ކޮވިޑް ހާލަތު: ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިއަދު 25، އެކަމަކު މިއަދު ޕޮޒިޓިވްވާ ރޭޓް %12ގައި

ފުވައްމުލައް ސިޓީ އަވަށްތަކުގައި ކޮވިޑް އެކްޓިވް ކޭސްތައް ހުރި ގޮ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީއިން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 25 މީހުންނެވެ. އެއިގެ ކުރީ ދުވަހު 26 މީހުން  ޕޮޒިޓިވްވިިއރު ޕޮޒިޓިވް ވާ ރޭޓް %17 އިން އިޔެ މިވަނީ %12 އަށް ދަށަށް ގޮސްފައެވެ. އިއްޔެގެ ހަވީރު 5:00 އިން މިއަދު ހަވީރު 5:00 އަށް 206 ސާމްޕަލްގެ ނަތީޖާ ލިބުނުއިރު 25 މީހުން ޕޮޒިޓިވްވެފައި ވަނީ ބަލީގެ ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓުވި މީހުންގެ ތެރެއިން 22 މީހާކާއި، ރެންޑަމް ސާމްޕަލިންގެ 2 މީހަކާއި ފުލޫ ކްލިނިކަށް ދައްކައިގެން ސާމްޕަލް ނެގި 1 މީހެކެވެ.

މި ނަތީޖާއަށް ބަލާއިރު ރޭންޑަމް ސާމްޕަލްގެ ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ ލިބި އެއިން އެންމެ 2 މީހަކު ޕޮޒިޓިވްވެފައި ވުމަކީ ވެސް ރަށުގެ މާހައުލުތެރޭގައި ބަލި އެހާބޮޑަށް ފެތުރިފައި ނެތް ކަމަށް ބެލުމަށް ލިބޭ ބާރެކެވެ. އިއްޔެ ނަތީޖާ ލިބުނު 101 ރޭންޑަމް ސާމްޕަގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 2 ސާމްޕަލެކެވެ. ނަމަަވެސް ރޭންޑަމް ސާމްޕަލިންގެ ތެރެއިން ޕޮޒިޓިވްވާ ކޮންމެ މީހަކާއި ގުޅިގެން އިތުރު އެތައް ބަޔަކަށް ބަލި ފެތުރިފައި ވުމުގެ ފުރުސަތު ބޮޑަށް އޮތުމުގެ ކަންބޮޑުވުން ބޮޑުވެއެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 5 ޖޫން 2021

އިއްޔެގެ 22/25 ސާމަޕަލްއަކީ ކޮންޓެކްޓްންގެ ތެރެއިން ޕޮޒިޓިވް ވެފައިވާ ސާމްޕަލަށް ވުމުން އަންގައިދެނީ އެމީހުންގެ ފަރާތުން އެހެން ފަރާތްތަކަށް ބަލި ފެތުރުން ވާނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. ނަމަވެސް އެއީ ކަރަންޓީނު ކުރެވޭ ފަރާތްތަކުން އުސޫލުތަކާއި އެއްގޮތަށް ބަންދުވެގެން ތިބޭނަމަ އެކަންޏެވެ. ރޭގެ ޕްރެސް ބްރީފިންގައި ފާހަގަ ކުރެވުނު ފަދައިން އަދި މިކަލް ނޫހާއި ވާހަަކަ ދެއްކި ފުވައްމުލައް ސިޓީގެ އެކި ހިސާބުތަކުގައި ތިބޭ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލާއިރުވެސް ބައެއް ފަރާތްތަކުން ކާފިއުގެ އުސޫލަށް ތަބާނުވެ ރަށުތެރޭގައި އުޅޭކަން ފާހަގަ ވެފައިވެއެވެ.

ގިނަބަޔަކު އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ދިޔަނަމަވެސް ކަރަންޓީނު އުސޫލާއި ޚިލާފަށް ބޭރުތެރޭގައި މީހުން އުޅޭ ކަމުގެ ހެއްކަކީ ފުވައްމުލަކު ހޮސްޕިޓަލުން ރޭގެ ޕްރެސް ބްރީފިންގައި ފާހަގަކުރެއްވި، މަގުމަތީގެ އެކްސިޑެންޓެއްގައި  އެހޮސްޕިޓަލަށް ފަރުވާއަށް ގެންދެވުނު ދެ މީހުންނަކީ ކަރަންޓީނު ކުރެވިފައިވާ މީހުންނަށް ވުމުންނެވެ.

ފާއިތުވީ ތިންދުވަހުގެ އެވުރެޖަށް ބަލާއިރުވެސް ކޮވިޑަށް ޕޮޒިޓިވުވާ މީހުންގެ ނިސްބަތް އުޅެނީ %15، %17 އަދި އިއްޔެ %12 ގައެވެ. މިއީ ކޮވިޑަށް ޕޮޒިޓިވުވާ މީހުންގެ ނިސްބަތް ދަށަށް ދަނީކަމަށް ބެލެވިދާނެއެވެ.

އިއްޔެ ޕޮޒިޓިވުވެފައި ވަނީ 13 ދިވެއްސަކާއި 12 ބިދޭސީއެކެވެ. އިއްޔެގެ ނަތީޖާއިން ވެސް ހާމަކޮށްދެނީ ބަލިފެތުރިގެން ދާނީ ބޮޑަށް ބިދޭސީ އާބާދީގެ ތެރެގައި ކަމެވެ. ބައްޔަށް ޕޮޒިޓިވުވަނީ ވެސް ބިދޭސީން މަސައްކަތްތެރިން ކަމަށް ވެއެވެ. މިކަމުގެ ކަންބޮޑުވުން އިތުރުވަމުންދާކަން ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލަކު ހޮސްޕިޓަލުން ވެސް އަންނަނީ ފާހަގަކުރައްވައެވެ. މިހާރު ފައްމުލައް ސިޓީގައި ތިބި ކޮވިޑް ބަލިމީހުންގެ ނިސްބަތަށް ބަލާއިރު ދިވެހި 121 އާއި ބިދޭސީ 83 މީހުން ހިމެނެއެވެ. މީއި ބިދޭސީންގެ ނިސްބަތް %40.6 އެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ އިތުރު ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

މިއަދު ބަލިން ރަނގަޅުވެގެން ދޫކޮށްލި 20 މީހުނާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް މީހުންގެ އަދަދު ހުރި 204 ގައެވެ. އަދި ބަލިން ރަނގަޅުވި ޖުމުލައަކީ 386 އެވެ. އަދި މިހާތަނަށް ބަލި ޖެހުނު އަދަދު މިވަނީ 589 އަށް އަރާފައެވެ. މިބަލީގެ އެއްވެސް މީހަކަށް ފުވައްމުލަކު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން ނުދާކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ޑިރެކްޓާ އަލީ މަސީހުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ޚަދީޖާ އބްދުލް މަޖީދުއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 25 މީހުންގެ ތެރޭގައި ހިމެނެނީ:

ފްލޫ ކުލިނިކުން 1

ކޮންޓެކްޓުންގެ 22

ރޭންޑަމް ސާމްޕަލް 2

އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދުތައް ވެސް މިރޭ ހާމަކޮށްފައި ވެއެވެ. އެންމެ ގިނަ މީހުން ތިބީ މާދަޑު އަވަށުގައެވެ. މާދަޑުގައި 35 މީހުން ތިބިއިރު ހޯދަޑު 35 އަދި ދިގުވާނޑުގައި 35 މީހުން އެބަތިއްބެވެ.

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 186 (ކޮންޓެކްޓް ޓްރެސިން 58، ހޯމް ކަރަންޓީން 2،  ފޫލް ކުލިނިކް، 8، އެކްޓިވް ސާވޭލަންސް 3، ރޭންޑަމް ސާމްޕަލް 115) ހަވީރު 5:00 ގެ ފަހުން ނެގި ސާމްޕަލް ތަކާއެކު 50 ރޭންޑަމް ސާމްޕަލް މިއަދު ނެގިފައިވެއެވެ.

ނަތީޖާ ނުލިބޭ 169

ނަތީޖާ ލިބުނު 206، (ކޮންޓެކްޓް ޓްރެސިން 144، ހޯމް ކަރަންޓީން 19،  ފޫލް ކުލިނިކް، 11، އެކްޓިވް ސާވޭލަންސް 1، ރޭންޑަމް ސާމްޕަލް 101)

މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލައި ޕޮޒިޓިވްވާ ރޭޓް ހުރީ %12.1 ގައެވެ.

މިހާތަނަށް 13،088 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މިހާތަނަށް މޮނިޓަރިން އަށް 500 ގެއެއް ލެވިފައި ވެއެވެ. މީގެ ތެރޭގައި ހައިރިސްކް 220 މީހަކާއި ރޯގާގެ އާލާމާތް ހުރި 465 މީހުން ހިމެނެއެވެ. މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަރަންޓީނު ކުރުމަށް ފަހު އިއްޔެ 107 ދޫކޮށްލެވިފައި ވެއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

އިއްޔެ، އެއްވެސް މީހަކު ވެކްސިން ޖަހާފައެއް ނުވެއެވެ. ވުމާއެކު ޖުމަލަ ތައް ހުރީ ފާއިތުވި ބުރާސްފަތި ދުވަހުގައި ވެސް ހުރި އަދަދުތަކެވެ. އެއީ:

ފުރަތަމަ ޑޯޒް 5821

ދެވަނަ ޑޯޒް 3137

އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން ޖޫރިމާނާ ކުރެވެ އަދަދުތައް

މާސްކް ނާޅާއިގެން — މީހުން

މަނާގަޑީގައި ދުއްވައިގެން — މީހުން

ކާފިއުގަޑީގައި ބޭރުގައި އުޅެގެން — މީހުން

ހުއްދަ ނެތި ބޭރުގައި އުޅެގެން — މީހަކު

އަދިވެސް ބަލީގެ ކޮންޓެކްޓުންާއި ޕޮޒިޓިވް ބިދޭސީ މަސައްކަތު މީހުން ލައްވައި މައްސަކަތް ކުރަމުން އަންނަކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި، އަދި ބިދޭސީން ރަށުތެރޭގައި އުޅޭކަމުގެ ރިޕޯޓްތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުން ތަކުރާރު ކުރިއެވެ. އެފަދަ ކަންކަން ކުރާ ފަރާތްތަށް ފުލުހުނަށް ނުވަތަ ސިޓީ ކައުންސިލަށް އެންގުމަށް އެދިފައި ވެއެވެ.

2.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments