ފުވައްމުލައް ސިޓީގެ ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދުތައް އިއްޔެ ދަށްވި ނަމަވެސް އިއްޔެ ނަތީޖާ ލިބިފަިއވަނީ ނިސްބަތުން މަދު އަދަދެއްގެ ސާމަޕަލްތަކެއް ގެއެވެ. އިއްޔެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 6 މީިހުންނެވެ. ކުރީ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް ނަތީޖާ ލިބިފައި ވަނީ 78 ސާމްޕަލެއްގެއެވެ.
އިއްޔެގެ އަލަށް ޕޮޒިޓިވްވި 6 މީހުނާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް މީހުންގެ އަދަދު މިވަނީ 254 އަށް ދަށްވެފައެވެ. އެއިގެ ތެރެއިން 57 މީހުންނަކީ ބިދޭސީންނާއި 197 ދިވެހިން ކަމަށެވެ. އިއްޔެގެ ޕޮޒިޓިވް ވި އަދަދުތަކާއެކު މިހާތަން ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލައަކީ 469 އެވެ. އަދި 210 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރޭގެ ޕްރެސް ބްރީފިން ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލުން ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލްގެ އިތުރުން ޑިރެކްޓާޖެނެރަލް އަހުމަދު ނިޖާހު އާއި ފުވައްމުލަކު ހޮސްޕިޓަލުން ކްލިނިކަލް ހެޑް ޚަދީޖާ އަބްދުލް މަޖީދު އެވެ.

ރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 29 މެއި 2021
އިއްޔެ ބައްޔަށް ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ:
ހޯމް ކަރަންޓީނުން 0
ފްލޫ ކްލިނިކުން 2
ކޮންޓެކްޓުންގެ 4
މީގެ ތެރެއިން 3 މީހުންނަކީ ދިވެހިންނެވެ އަދި ބިދޭސީ އެކަކު ހިމެނެއެވެ.
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 105 (ފްލޫ ކްލިނިކް 13، ހޯމް ކަރަންޓީން 10، ކޮންޓެކްޓް ޓްރޭސިން 80، އަދި އެކްޓިވް ސާވޭލަންސްގެ ތެރެއިން 2)
ނަތީޖާ ނުލިބޭ 80
ނަތީޖާ ލިބުނު 78 (24 ޕޮޒިޓިވް ރޭޓް %7.7
މިހާތަނަނށް 12،123 ސާމްޕަލް ނެގިފައިވާކަމަށް ޚަދީޖާ ވިދާޅުވިއެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 381 ގެއެއް ވަނީ މޮނިޓަރިން ޙާލަތަށް ގެނެވިފައި ކަމަށް ވިދާޅުވިއެވެ. މި ގެތަކުގައި ހައިރިސްކު 188 މީހުނާއި ރޯގާގެ އަލާމަތް ހުރި 415 މީހުން ހިމެނެއެވެ. މިހާރު މިވަނީ ބައްޔަށް ޓެސްޓްކޮށް ނަތީޖާ ލިބުން އެކަށީގެންވާ ރަނގަޅު މިންގަޑެއްގައި ހިފެހެއްޓިފައެވެ. އިއްޔެ ފުވައްމުލައް ސިޓީއަށް މޫސުން ގޮސްވުމުން ސީ އެމްބިއުލެންސްގައި ސާމްޕަލްތައް ފޮނުވަން ފެށި ދަތުރު އަނބުރާ ރަށަށް އަންނަން ޖެހުމުން ނަތީޖާތައް ވަނީ ނުފޮނުވިފައެވެ. ނަމަވެސް މިއަދު ހެނދުނު އަލުން އެނަތީޖާތައް ފޮނުވުމަށް ވަނީ ރޭވިފައެވެ. މިހާރު ނަތީޖާ ފޮނުވަނީ މުޅިންވެސް އައްޑޫ ސިޓީއަށެވެ. މާލެފޮނުވުމަސްވުރެ އައްޑޫ ސިޓީއަށް ފޮނުވުމުން ނަތީޖާ ލިބޭލެއް އަވަސް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.
ކޮންޓެކްޓުންގެ ތެރެއިން އައސޮލޭޓް ކުރެވުނު 380 މީހުން ދޫކޮށްލެވިފައިވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް
އިއްޔެގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 3 މީހުން، މިހާތަނަށް ޖުމްލަ 5801
އިއްޔެގެ 2 ވަނަ ޑޯޒް ޖަހާފައި ވަނީ 6 މީހުން މިހާތަނަށް ޖުމްލަ 3080
ފުވައްމްުލަކު އާބާދީގައި ހިމެނޭ މީހންގެ ތެރެއިން އުމުރުން 55 އަހަރުން މަތީގެ 623 މީހަކު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިވާ ކަން ފުވައްމުލަކު ހޮސްޕިޓަލުގެ ރެކޯޑުތަކުން އެގެން ނެތްކަމަށް ހާމަކުރެއްވިއެވެ. މިއެންމެންނަކީ ރަށުގައި ދިރިއުޅޭ މީހުނެއް ނޫނެވެ. ވުމާއެކު މީގެ ތެރެއިން ބައެއް މީހުން އެހެން ތަނަކުން ވެކްސިން ޖަހާފައި ހުރެދާނެއެވެ.
ފުވައްމުލަކު އަވަށްތަކުގައި ހިމެނޭ ކޮވިޑް-19ގެ ޕޮޒިޓިވް އެކްޓިވް ކޭސްތަކުގެ އަދަދު
ދަޑިމަގު 33
ދިގުވާޑު 66
ހޯދަޑު 34
މާދަޑު 28
މިސްކިތްމަގު 40
ފުނާޑު 26
މާލެގަން 05
ދޫނޑިގަން 22
ޚިޔާލުތައް