ފުވައްމުލައް ސިޓީގެ ކޮވިޑް-19 މައުލޫމާތު ހިމެނޭ ވެބްޕޯޓަލް އިފުތިތާޙުކޮށްފި

ފުވައްމުލައް ސިޓީ ކޮވިޑް-19 މައުލޫމާތު ޕޯޓަލް
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ ކޮވިޑް-19 މައުލޫމާތު ހިމެނޭ ވެބްޕޯޓަލް މިރޭ އިފުތިތާޙުކޮށްފިއެވެ. މިޕޯޓަލް އިފުތިތާޙުކޮށް ދެއްވީ ފުވައްމްލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު މިރޭ ބޭއްވި ފުވައްމުލައް އީއޯސީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

މިރޭ އިފްރިތާހުކުރި ޕޯޓަލްގެ އެޑްރެހަކީ: https://covid19.fuvahmulah.gov.mv އެވެ.

މިޕޯޓަލް އިން ފުވައްމުލައް ސިޓީގެ ކޮވިޑް-19 އައި ބެހޭ އެނެމް ފަހުގެ މައުލޫމާތު އަބަދުވެސް އަޕްޑޭޓް ކޮށް ލިބެމުން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ. މިޕޯޓަލް ހެދުމުގެ ބޭނުމަކީ އެއްތަނަކުން ރައްޔިތުންނަށް ފުވައްމުލައް ސިޓީގެ ކޮވިޑް -19 އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުން ކަމަށް މޭޔަރު ވިދާޅުވިއެވެ. ކުރިޔަށް އޮތްތަނުގައި ވެސް ރައްޔިތުންނަށް އިތުރު މައުލޫމާތު މިޕޯޓަލް އިން ލިބެމުންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އިތުރަސ ްމިޕޯތަލް ތަރައްގީކުރުމުގެ މަސައްކަތްކުރަމުން ދާނެކަމަށް ވެސް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 މައުލޫމާތު ޕޯޓަލް- ފުތަމަ ޕޭޖް

މިޕޯޓަލް އިން ރައްޔިތުންނަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަމަށާއި އެގޮތުން މޮނިޓަރިން ހާލަތުގައި ހުރިގެތަކާއި ކޮވިޑް-19ގެ ބަލި މީހުން ތިބިގެތަކާއި އަވަށްތައް އަދި ތާރީޚުތައް އެގެން އެބަހުއްޓެވެ.

ރަށުގައި މިހާއު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އާއްމުންގެ ހުރި ސުވާލުތަކާއި އެއިގެ ޖަވާބުތައް ވެސް ހިމެނިފައިވެއެވެ.

މިޕޯޓަލް ހެދުމުގައި އަހުމަދު އަލީ – އަޖާއިބު ގެ ވަރަށް ގިނަ އެހީތެރިކަމެއް އިރުޝާދުތަކެއް ލިބުނުކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި ސިޓީ ކައުނސިލްގެ އައިޓީ ޓީމުން ޚާއްސަކޮށް ރާނިމްގެ ބުރަ މަސައްކަތާއެކު، އިތުރު އެތައްފަރާތެއްގެ އެހީތެރިކަމާއެކު ފުރިހަމަވެގެން ދިޔަ މަސައްކަތެއް ކަން ފާހަގަ ކޮށް އެފަރާތްތަކަށް ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު ޝުކުރު އަދާކުރެއްވިއެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 މައުލޫމާތު ޕޯޓަލް- 2021

މިރޭ މިޕޯޓަލް ހުޅުވުމާއެކު ޕޯތަލް އަށް އާއްމުގެ ކޮމެންޓަށް ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލައް ސިޓީގެ މީހަކު މިޕޯޓަލް ވަނީ ކޮމެންޓްކޮށްފައެވެ.

އޭނާ ހަމާކުރި ގޮތުން އެހެން ބައެއް ރަށްރަށުން އާއްމުކޮށްފައިވާ މިފަދަ މިޕޯޓަލްތަކާއި އަޅާބަލާއިރު މިޕޯޓަލްގެ މައުލޫމާތު އެތުރިފައިވަނީ ވަރަށް ފުރިހަމައަށް ސިސްޓެމެޓިކް ގޮތަކަށްކަން ފާހަގަ ކޮށްފައި ވެއެވެ. އަދި މައުލޫމާތު ހާމަކޮށްފައި ވަނީ ވަކިވަކި ފަރުދުންގެ އަމިއްލަ މަސްލަހަތު ރައްކާތެރި ކުރެވޭފަދަ މިންވަރަކަށް ނުވަތަ ގޮތަކަށް ކަންވެސް ފާހަގަ ކުރިއެވެ. ނަމަވެސް ރަށުބަހުން ޕޯޓަލްގެ މައުލޫމާތު ހުރުމަކީ މިމައުލޫމާތު ފޯރުކޮށްދެވޭ ފަރާތްތައް މަދުވެގެން ދާނެ ކަމެއްކަން ފާހަގަ އޭނާ ފާހަގަކުރިއެވެ.

މިސާލެއްގެ ގޮތުން އޭނާ ބުންޏެވެ. ފުވައްމުލަކު ނޫން ރަށެއްގެ މީހަކު ފުވައްމުލައް ސިޓީއަށް ދަތުރުކުރުމަށް މިސައިޓުން މައުލޫމާތު ބަލާނަމަ އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތާއި އެހެން ބައެއް މައުލޫމާތު ދެނެގަތުމުގައި، ފުވައްމުލަކު ބަހުން ހުރުމުން ދަތިތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. ދެން އެނާ ފާހަގަކުރީ ޕޯޓަލް ހެދުމުގެ ބޭނުންކަމުގައި ހާމަކުރެވުނު ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމާއި އެކަން އެގޮތަށް ހުރުން ފުށުއަރާކަމަށް ވެސް އޭނާ ދެކެއެވެ. މިއީ ރަށުގެ ބަސްދިރުވައި އާލާކުރަން ކުރާ މަސައްކަތެއް ނަމަ ރަށުބަހުން ހުރުން ރަނގަޅުވީހެއެވެ. ރަށުބަހުން މިސައިޓަށް ހުރުމުން ކަމުގެ މަގުސަދާއި ފުށުއަރާކަމަށް އޭނާ ތަކުރާރުކުރިއެވެ.

ރަށުގައި މިވަގުތު އަޅާފައިވާ ފިޔަވަޅުތައް ހިމެނިފައިވާ އިރު އެފިޔަވަޅުތައް އަޅާފައިވާ މުއްދަތު ބަޔާންވެފައި ނެތްކަން އޭނާ އިތުރަށް ފާހަގަ ކުރިއެވެ. އެއީވެސް މުހިންމު މައުލޫމާތެއް ކަމަށާއި ކަންކަން ދުރާލާ ޕްލޭން ކުރުމަށް އެފަދަ ތާރީޚުތައް މިހާރު ވަރަށް މުހިންމު ކަމަށް އޭނާ ބުންޏެވެ.

4.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments