަމަށާއި ދާ މީހުންވެސް ދަނީ ހާލަތު މާ ބޮޑަށް ގޯސްވެގެން ހަނދާނެ އެހެން ގޮތެއް ނެތިގެން ކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އަވަށްތަކުގައި މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް ވޮލަންޓިއަރުންގެ އަވަށު ޓީމުތަކެއް ނަގާފައި ކަމަށް ހާމަކޮށްފައި ވެއެވެ. މިދުވަސްވަރު ބިދޭސީން ގޭގެ މަސައްކަތަށް ނުގެނައުމަށް ސިޓީ ކައުންސިލުން އެދިފައި ވިޔަސް އެކަން އެގޮތަށް ނުހިގަފާނެކަމަށް މިކަލް ނޫހާއި ވާހަކަ ދެއްވި މީހަކު ބުންޏެވެ. އެއި ފުވައްމުލައް ސިޓީގެ ގިނަ ގޭތަކެއްގައި އާއްމު ގެތެރޭގެ މަސައްކަތް ކުރުމަށް ބިދޭސީން ގެންގުޅުމުގެ އާދައެއް އަށަގެންފައި ވުމުންނެވެ.

އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 106 (ފްލޫ ކްލިނިކް 11، ހޯމްކަރަންޓީން 21، ކޮންޓެކްޓް ޓްރޭސިން 71)

ނަތީޖާ ނުލިބޭ 201 (މިސާމްޕަލް ތަކަކީ 25، 26 މެއި ގެ ސާމްޕަލްތައް)

ނަތީޖާ ލިބުނު 110 (24 ޕޮޒިޓިވް ރޭޓް %17)

ސާމްޕަލް ނަތީޖާ ނުލިބި ޕެންޑިންއަށް ދާ މިންވަރު މިވަނީ ދަށްވާން ފަށާފައި

ނަތީޖާ ނުލިބޭ 201 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކް 25، ހޯމް ކަރަންޓީން 2، ކޮންޓެކްޓް ޓްރޭސިން 94 އަދި ރޭންޑަމް ސާމްޕަލަގެ 80 އެވެ. ރޭގައި ވެސް އިތުރު ނަތީޖާތަކެއް ލިބިފައިވާތީ މިހާތަނަށް ނުލިބި ހުރި ޕެންޑިން ސާމްޕަލްގެ އަދަދު ވަރަށް ބޮޑުތަން މަދުވާނެ ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.

މިހާތަނަނށް 11976 ސާމްޕަލް ނެގިފައިވާކަމަށް ޚަދިޖާ ވިދާޅުވިއެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 411 ގެއެއް ވަނީ މޮނިޓަރިން ޙާލަތަށް ގެނެވިފައި ކަމަށް ވިދާޅުވިއެވެ. މި ގެތަކުގައި ހައިރިސްކު 177 މީހުނާއި ރޯގާގެ އަލާމަތް ހުރި 400 މީހުން ހިމެނެއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

އިއްޔެގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 3 މީހުން، މިހާތަނަށް ޖުމްލަ 5801

އިއްޔެގެ 2 ވަނަ ޑޯޒް ޖަހާފައި ވަނީ 6 މީހުން މިހާތަނަށް ޖުމްލަ 3080

ޕޮލިސް މޮނިޓަރިން

ރޭގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ ފަރާތުން ވިދާޅުވީ 95 މީހަކު އެޗްޕީއޭގެ އުސޫލާއި ޚިލާފަށް މާސްކު ނާޅާއި އުޅުމުން ޖޫރިމާނާ ކޮށްފައިވާ ކަމަށެވެ. އަދި ފުލުންވެސް އަންނަނީ ޑިއުޓީގެ ވަގުތު ދިގުކޮށްގެން ނާއި އޮފް ޑިއުޓީގައި ތިބި މީހުން ބޭނުންކޮށްގެން ރަށުގެ އެކިހިސާބުން މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުން ކަަމަށެވެ.

ފުވައްމުލައް ސިޓީ ފުލުހުންގެ ތެރެއިން ކޮވިޑް-19 އަށް 4 މީހަކު ޕޮޒިޓިވްވި ކަމަށާއި އަދި 13 މީހަކު ކަރަންޓީނު ކުރަން ޖެހުނުމަމަށެވެ. ނަމަވެސް އެކަކު މިހާރު ރަނގަޅުވެ އަދި އިތުރު މީހުން ޑިއުޓީއަށް ނުކުމެފައިވާކަމަށެވެ.

އެގޮތުން ރަށުތެރޭގައި ކޮވިޑްގެ ކަންކަމުގެ އިތުރުންވެސް ވައްކަމާއި އެދި އެނޫންވެސް ކަންކަން ބަލަހައްޓަން ޖެހޭ އެހެން ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރުމުން އަންނަކަމަށެވެ. އަދި އާއްމު އުސޫލުތަކާއި ޚިލާފުވެގެން ކުރެވޭ ރިޕޯޓްތައް ދޫކޮށްނުލައި އެކަންކަން ބަލަމުން ދާކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !